Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ދޮރުން ދޮރަށް ހަރަކާތް

އެމްޑީޕީ އިން މައްޗަންގޮޅި އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި

22 ފެބުރުއަރީ 2026 | އާދީއްތަ 02:44

ކައުންސިލް އިންތިޚާބުން ބަލިވާނެ ކަން އެނގުމުން ސަރުކާރުން ދަނީ މޭޔަރ އާޒިމްގެ އަގު ވައްޓާލަން މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވި. ލާމަރުކަޒީ ނިޒާމުގެ ބާރުވެރިކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ދެކޮޅަށް ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް އެ ޕާޓީގެ އިސްވެރިން ވަނީ ގޮވާލައްވާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 22 ފެބުރުއަރީ 2026 | އާދީއްތަ 02:44
އެމްޑީޕީ ދޮރުން ދޮރަށް ހަރަކާރުގެ ތެރެއިން

އެމްޑީޕީ ދޮރުން ދޮރަށް ހަރަކާރުގެ ތެރެއިން | ސޯޝަލް މީޑިއާ

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން، އެމްޑީޕީ އިން މައްޗަންގޮޅި އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި އެވެ.

އެ ދޮރުން ދޮރަށް ހަރަކާތުގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރ އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރ ކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވީ ސަރުކާރަށް އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަން އެނގުމުން މިހާރު ދައްކަނީ އަގު ވައްޓާލުމަށް ދައްކަމުންދާ ވާހަކަތައް ކަމަށެވެ. އެގޮތުން މާލޭގެ ކަންކަން ސިޓީ ކައުންސިލަށް ނުބެލެހެއްޓޭ ކަމަށާއި ޚާއްސަކޮށް މިސްކިތްތަކުގެ ހާލަތު ގޯސް ކަމަށް ދެއްކުމަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ނަމަވެސް މޭޔަރ ކަމާއި ހަވާލުވެވަޑައިގެންނެވި އިރު މިސްކިތްތަކުގެ ހާލަތު ހުރީ ވަރަށް ގޯސްކޮށް ކަމަށެވެ. މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ނަގާ، އެ މަސައްކަތް ހަރުދަނާ ކުރެއްވި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. ނަމަވެސް ފަހުން ދިވެހި މުވައްޒަފުން ނެގުން ހުއްޓުވުމުގެ ސަބަބުން އެ މަސައްކަތަށް ވެސް ހުރަސް އެޅިފައިވާކަން އާޒިމް ވަނީ ފާހަގަކުރައްވާފަ އެވެ.

"ޓްރެކް ރެކޯޑަށް ބަލާލުމުން އެނގޭނެ ކޮން ބައެއްކަން މި މަސައްކަތް ކުރީ. މިސްކިތްތަކަށް އަރާ މީހުންނަށް އިނގޭނެ މިސްކިތްތަކުގެ ހާލަތު ރަނގަޅުކަން. އެމްޑީޕީ އިން ވެސް ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއް މިސްކިތް އެޅުމާއި މިސްކިތް ބެލެހެއްޓުމަކީ." އާޒިމް ވިދާޅުވި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން، އެމްޑީޕީގެ ވަގުތީ ޗެއާ ޕާސަން އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި  ސަރުކާރަށް ނޫނެކޭ ބުނުމުގެ އިތުރުން މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމަށް ނޫނެކޭ ބުނުން ވަރަށް މުހިންމު ކަމަށެވެ. ނޫން ނަމަ ރައްޔިތުންގެ ބާރުވެރިކަން އެއްކޮށް ގެއްލިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ އިން ގެނައި އެމްޑީޕީގެ ނިޒާމެއް ކަމަށެވެ. އަދި އެމްޑީޕީ ނޫން ބަޔަކަށް އެ ނިޒާމުގެ ބާރު ލިބޭ ކޮންމެ ފަހަރަކު ނިޒާމް އިތުރަށް ހަލާކުކޮށްލާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ވޯޓު ދޭން ޖެހެނީ އެ ނިޒާމުގެ ބާރުވެރިކަން ދަމަހައްޓަން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީމައްޗަންގޮޅި އުތުރުއާދަމް އާޒިމްމާލޭ ސިޓީ ކައުންސިލްއަބްދުލްޣަފޫރު މޫސާލޯކަލް ކައުންސިލް އިންތިޚާބު 2026

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2026

އިންތިޚާބަށް ރީ- ރަޖިސްޓްރީ ވާން ބާކީ 1 ދުވަސް، އަވަހަށް ރަޖިސްޓްރީ ވާން އެދެފި

21 ފެބުރުއަރީ 2026
އިންތިޚާބަށް ރީ- ރަޖިސްޓްރީ ވާން ބާކީ 1 ދުވަސް، އަވަހަށް ރަޖިސްޓްރީ ވާން އެދެފި
21 ފެބުރުއަރީ 2026

ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް

21 ފެބުރުއަރީ 2026
ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް
21 ފެބުރުއަރީ 2026

ފެންނަ ނުފެން ވޯޓަކީ ބޮޑު ސްކޭމެއް ކަމަށް ދީދީ ވިދާޅުވެއްޖެ

21 ފެބުރުއަރީ 2026
ފެންނަ ނުފެން ވޯޓަކީ ބޮޑު ސްކޭމެއް ކަމަށް ދީދީ ވިދާޅުވެއްޖެ
21 ފެބުރުއަރީ 2026

ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލަންޖެހޭ: އަބްދުﷲ ޝާހިދު

21 ފެބުރުއަރީ 2026
ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލަންޖެހޭ: އަބްދުﷲ ޝާހިދު
21 ފެބުރުއަރީ 2026

އީސީގެ ރައީސް ޒާހިދު އާއި، ރައީސް މުއިއްޒު ސިއްރު ބައްދަވުންތައް ބާއްވަވާއިރު، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު

21 ފެބުރުއަރީ 2026
އީސީގެ ރައީސް ޒާހިދު އާއި، ރައީސް މުއިއްޒު ސިއްރު ބައްދަވުންތައް ބާއްވަވާއިރު، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު
20 ފެބުރުއަރީ 2026

އިންތިޚާބު އެއްކޮށްލުމަކީ 2028 ނުފޫޒާއި ބާރުގެ ތެރެއިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެއް: ޝަމްހީދު

20 ފެބުރުއަރީ 2026
އިންތިޚާބު އެއްކޮށްލުމަކީ 2028 ނުފޫޒާއި ބާރުގެ ތެރެއިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެއް: ޝަމްހީދު
20 ފެބުރުއަރީ 2026

އެމްޑީޕީގެ ކެމްޕެއިން ޓީމަށް ބާރަށުން ހޫނު މަރުހަބާއެއް ކިޔައިފި

20 ފެބުރުއަރީ 2026
އެމްޑީޕީގެ ކެމްޕެއިން ޓީމަށް ބާރަށުން ހޫނު މަރުހަބާއެއް ކިޔައިފި
20 ފެބުރުއަރީ 2026

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ރައީސް ހއ. އަތޮޅަށް ވަޑައިގެންފި

20 ފެބުރުއަރީ 2026
ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ރައީސް ހއ. އަތޮޅަށް ވަޑައިގެންފި
20 ފެބުރުއަރީ 2026

މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް

20 ފެބުރުއަރީ 2026
މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް
20 ފެބުރުއަރީ 2026

ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

20 ފެބުރުއަރީ 2026
ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް