Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާން އާއި އެމެރިކާގެ މަޝްވަރާ ތަކުގެ ތިން ވަނަ ބުރު ބުރާސްފަތި ދުވަހު ޖެނީވާގައި ކުރިއަށް ގެންދަނީ

އެގޮތުން ބުސައިދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްވަރާތައް އަލުން ފަށަނީ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތް ތަކަށް ލިބުނު ހެޔޮ ބަދަލާ އެކު ކަމަށް. އަދި އެންމެ ފަހުގެ ނިންމުންތަކާ ހަމައަށް ވާސިލުވުމުގެ އުންމީދުގައި ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 08:17
އޮމާންގެ ފޮރިން މިނިސްޓަރު އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލް ބަސައިދީ އަދި އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް

އޮމާންގެ ފޮރިން މިނިސްޓަރު އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލް ބަސައިދީ އަދި އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް | ރޮއިޓާސް

އީރާން އާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ ނިއުކްލިއާ މަޝްވަރާ ތަކުގެ ތިން ވަނަ ބުރުގެ ބައްދަލުވުން، ބުރާސްފަތި ދުވަހު ސްވިޒަލެންޑުގެ ޖެނީވާގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހާމަ ކޮށްފި އެވެ. 

މިކަން ހާމަ ކޮށްފައި ވަނީ މި މަޝްވަރާ ތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލް ބަސައިދީ އެވެ. 

އެގޮތުން ބުސައިދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްވަރާތައް އަލުން ފަށަނީ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތް ތަކަށް ލިބުނު ހެޔޮ ބަދަލާ އެކު ކަމަށެވެ. އަދި އެންމެ ފަހުގެ ނިންމުންތަކާ ހަމައަށް ވާސިލުވުމުގެ އުންމީދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މި މަޝްވަރާތަކާ ގުޅޭ ގޮތުން އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އެމެރިކާގެ ސީބީއެސް ނިއުސް އަަށް ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވީ، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި ނަމަ، މެދު އިރުމަތީގައި ހުރި އެމެރިކާގެ މަސްލަޙަތު ތަކަށް ހަމަލާ ދޭނެ ކަމަށެވެ. ނަމަވެސް، އަދި ވެސް ޑިޕްލޮމެޓިކް ޙައްލެއް ފެނުމުހެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. 

މެދު އިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރުގަދަކޮށް، އީރާން އަށް ހަމަލާ ދީފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އަރާގްޗީ ވިދަޅުވީ، އެމެރިކާ އިން ހަމަލާ ދީފި ނަމަ އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ފުރިހަމަ ހައްގު އީރާން އަށް ލިބިގެންވާ ކަމަށެވެ. އެމެރިކާ އިން މިހާރު ވަނީ އެ ސަރަހައްދަށް ދެ އެއާކްރާފްޠް ކެރިއަރާއި، ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކާއި އަދި މަނަވަރުތައް ފޮނުވައި، ވައިގެ ދިފާއީ ނިޒާމު ވެސް ވަރުގަދަ ކޮށްފަ އެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަކީ، ނިއުކްލިއާ ބޮން އުފެއްދުމަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ހުޅަނގުގެ ޤައުމު ތަކުން ތުހުމަތު ކޮށްފައި ވީ ނަމަވެސް، އީރާން އިން ގެންދަނީ އެކަން ދޮގު ކުރަމުންނެވެ. އެކަމާ ގުޅޭ ގޮތުން އަރާގްޗީ ވިދާޅުވެފައި ވަނީ މަދަނީ ބޭނުން ތަކަށް ޔުރޭނިއަން މުއްސަނދި ކުރުމަކީ މިނިވަން ދައުލަތެއްގެ ހައިސިއްޔަތުން އީރާން އަށް ލިބިގެންވާ ހައްގެއް ކަމަށެވެ. ޖެނީވާގައި އެންމެ ފަހުން ބޭއްވި މަޝްވަރާ ތަކަށް ފަހު، އަސްކަރީ ކުރިމަތިލުމަކުން ސަލާމަތްވުމަށްޓަަކައި އީރާން އިން މިހާރު ގެންދަނީ އެއްބަސްވުމުގެ ދެލި ކޮޕީއެއް ތައްޔާރު ކުރަމުންނެވެ. 

އެމެރިކާގެ އެކްސިއޯސް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އީރާން އިން އެ ހުށަހެޅުން ހުށަހަޅައިފި ނަމަ، ތަފްސީލީ މަޝްވަރާތައް ފެށުމަށް އެމެރިކާ އޮތީ ފުރިހަމަ އަށް ތައްޔާރަށެވެ. އީރާން އިން ބޭނުން ވަނީ އެ ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުންދާ ދަތި ކުރުމުގެ ފިޔަވަޅު ތަކުން ސަލާމަތް ވުމަށް އަވަސް އެއްބަސްވުމަކަށް އައުމަށް ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. 

އީރާން އާއި އެމެރިކާއާ ދެމެދު އަލުން މަޝްވަރާތައް ފެށިއިރު، ފުރަތަމަ ބައްދަލުވުން އޮތީ އޮމާންގަ އެވެ. ދެ ވަނަ ބައްދަލުވުން ޖެނީވާގައި އޮތްއިރު، ތިން ވަނަ ބައްދަލުވުން ވެސް އޮތީ ޖެނީވާގަ އެވެ. މިއީ ދެ ވަނަ ބައްދަލުވުމަށް ފަހު، ދެ ޤައުމުން ވެސް އެއްބަސްވެފައިވާ ބައްދަލުވުމެކެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާޖެނީވާއައްބާސް އަރަގްޗީއީރާން ނިއުކްލިއަރ ޕްރޮގްރާމްބަދުރު އަލް ބުސައިދީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާ އިން އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށް ޖިބްރޯލްޓާގެ ކަނޑުގެ ސަރަހައްދުން އެމެރިކާގެ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް ދަތުރުކުރަނިކޮށް ފެނިއްޖެ

އެމެރިކާ އިން އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށް ޖިބްރޯލްޓާގެ ކަނޑުގެ ސަރަހައްދުން އެމެރިކާގެ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް ދަތުރުކުރަނިކޮށް ފެނިއްޖެ

22 ފެބުރުއަރީ 2026
އެމެރިކާގެ ބާރުވެރިކަމާ ދެކޮޅަށް އީރާން އިން އަމާންނުދޭތީ ޓްރަމްޕް ހުންނެވީ އަޖައިބުވެފައި، އެކަމާ ސުވާލު ވެސް އުފައްދަވައިފި

އެމެރިކާގެ ބާރުވެރިކަމާ ދެކޮޅަށް އީރާން އިން އަމާންނުދޭތީ ޓްރަމްޕް ހުންނެވީ އަޖައިބުވެފައި، އެކަމާ ސުވާލު ވެސް އުފައްދަވައިފި

22 ފެބުރުއަރީ 2026
ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލަން އެމެެރިކާ އިން ހުށަހަޅާފައި ނުވޭ، އީރާން އިން އެކަމަށް ނުވެސް އެދޭނެ: އަރާގްޗީ

ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލަން އެމެެރިކާ އިން ހުށަހަޅާފައި ނުވޭ، އީރާން އިން އެކަމަށް ނުވެސް އެދޭނެ: އަރާގްޗީ

21 ފެބުރުއަރީ 2026
އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ލަވްރޮވް އާއި އަރާގްޗީ މަޝްވަރާ ކުރައްވައިފި

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ލަވްރޮވް އާއި އަރާގްޗީ މަޝްވަރާ ކުރައްވައިފި

21 ފެބުރުއަރީ 2026
އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު