Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އެމެރިކާ އިން އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށް ޖިބްރޯލްޓާގެ ކަނޑުގެ ސަރަހައްދުން އެމެރިކާގެ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް ދަތުރުކުރަނިކޮށް ފެނިއްޖެ

އީރާނަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައްޔާރުވަމުންދާއިރު، ބޭރުގެ ބާރުތަކުން ކުރިމަތިކުރާ ފިއްތުންތަކަށް ބޯނުލަނބާނެ ކަމަށް އީރާނުން ވަނީ ބުނެފައި. ޓްރަމްޕްގެ ސަރުކާރުން ބޭރުގެ އަސްކަރީ ހަރަކާތްތަކަށް ބޮޑު އިސްކަމެއް ދިނުމުގެ ސަބަބުން، އެމެރިކާގެ އެތެރޭގެ މައްސަލަތަކަށް ދެވޭ ސަމާލުކަން ކުޑަވެފައިވާކަން ފާހަގަކުރެވޭ. ނަމަވެސް، ނިއުކްލިއާ މައްސަލައިގައި މަޝްވަރާގެ ތެރެއިން ހައްލެއް ހޯދުމަށް އީރާނުން އުންމީދުކުރާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 13:11
މިއީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ނަގާފައިވާ މަންޒަރެއް. 2026 ފެބްރުއަރީ 20 ވަނަ ދުވަހު ޖިބްރޯލްޓާ ކަނޑުގެ ސަރަހައްދުން ފެންނަ މި މަންޒަރުން ފެންނަނީ ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް މަތިންދާބޯޓު އުފުލާ މަނަވަރު ދަތުރުކުރަމުންދާ މަންޒަރެއް. މި މަންޒަރުގެ ފަހަތުން އެފްރިކާގެ އުތުރު ބިތުގެ އައްސޭރިފަށް ފެންނަން އޮވޭ.

މިއީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ނަގާފައިވާ މަންޒަރެއް. 2026 ފެބްރުއަރީ 20 ވަނަ ދުވަހު ޖިބްރޯލްޓާ ކަނޑުގެ ސަރަހައްދުން ފެންނަ މި މަންޒަރުން ފެންނަނީ ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް މަތިންދާބޯޓު އުފުލާ މަނަވަރު ދަތުރުކުރަމުންދާ މަންޒަރެއް. މި މަންޒަރުގެ ފަހަތުން އެފްރިކާގެ އުތުރު ބިތުގެ އައްސޭރިފަށް ފެންނަން އޮވޭ. | ސްކްރީން އިމޭޖް

އުތުރު އެފްރިކާގެ ކައިރީގައި އޮންނަ ޖިބްރޯލްޓާގެ ކަނޑުގެ ސަރަހައްދުން އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް ދަތުރުކުރަނިކޮށް ހުކުރު ދުވަހު ފެނިއްޖެއެވެ.

ރޮއިޓާސްއިން ވަނީ އެ މަނަވަރުގެ ފަރުމާ، ކުރީގެ ފޮޓޯތަކާ އަޅާކިޔައި އެއީ ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑްކަން ކަށަވަރުކޮށްފައެވެ. އަދި ވީޑިއޯއިން ފެންނަ ފަރުބަދަތަކުގެ ބައްޓަމާއި މަގުތައް އަތުރާލެވިފައިވާ ގޮތް ސެޓެލައިޓް ފޮޓޯތަކާ އަޅާކިޔައި، އެއީ ޖިބްރޯލްޓާ ސަރަހައްދުކަން ވެސް އެ އެޖެންސީން ވަނީ ކަށަވަރުކޮށްފައެވެ. މީގެ އިތުރުން، ވީޑިއޯ ފައިލްތަކުގެ މެޓަޑޭޓާ ދިރާސާކޮށް، އެ ވީޑިއޯތަކަކީ ހުކުރު ދުވަހު ނަގާފައިވާ ވީޑިއޯތަކެއްކަން ވެސް ވަނީ ޔަގީންކޮށްފައެވެ.

މި މަނަވަރު ފެނިފައި މިވަނީ، މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުގަދަކުރުމަށާއި، އީރާނަށް އަމާޒުކޮށް ހަފުތާތަކަކަށް ދެމިގެންދާ ފަދަ ވައިގެ ހަމަލާތަކެއް ދިނުމަށް ތައްޔާރުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، 1979 ވަނަ އަހަރުގެ އީރާނުގެ އިންގިލާބަށްފަހު އެ ގައުމާ ދެކޮޅަށް އެމެރިކާއިން ހިންގާ އެންމެ ވަރުގަދަ އަސްކަރީ ހަރަކާތަށް ތައްޔާރުވަމުން މިދަނީ ކީއްވެގެންކަން، ރައީސް ޓްރަމްޕް އެމެރިކާގެ ރައްޔިތުންނަށް ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ.

އެމެރިކާއާއެކު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކާ ގުޅޭގޮތުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހޮނިހިރު ދުވަހު ވިދާޅުވީ، ދުނިޔޭގެ ބާރުތަކުން ކުރިމަތިކުރާ ފިއްތުންތަކަށް އީރާނުން ބޯނުލަނބާނެ ކަމަށެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު ވިދާޅުވީ، ކުރިއަށްދާ މަޝްވަރާތަކަށްފަހު، ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި އީރާނުގެ ފަރާތުން ހުށަހަޅާ ޕްރޮޕޯސަލް ހުށަހެޅުމުގެ ދެލިކޮޕީއެއް ތައްޔާރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރައީސް ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ 13 މަސްދުވަހުގެ ތެރޭގައި، އޭނާގެ ސިޔާސަތުތަކުގެ އެންމެ ކުރީގައި އޮތީ ބޭރުގެ ގައުމުތަކާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރުންކަން އީރާނުގެ މައްސަލައިން ވަރަށް ސާފުކޮށް ހާމަވެއެވެ. މީގެ ސަބަބުން، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުން ފަދަ އެމެރިކާގެ ގިނަ ރައްޔިތުންނަށް މާ މުހިންމު ކަމަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ އެތެރޭގެ މައްސަލަތަކަށް ދެވޭ ސަމާލުކަން ވަނީ ކުޑަވެފައެވެ.

މަސްދަރު: ރޮއިޓާސް

ޖިބްރޯލްޓާޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑްއީރާން-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލަން އެމެެރިކާ އިން ހުށަހަޅާފައި ނުވޭ، އީރާން އިން އެކަމަށް ނުވެސް އެދޭނެ: އަރާގްޗީ

ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލަން އެމެެރިކާ އިން ހުށަހަޅާފައި ނުވޭ، އީރާން އިން އެކަމަށް ނުވެސް އެދޭނެ: އަރާގްޗީ

21 ފެބުރުއަރީ 2026
އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

20 ފެބުރުއަރީ 2026
އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ ތަންތަން ކަމަށް ބުނެ އީރާނުން އިންޒާރު ދީފި

އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ ތަންތަން ކަމަށް ބުނެ އީރާނުން އިންޒާރު ދީފި

20 ފެބުރުއަރީ 2026
އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

19 ފެބުރުއަރީ 2026
އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ

އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު