Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ސިޓީ ކައުންސިލް

ޖަލްސާގެ ކޯރަމް ހަމަނުވެގެން އިއުލާނު ކުރާ ފަހުން މީހަކު ވަނުމަކުން ކޯރަމް ހަމަވިކަމަކަށް ނުބެލެވޭނެ: އާޒިމް

17 ފެބުރުއަރީ 2026 | އަންގާރަ 15:03

މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާގެ ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހުނު މައްސަލައިގައި، ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް އިތުރުފުޅު ހައްދަވާފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި. ޖަލްސާ ނިންމާލި ފަހުން މެންބަރަކު ހާޒިރުވުމަކީ ކޯރަމް ހަމަވުން ކަމަށް ނުބެލެވޭނެ ކަމަށާއި، ޕީއެންސީގެ ކައުންސިލަރުންގެ ސަބަބުން ކައުންސިލްގެ މަސައްކަތްތަކަށް ހުރަސްއެޅި މުޅި ނިޒާމު ގަޑުބަޑުވަމުންދާ ކަމަށް މޭޔަރު ވިދާޅުވި.

މަޚްތޫމް
މަޚްތޫމް | 17 ފެބުރުއަރީ 2026 | އަންގާރަ 15:03
މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް. | ރާއްޖެ އެމްވީ

މާލެ ސިޓީ ކައުންސިލްގެ އަންގާރަ ދުވަހުގެ އާންމު ރަސްމީ ޖަލްސާގެ ކޯރަމް ހަމަނުވެގެން 17 މިނެޓް މަޑުކުރުމަށްފަހު ޖަލްސާ ނިންމާލި ފަހުން އެތަނަށް މީހަކު ވަނުމަކުން އެއީ ކޯރަމް ހަމަވުންކަމަށް ނުބެލޭނެ ކަމަށާއި، ކޯރަމް އޮންނަ ގޮތެއް ވެސް ޑެޕިއުޓީ މޭޔަރު އަރީޝް އަށް އެނގިވަޑައިގަންނަވާހެން ހީނުވާ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ކޯރަމް ހަމަނުވެގެން ޖަލްސާ ނިންމާލި މައްސަލައިގައި ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް ދޮގު ވާހަކަތަކެއް އެކްސްގައި ޕޯސްޓް ކޮށްފައިވާތީ އެކަން ސާފުކޮށް ބަޔާނެއް ނެރެފަ އެވެ. ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނީ ޢާންމު ރަސްމީ ޖަލްސާގެ އެޖެންޑާ އެކުލަވާ، ކައުންސިލަރުންނާ ޙިއްސާކޮށްފައިވާނީ 15 ފެބްރުއަރީ 2026 ވީ އާދިއްތަ ދުވަހުގެ 2:00 ގަ އެވެ. ޖަލްސާ ތާވަލުކޮށްފައި ވާނީ މިއަދު (17 ފެބުރުވަރީ 2026 ވީ އަންގާރަ) ހެނދުނު 9:30 އަށް ކަމަށް ކައުންސިލުން ބުނެފައިވެ އެވެ. ޖަލްސާގެ ކޯރަމަކީ 10 އެވެ. 

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ޖަލްސާގެ ކޯރަމް ހަމަވޭތޯ ގަޑިން 9:47 އާ ހަމައަށް ރިޔާސަތުން ބެއްލެވުމަށްފަހު، ކޯރަމް ހަމަނުވާތީ ޖަލްސާ ނިންމާލިކަން އިޢުލާން ކުރިކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. 

މިކަމާއި ގުޅޭ ގޮތުން މޭޔަރ އާދަމް އާޒިމް ވިދާޅުވީ އަރީޝް އަކީ ޖަލްސާތަކަށް ގަޑިއަށް ހާޒިރު ނުވާ ކައުންސިލަރެއް ކަމަށެވެ. އަދި ހަމަ މިއާއެކު ޖެހިޖެހިގެން 5 ރަސްމީ ބައްދަލުވުމަށް ހާޒިރު ނުވާ ކަމަށާއި، އަންގާރަ ދުވަހުގެ ޖަލްސާއާއި ގުޅިގެންވެސް ހެއްދެވީ ދޮގު ކަމަށެވެ. އާޒިމް ވިދާޅުވީ  ކޯރަމް ހަމަނުވެ އިޢުލާނުކުރި ފަހުން މީހަކު ވަނުމަކުން ކޯރަމް ހަމަވި ކަމަށް ނުބެލެވޭނެ ކަމަށެވެ.

9:30 ގައި އަންނަން އޮންނާނީ އަންގާފަ. 9:30 ގައި ނާދެވިގެން 5 މިނެޓު މަޑުކޮށްފަ، 15 މިނެޓު 17 މިނެޓު މަޑުކޮށްފަ އަޅުގަނޑު އިޢުލާނުކުރީ ކޯރަމް ހަމަނުވާ ކަމަށެވެ. އިޢުލާނުކުރި ފަހުން މީހަކު މި ވަންނަނީ. އެވަރު ވެސް ނޭނގޭ މީސްމީހުން ތަންތަނަށް މީހުން ޢައްޔަންކުރީމާ ރައްޔިތުންނަށް ވާނީ ގެއްލުން.
މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ މިއަދު މުޅި ޤައުމަށް ޖެހިފައިވާ ހާލަތަކީ ޕީއެންސީއަށް ނިސްބަތްވާ މީހުން ތަންތަނަށް ހޮވައިގެން ޖެހޭ ހާލަތު ކަމަށެވެ. އަދި ޕީއެންސީއަށް ނިސްބަތްވާ ރައީސުލްޖުމްހޫރިއްޔާއެއް ހޮވައިގެން މިއަދު ޤައުމަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ. އަދި މުޅި ޤައުމު ގަޑުބަޑުކޮށްލާފައިވާ ކަމަށާއި، ކައުންސިލަރު އަރީޝް ހުރެގެން، ޕީއެންސީގެ ކައުންސިލަރުން ތިބެގެން މުލީ ކައުންސިލް ގަޑުބަޑު ކޮށްލާފައިވާ ކަމަށެވެ. 

މާލޭ ސިޓީ ކައުންސިލްމުޙައްމަދު އަރީޝްއާދަމް އާޒިމްޕީއެންސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2026

ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

17 ފެބުރުއަރީ 2026
ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް
17 ފެބުރުއަރީ 2026

އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި

17 ފެބުރުއަރީ 2026
އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި
16 ފެބުރުއަރީ 2026

ގަލޮޅު އުތުރުގެ ދޮރުން ދޮރަށް: މި ސަރުކާރު ކަމުގޮސްގެން ވާހަކަ ދައްކާ މީހަކާ ދިމާނުވޭ - އާޒިމް

16 ފެބުރުއަރީ 2026
ގަލޮޅު އުތުރުގެ ދޮރުން ދޮރަށް: މި ސަރުކާރު ކަމުގޮސްގެން ވާހަކަ ދައްކާ މީހަކާ ދިމާނުވޭ - އާޒިމް
16 ފެބުރުއަރީ 2026

އެމްޑީޕީގެ، ހެންވޭރު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފި

16 ފެބުރުއަރީ 2026
އެމްޑީޕީގެ، ހެންވޭރު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފި
15 ފެބުރުއަރީ 2026

ދިވެހި ގާނޫނުއަސާސީ މުގުރާލުމަށްފަހު ބައިނަލްއަގުވާމީ ގާނޫނުވެސް ފުނޑާލެވިދާނެ ކަމަށް ހީކުރީތޯ؟

15 ފެބުރުއަރީ 2026
ދިވެހި ގާނޫނުއަސާސީ މުގުރާލުމަށްފަހު ބައިނަލްއަގުވާމީ ގާނޫނުވެސް ފުނޑާލެވިދާނެ ކަމަށް ހީކުރީތޯ؟
15 ފެބުރުއަރީ 2026

އައު ޑޮމެސްޓިކް ޓަރމިނަލްތަ؟ ނޫނީ ޕީއެންސީ ޖަގަހައެއްތަ؟

15 ފެބުރުއަރީ 2026
އައު ޑޮމެސްޓިކް ޓަރމިނަލްތަ؟ ނޫނީ ޕީއެންސީ ޖަގަހައެއްތަ؟
15 ފެބުރުއަރީ 2026

ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި

15 ފެބުރުއަރީ 2026
ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި
15 ފެބުރުއަރީ 2026

އިންތިޚާބަކާ ނުލައި 82 މީހުން ހޮވިއްޖެ

15 ފެބުރުއަރީ 2026
އިންތިޚާބަކާ ނުލައި 82 މީހުން ހޮވިއްޖެ
15 ފެބުރުއަރީ 2026

ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ފަރާތުން ގުރުއަތުނަގަން ދިިޔައީ އެ ރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަނީސް!

15 ފެބުރުއަރީ 2026
ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ފަރާތުން ގުރުއަތުނަގަން ދިިޔައީ އެ ރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަނީސް!
14 ފެބުރުއަރީ 2026

އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!

14 ފެބުރުއަރީ 2026
އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް