Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިޚާބު

އެމްޑީޕީ އިން ހެންވޭރު އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއި އެކު ބާއްވައިފި

ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމަށް އެމްޑީޕީން ހެންވޭރު އުތުރުގައި ބޭއްވި ދޮރުން ދޮރަށް ހަރަކާތުގައި، މި ސަރުކާރަކީ ރައްޔިތުންގެ އަޑުނާހާ އަދި އަނިޔާވެރި ސަރުކާރެއްގެ ގޮތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ސިފަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 11:11
މާލޭގެ ދޮރުން ދޮރަށް ހަރަކާތް

މާލޭގެ ދޮރުން ދޮރަށް ހަރަކާތް | ރާއްޖެ އެމްވީ

އިދިކޮޅު އެމްޑީޕީ އިން  ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބަށް ތައްޔާރު ވުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ހެންވޭރު އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއި އެކު ބާއްވައިފި އެވެ.

ހޯމަ ދުވަހުގެ ރޭގެ އެ ހަރަކާތުގައި ކެނޑިޑޭޓުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

Advertisement - newsAdvertisement

ދޮރުން ދޮރަށް އެ ހަރަކާތުގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރ އަދި މޭޔަރ ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް އަނިޔާ ދޭ ސަރުކާރެއް ކަމަށެވެ. އަދި ރައްޔިތުންގެ އަޑު ނާހާ ބީރު ކަންފަތެއް ދޭ ބަޔަކަށް ރައްޔިތުން ވެސް ބުނަން ވާނީ ނޫނެކޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުން ކަންކަން ކުރަމުންދާކަން ރައްޔިތުން މާޔޫސްވެފައިވާ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަކީ، އެމްޑީޕީ އަކީ ރައްޔިތުންގެ އަޑު އަހާނެ މީހުން. އަޅުގަނޑުމެން ރައްޔިތުންނަށް ދެރަ ގޮތަކަށް ކަންތައްތަކެއް ނުކުރާނަން. ސަރުކާރުގެ ޓްރެކް ރެކޯޑުން ފެންނަން އޮތީ އަނިޔާ އާއި އިހުމާލު." އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ އިތުރުން އެ ދާއިރާ އަށް ވާދަކުރައްވާ އެހެނިހެން ބޭފުޅުން ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ އިން ގެނައި އެމްޑީޕީގެ ނިޒާމެއް ކަމަށެވެ. އަދި ޕީއެންސީގެ ކައުންސިލަރުން މިހާރު ވެސް މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުންތައް ބޭއްވިޔަ ނުދީ ޖެއްސުން ކުރަމުންދާ ކަމަށާއި އެމްޑީޕީގެ ކެނޑިޑޭޓުންނަކީ އެފަދަ ކަންކަން ކުރާނެ ބައެއް ނޫން ކަަމަށް ކެނޑިޑޭޓުން ވަނީ ބުނެފަ އެވެ.

އެމްޑީޕީހެންވޭރު އުތުރުއާދަމް އާޒިމްމާލެކައުންސިލް އިންތިޚާބުލާމަރުކަޒީ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން ސިޓީ ކައުންސިލުން އަލުން ފަށަނީ

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން ސިޓީ ކައުންސިލުން އަލުން ފަށަނީ

23 ފެބުރުއަރީ 2026
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

23 ފެބުރުއަރީ 2026
އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތަކީ ވަކަރަށް ޖަހަން ކުރާ ކަމެއް، އޭގެ ފަހުން އަންނާނީ ވެރިކަން ދަންމާލުމުގެ ވާހަކަ: މާޒް ސަލީމް

އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތަކީ ވަކަރަށް ޖަހަން ކުރާ ކަމެއް، އޭގެ ފަހުން އަންނާނީ ވެރިކަން ދަންމާލުމުގެ ވާހަކަ: މާޒް ސަލީމް

23 ފެބުރުއަރީ 2026
މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

23 ފެބުރުއަރީ 2026
އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ގޮތް ހުސްވެ ވަޒީފާ އާއި އެހެން ގޮތް ގޮތުން ނުފޫޒު ފޯރުވާ، އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން"

އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ގޮތް ހުސްވެ ވަޒީފާ އާއި އެހެން ގޮތް ގޮތުން ނުފޫޒު ފޯރުވާ، އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން"

22 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު