Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާރާމާރީ

މާލޭގައި ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

މާފަންނު ގަޑިބުރު ކައިރިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ތުހުމަތުކުރެވޭ ސ. މަރަދޫ، އަލީ ޝަމާއިލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ އިތުރުކޮށްފައި. މި މަހުގެ އަށްވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އޭނާގެ މައްޗަށް މާރާމާރީ އާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތު ކުރެވޭއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން. ކުށުގެ ރެކޯޑު އޮތް މި ޒުވާނާ ހަމަލާދިން ކަމަށް ބުނާ ބަޔާންތަކާއި ހެކިތައް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 26 ފެބުރުއަރީ 2026 | ބުރާސްފަތި 10:46
ފުލުހުން މާލޭގެ މަގުމަތި ބަލަހައްޓަނީ.

ފުލުހުން މާލޭގެ މަގުމަތި ބަލަހައްޓަނީ. | ޕޮލިސް

މާލޭ ގަޑިބުރު ކައިރިން ހިނގާފައި ދިޔަ ބިދޭސީއަކަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ބަންދުކުރީ، ސ. މަރަދުއަށް ނިސްބަތްވާ 24 އަހަރުގެ އަލީ ޝަމާއިލެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މި މަހު އަށްވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ގަޑިބުރު ކައިރިން ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ޝަމާއިލް ހައްޔަރުކުރީ، ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 24 ވަނަ ދުވަހު އެވެ.

ޝަމާއިލްގެ މައްޗަށް މާރާމާރީ އާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތު ކޮށްފައިވެ އެވެ.  އަދި އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށް، ބަންދަށް 5 ދުވަސް ވަނީ ޖަހާފަ އެވެ. 

ކޯޓު އަމުރުން އެނގޭ ގޮތުގައި، އޭނާ ގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވެ އެވެ. އެގޮތުން މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން، ފޮޓޯ ލައިންއަޕް، ފުލުހުންގެ ހާދިސާ ރިޕޯޓާއި، ކުށުގެ ރިކޯޑު ހުށަހަޅާފައިވެ އެވެ. 

މީގެ އިތުރުން އޭނާ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. އަދި އޭނާ އަކީ ބަންދު ރެކޯޑު އޮތް މީހެއް ކަމަށްވާއިރު، ވަކީލެއް އައްޔަނުކުރުމުގެ ފުރުސަތަކަށް އޭނާ ކޯޓުގައި ވަނީ އެދިފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

އަލީ ޝަމާއިލްކްރިމިނަލް ކޯޓްމަގުމަތީ މާރާމާރީ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2026

ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''

22 ފެބުރުއަރީ 2026
ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''
21 ފެބުރުއަރީ 2026

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި

21 ފެބުރުއަރީ 2026
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި
21 ފެބުރުއަރީ 2026

މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭސް މީހަކު ހައްޔަރު ކޮށްފި

21 ފެބުރުއަރީ 2026
މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭސް މީހަކު ހައްޔަރު ކޮށްފި
20 ފެބުރުއަރީ 2026

ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދު

20 ފެބުރުއަރީ 2026
ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދު
19 ފެބުރުއަރީ 2026

ރޯދަ މަހު ދުވާލު ކެއުން: މަގު މަތީގައި ޗުވިންގަމް އެއް ކޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި

19 ފެބުރުއަރީ 2026
ރޯދަ މަހު ދުވާލު ކެއުން: މަގު މަތީގައި ޗުވިންގަމް އެއް ކޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު