Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒުބޭއެވެ. މި ރޯދަމަހު ލޮލަށް ބޮލަށް ގޮވަން ނުހަދާށެވެ!

ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވަނީ މިދިޔަ ދެއަހަރަކީ އެނިޒާމް ކުރިއަރުވާ އިތުބާރު ހޯދުމަށް ވަރަށް ގިނަ ކަންކަން ކުރެއްވި ދެއަހަރު ކަމަށެވެ. އެކަމަކު ހަގީގަތަކީ އޭގެ ދިމާ އިދިކޮޅެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 12:11
ރައީސް މުހައްމަދު މުއިއްޒު.

ރައީސް މުހައްމަދު މުއިއްޒު. | ސޯޝަލް މީޑިއާ

މުއިއްޒުބޭއަށް.

ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާއާއި ސަނާ ފަތިވަރު ފަތިފައްޗަށް އަމުނަ އަމުނާފައި ފޮނުވާކަށް ނެތީމެވެ.

މުއިއްޒުބޭއެވެ. ހަމަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ކޮންމެ ކަމެއްގައިވެސް ކަންނުވެ މެޑެއްޔެއް ޖެހޭތޯ ފޫގަޅުއްވައިގެން ތިޔަ އުޅުއްވަނީ އަމަށަކު ވަރަކަށް ނޫން ވިއްޔާއެވެ. ރެކޯޑް ހެއްދޭތޯ މީހުން އުޅެނީ ކަންކަން ކޮށްގެންނެވެ. އެކަމުގައިވެސް އަރުވާ ޖައްސަވާފައި ތިޔަވަޑައިގަން ނަވަނީ ދިމާ އިދިކޮޅަށެވެ.

ދިއުޅި ދިގުކުރާކަށް ހާސަރުތަކެއް މަށަކު ނުދަމާނަމެވެ. ލާމަރުކަޒީ ދުވަހޭ ކިޔައިގެން ކްރެޑިޓް ނަގަން ތިޔަ އުޅުއްވި ގޮތުން ލައްކަ މީހުން ލައްކަ ކުދި އެބަކިޔައެވެ. މުއްޒުބޭ ތިޔަ ފޮނުއްވި ޚިތާބެއްގައި ދައްކަވާފައި އެހެރަ އެހެރަ ވާހަކަތައް ފެނިފައި މަގޭ ގާތައްވެސް އަންނަނީކީ އަމަށަކު ހިންޏެއް ނޫނެވެ. ހަމަގައިމުވެސް މީހުން އެވާހަކަތައް ކިޔާފައި އެކިޔާހާ އެއްޗެހި ކިޔާކަށް މަށަކަށްވާ ލާހިކު ކުޅަދާނައެއް ނޫނެވެ.

މުއްޒުބޭއެވެ. ލާމަރުކަޒީ ނިޒާމްގެ ބައްޕައަށް ނޫނީ ޗެމްޕިއަންއަކީ ތިމަންނާއޭ ބުނާފަދަ ގޮތަކަށް ތިޔަ ވާހަކަތައް ތިޔަގޮތައް ދެއްކެވިއިރު އެހެންމީހުންވެސް އުޅޭނޭ ހަމަ ހިތްޕުޅަށްވެސް ނޭރީ ދެއްތޯއެވެ.

މުއިއްޒުބޭއެވެ. ތިޔަވިދާޅުވަނީ މި ވޭތުވި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެކަމަކު ކައުންސިލަރުންނާއި ކަމުގެ މާހިރުން ބުނަމުން އެދަނީ މިދިޔަ ދެއަހަރަކީ އެންމެބޮޑު ގޮންޖެހުމެއް ކުރިމަތިވި ދެއަހަރު ކަމަށެވެ. ގާނޫންތަކަށް ބަދަލު ގެނެސްގެން ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލުމުގައި އަރާހުރި ދެއަހަރު ކަމަށެވެ.

މުއިއްޒުބޭއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމަށް ލައްކަ ކަންކަން ކުރެއްވިކަމަށް ވިދާލުވާއިރު ގާނޫނުގައި ބުނާ އަދަދަށްވެސް ފައިސާ ނުދޭން ހިފެހެއްޓީ މިދިޔަ ދެއަހަރުގެ ތެރޭގައެވެ. އިޚްތިސާސް ތެރޭގައި ހިމެނޭ ތަންތައް ހިތުހުރި ގޮތަކަށް ބަދަލު ގެންނަމުންވެސް ތިޔަ ގެންދަވަނީ މިހިނގާ ދިޔަ ދެއަހަރުގެ ތެރޭގައެވެ.

މުއިއްޒުބޭއެވެ. ކައުންސިލަރުންގެ ބާރު ކަނޑުވާލައި އެވެރިންނަށް ބިރު ދައްކައި ހަންމަތަކުރާން އެމީހުންގެ މައްޗަށް މިނިސްޓްރީއެއް އުފައްދައި އެލްޖީއޭ އަތަށް މަހާލީމާ ދެން އޭގެ ބަދަލުގައި ލާމަރުކަޒީގެ ބައްޕައޭ ބުނާނީ ކިހިނެއް ހެއްޔެވެ.

މުއްޒުބޭއެވެ ކައުންސިލްތަކަށް ބިރުދައްކައި ފިކުރު ދިމާ ނުވާ ކައުންސިލަރުންގެ ސިޓީތަކަށް އަޅާލުމެއް ކިޔާލުމެއްނެތި ދެއަހަރު ދުއްވާލީމާ އެއަކަށް ކައުންސިލްތަކަށް ފަހި މާހައުލެކޭ ކިޔޭނެ ހެއްޔެވެ. އަމުދުން ކައުންސިލްތައް ކުޑަކޮށް އަތޮޅު ކައުންސިލްތައް އުވާލީމާ އޭގެ ބަދަލުގައި ކައުންސިލްތަކުގެ ޗެމްޕިއަންއޭ ބުނެވޭނެ ހެއްޔެވެ.

މުއިއްޒުބޭއެވެ. ކައުންސިލަރުން ބުނަމުން އެދަނީ އެވެރިންނަށް އެންމެ އިހާނަތްތެރިވީވެސް މިދިޔަ ދެއަހަރުގެ ތެރޭގައި ކަމަށެވެ. އެވެރިންގެ އަގު އެންމެ ބޮޑަށް ވައްޓާލަން މަސައްކަތް ކުރީވެސް މިދިޔަ ދެއަހަރުގެ ތެރޭގައި ކަމަށެވެ. ނުރުހުނީމާ ނޫންނަމަ ގަޔާވާގޮތައް ހުށާމިދު ނުކުރާނެހެން ހީވީމާ ބައްދަލުވެސް ނުކޮށް އަދި ބަހެއްބުނެލާނެ ފުރުސަތުވެސް އެންމެ ގިނައިން ދިޔައީ މިދެއަހަރުގެ ތެރޭގައެވެ.

މުއިއްޒުބޭއެވެ. ރައްޔިތުންނާ ކައުންސިލަރުންނާ ޖައްސައި ރަށުގެ ތަރައްގީއަށް ހުރަސްއަޅަނީ ކައުންސިލަރުންނޭ ބުނެ އެވެރިނަށް ހެއްދެވި ނުހެއްދެވިއަށް ގޮވާއިރު އެމީހުންނާ ނުވެސް ބައްސައިވެސް ކަންކުރެވޭގޮތައް ގާނޫނަށް ބަދަލު ގެނައީވެސް މިދިޔަ ދެއަހަރުގެ ތެރޭގައެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ނުހިންގޭ މަޝްރޫއުތަކުގައި ސޮއިކޮށް އެއްވެސް އާކަމެއްވެސް ނުފެށި އަދި ކުރިން ކުރަމުން ކުރަމުންއައި ކަންކަންވެސް ހުއްޓުނީމާ އެކަމުގެ މަތިޖަހަން ކައުންސިލަރުންގެ ބޮލަށް ކަނޑަމުން ތިޔަ ގެންދަވަނީވެސް ވޭތުވެ ދިޔަ ދެއަހަރުގެ ތެރޭގައެވެ.

ކޮންމެއަކަސް ކިތަންމެ ބޭނުންވިއަސް ލާމަރުކަޒީ ދުވަހުގެ ފަޚުރާ ޝަރަފެއް މުއިއްޒުބޭއަށް ދޭކަށް މަށަކަށް ހަމަ ލާހިކު ކުޅަދާނައެއް ނޫނެވެ. މުއިއްޒުބޭ މޭޔަރަކަށް ހުރެގެން ގަތް ގަނޑުތައް ބެލިއަ ނުދޭން މުިއްޒުބޭގެ ކައުންސިލަރުން ލައްވައި މުޅި މާލެ ސިޓީ ކައުނސިލް ގަޑުބަޑުކުރަން ތިޔަ ކުރައްވާ މަސައްކަތަށް އެކަނިވެސް އެކަން ވާކަށް ނެތެވެ. މިރޯދަމަހު މީހުން ލައްވައި ލޮލަށް ބޮލަށް ގޮވަން ނުހަދާށޭއެވެ. މަށަށް ބުނެވޭނީ މުއިއްޒުބޭއަކީ ލާމަރުކަޒީ ނިޒާމަށް ހެވެއް އެދޭ މީހެއް ނޫންކަމަށެވެ. މުއިއްޒުބޭއާ މުއިއްޒުބޭގެ އައުވާނުން ކޮންމެ ގޮތަކަށް ނިންމިއަސް މަށަށް ވަރިހަމައެވެ. ވަރަށް ސަލާމެވެ.

ޑރ. މުއިއްޒުލާމަރުކަޒުކުރުންކައުންސިލަރުންލާމަރުކަޒީ ނިޒާމުމާލޭ ސިޓީ ކައުންސިލްއެލްޖީއޭ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފަ: ރައީސް މުއިއްޒު

މި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފަ: ރައީސް މުއިއްޒު

26 ފެބުރުއަރީ 2026
ޕީއެންސީގެ ކައުންސިލަރުން ޖަލްސާއަށް ހާޒިރު ނުވެ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކޮށް ދެވަނަ ދައުރަކަށް ކުރިމަތިލާނަމަ ރައްޔިތުން ވިސްނަންޖެހޭ: އާޒިމް

ޕީއެންސީގެ ކައުންސިލަރުން ޖަލްސާއަށް ހާޒިރު ނުވެ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކޮށް ދެވަނަ ދައުރަކަށް ކުރިމަތިލާނަމަ ރައްޔިތުން ވިސްނަންޖެހޭ: އާޒިމް

25 ފެބުރުއަރީ 2026
މިނިވަން ކުރާނެކަމަށް ވިދާޅުވި ޝަރުއީ ނިޒާމު އޮތީ ސަރުކާރުގެ "އުނގުތެރޭގަ"

މިނިވަން ކުރާނެކަމަށް ވިދާޅުވި ޝަރުއީ ނިޒާމު އޮތީ ސަރުކާރުގެ "އުނގުތެރޭގަ"

25 ފެބުރުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް މިހާރު ކުރައްވަނީ ކޮންމެ ރަށެއްގެ އިހުތިސާސް ފޭރިގަތުމަށް، ރައްޔިތުން ދެކޮޅަށް ނުކުންނަން ޖެހޭ: ވަހީދު

ރައީސް މުއިއްޒު މަސައްކަތް މިހާރު ކުރައްވަނީ ކޮންމެ ރަށެއްގެ އިހުތިސާސް ފޭރިގަތުމަށް، ރައްޔިތުން ދެކޮޅަށް ނުކުންނަން ޖެހޭ: ވަހީދު

25 ފެބުރުއަރީ 2026
އެމްޑީޕީ އިން ހެންވޭރު އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއި އެކު ބާއްވައިފި

އެމްޑީޕީ އިން ހެންވޭރު އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއި އެކު ބާއްވައިފި

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު