Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ގޮތް ހުސްވެ ވަޒީފާ އާއި އެހެން ގޮތް ގޮތުން ނުފޫޒު ފޯރުވާ، އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން"

22 ފެބުރުއަރީ 2026 | އާދީއްތަ 19:09

ކުރިއަށް އޮތް އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ވަޒީފާގެ ބިރުދައްކައި، ނުފޫޒު ފޯރުވަމުންދާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން އަބްދުލް ޣަފޫރު މޫސާ ތުހުމަތު ކުރެއްވި. ސަރުކާރަށް އެއްވެސް އާ މަޝްރޫއެއް ނުހިންގޭތީ ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވާ ކަމަށާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ނަމުގައި ސަރުކާރުން އޮޅުވާލަމުންދާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ ވިދާޅުވެފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 22 ފެބުރުއަރީ 2026 | އާދީއްތަ 19:09
އެމްޑީޕީ ޕިކަޕް ޖަލްސާގެ ތެރެއިން.

އެމްޑީޕީ ޕިކަޕް ޖަލްސާގެ ތެރެއިން. | ރާއްޖެ އެމްވީ

ކުރިއަށް އޮތް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގައި ސަރުކާރު ބަލިވާނެކަން އެނގުމުން ސަރުކާރަށް ގޮތް ހުސްވެ، ވަޒީފާ އައި އެހެނިހެން ގޮތް ގޮތުން އާއްމުންނަށް އިންތިހާ އަށް ނުފޫޒު ފޯރުވަމުން ދާކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ހޯމަ ދުވަހު ހަވީރު ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

ޣަފޫރު ވަނީ ސަރުކާރުން ދަނީ ސަރުކާރަށް ވޯޓު ލިބޭނެކަން ޔަޤީން ނުވާ މީހުން އެހެން ރަށްރަށަށް ބަދަލުކޮށް އެ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ގެއްލުވާލަމުން ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން ވަޒީފާގެ ބިރު ދެއްކުމާއި ވަޒީފާ ދޭނެ ކަަމަށް ބުނެ ނުފޫޒު ފޯރުވުން ފަދަ ކަންކަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހުރިހާ ކަމެއް ކުރަމުން ދަނީ ސަރުކާރަށް ޕަރފޯރމް ނުކުރެވޭތީ އާއްމުންގެ ނުރުހުންތަކާއި ކުރިމަތިވުމުން އެކަން މަތި އެޅުމަށް ކަމަށް ޣަފޫރު ވިދާޅުވި އެވެ. 

"ސަރުކާރަށް ހިންގުނު އާ މަޝްރޫޢު އެއް ނެތޭ. ސަރުކާރަށް ކުރެވުނު ކަންކަމެއް ނެތޭ. މިހެން ވީމަ ރައްޔިތުން ސުވާލު ކުރުމުން އެ ސުވާލުތަކަށް ޖަވާބެއް ނުދެވޭ. ދެން އެކި ގޮތް ގޮތުން އާއްމުންނަށް އޮޅުވާލުމަށް މި މަސައްކަތް ކުރަނީ." ޣަފޫރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުން، މާލޭގެ މޭޔަރ އަދި އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ކަމަށް ވާދަކުރައްވާ އާޒިމް ވަނީ ސަރުކާރުން ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑު ކުރާ ކަމަށް ބުނެ އޮޅުވާލަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މި ސަރުކާރުން އަމަލުކުރަމުން ދަނީ ހައްތަހާ ވެސް ވެރިންނަށް މުސާރަ ބޮޑުވާ ގޮތަށް ކަމަށް އާޒިމް ވިދާޅުވި އެވެ. ރާއްޖޭގެ ސިވިލް މުވައްޒަފުންގެ މުސާރަ ކުޑަ ވާގޮތަށް އަމަލުކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ. ސަރުކާރުން އާއްމުންނާއި މެދު ކަންކަން ކުރަނީ ނިކަމެތި ކޮށްކަމަށް ފާހަގަކުރައްވާ، އާޒިމް ވަނީ ސަރުކާރަށް އާއްމުންގެ އިތުބާރު އެއްކޮށް ގެއްލިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަބްދުލްޣަފޫރު މޫސާއެމްޑީޕީމާލޭ ސިޓީ ކައުންސިލްލޯކަލް ކައުންސިލް އިންތިހާބު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2026

ބޮޑު ކާފާއި ކުޑަ ކާފު އެނބުރި އަންނަނީ!!؟

22 ފެބުރުއަރީ 2026
ބޮޑު ކާފާއި ކުޑަ ކާފު އެނބުރި އަންނަނީ!!؟
22 ފެބުރުއަރީ 2026

ރައްޔިތުން އަތުން ގެއްލޭ ބާރާއި ރަށްރަށުގެ ތަރައްގީއަށް އެޅިފައިވާ ހުރަސް ނައްތާލުމަށްޓަކައި ތިލަފަތަށް ވޯޓު ލާންޖެހޭ: އަހުމަދު އަބްދުﷲ

22 ފެބުރުއަރީ 2026
ރައްޔިތުން އަތުން ގެއްލޭ ބާރާއި ރަށްރަށުގެ ތަރައްގީއަށް އެޅިފައިވާ ހުރަސް ނައްތާލުމަށްޓަކައި ތިލަފަތަށް ވޯޓު ލާންޖެހޭ: އަހުމަދު އަބްދުﷲ
22 ފެބުރުއަރީ 2026

އެމްޑީޕީ އިން މައްޗަންގޮޅި އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި

22 ފެބުރުއަރީ 2026
އެމްޑީޕީ އިން މައްޗަންގޮޅި އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި
21 ފެބުރުއަރީ 2026

ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް

21 ފެބުރުއަރީ 2026
ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް
21 ފެބުރުއަރީ 2026

ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލަންޖެހޭ: އަބްދުﷲ ޝާހިދު

21 ފެބުރުއަރީ 2026
ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލަންޖެހޭ: އަބްދުﷲ ޝާހިދު
21 ފެބުރުއަރީ 2026

އީސީގެ ރައީސް ޒާހިދު އާއި، ރައީސް މުއިއްޒު ސިއްރު ބައްދަވުންތައް ބާއްވަވާއިރު، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު

21 ފެބުރުއަރީ 2026
އީސީގެ ރައީސް ޒާހިދު އާއި، ރައީސް މުއިއްޒު ސިއްރު ބައްދަވުންތައް ބާއްވަވާއިރު، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު
20 ފެބުރުއަރީ 2026

އިންތިޚާބު އެއްކޮށްލުމަކީ 2028 ނުފޫޒާއި ބާރުގެ ތެރެއިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެއް: ޝަމްހީދު

20 ފެބުރުއަރީ 2026
އިންތިޚާބު އެއްކޮށްލުމަކީ 2028 ނުފޫޒާއި ބާރުގެ ތެރެއިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެއް: ޝަމްހީދު
20 ފެބުރުއަރީ 2026

އެމްޑީޕީގެ ކެމްޕެއިން ޓީމަށް ބާރަށުން ހޫނު މަރުހަބާއެއް ކިޔައިފި

20 ފެބުރުއަރީ 2026
އެމްޑީޕީގެ ކެމްޕެއިން ޓީމަށް ބާރަށުން ހޫނު މަރުހަބާއެއް ކިޔައިފި
20 ފެބުރުއަރީ 2026

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ރައީސް ހއ. އަތޮޅަށް ވަޑައިގެންފި

20 ފެބުރުއަރީ 2026
ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ރައީސް ހއ. އަތޮޅަށް ވަޑައިގެންފި
20 ފެބުރުއަރީ 2026

މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް

20 ފެބުރުއަރީ 2026
މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް