Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީން މިއާގެ މަރު

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

19 ފެބުރުއަރީ 2026 | ބުރާސްފަތި 05:15

01 ފެބްރުއަރީ 2026 ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ، 32 އަހަރު ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ. އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން 18 ފެބްރުއަރީ 2026 ގައި ވަނީ އިތުރަށް 45 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައި. ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތު ކުރެވޭ މި މީހާ ބަންދުގައި ބަހައްޓަން ނިންމީ، އޭނާ ފަރުވާކުޑަކޮށް އަމަލުކުރި ކަމަށް ބެލެވޭ ހެކިތަކެއް ހުރުމާއި، ގައުމުން ފިލައިގެން ގޮސްދާނެ ކަމުގެ ބިރު އޮތުމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 19 ފެބުރުއަރީ 2026 | ބުރާސްފަތި 05:15
ތިލަފުށިން މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ.

ތިލަފުށިން މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ. | ރާއްޖެއެމްވީ

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ. 

މި މައްސަލާގައި 01 ފެބްރުއަރީ 2026 ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ، 32 އަހަރު ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ އެވެ.  އެ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށް، އޭނާ ގެ ބަންދަށް 7 ދުވަސް ޖަހާފައިވެ އެވެ. އަދި ބަންދުގެ މުއްދަތު ހަމަވުމުން 18 ފެބްރުއަރީ 2026 ގައި ވަނީ 45 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފަ އެވެ.

Advertisement - newsAdvertisement

އޭނާ ގެ މައްޗަށް ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތު ކޮށްފައިވެ އެވެ.

ބަންދުގައި ބަހައްޓަން ނިންމި ސަބަބުގެ ގޮތުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ލިބިފައިވާ ކަމަށެވެ.

އެގޮތުން ހުށަހަޅާފައިވާ ބަޔާންތަކާއި، ސީސީޓީވީ ފުޓޭޖުގެ ފޮޓޯތަކުން އެނގޭ ގޮތުގައި އޭނާ ދުއްވަން އިން އެކްސްކަވޭޓަރުން ޖެހުމުގެ ސަބަބުން މީހަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާ އެކްސްކަވޭޓަރު އޮޕްރޭޓު ކޮށްފައިވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ހެއްކެއްގެ ބަޔާނުން އެނގޭ ގޮތުގައި އެ ހާދިސާ ހިނގިފަހުން އޭނާ އަމިއްލަ ގައުމަށް ދާން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކާފައިވުމާއި، އޭނާއަކީ ލަންކާ ރައްޔިތަކަށްވުމުން އެގައުމަށް ދިއުމަށްފަހު ފިލުމުގެ އިހްތިމާލު ވުޖޫދުވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. 

ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ މަރުވުމަށް މެދުވެރިވެފައި ވަނީ 26 ޖެނުއަރީ 2026 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އަމީން މިއާހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަތިލަފުށިކްރިމިނަލް ކޯޓްސްރީލަންކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2026

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި

16 ފެބުރުއަރީ 2026
މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި
15 ފެބުރުއަރީ 2026

ރާއްޖެއަށް އެކި ފަހަރުމަތިން މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހެއް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

15 ފެބުރުއަރީ 2026
ރާއްޖެއަށް އެކި ފަހަރުމަތިން މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހެއް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
11 ފެބުރުއަރީ 2026

މީހުންނަށް އުނދަގޫ ކުރާ ރާމާމަކުނު ބަންދު ކުރަން ސްރީ ލަންކާ ގައި ޑިޓެންޝަން ސެންޓަރުތަކެއް ހަދަނީ

11 ފެބުރުއަރީ 2026
މީހުންނަށް އުނދަގޫ ކުރާ ރާމާމަކުނު ބަންދު ކުރަން ސްރީ ލަންކާ ގައި ޑިޓެންޝަން ސެންޓަރުތަކެއް ހަދަނީ
11 ފެބުރުއަރީ 2026

ކަރަޕްޝަން ގެ ނުރައްކާ ސަހައްދުގައި އެންމެ ކުޑަ ބޫޓާން އާއި ރާއްޖެ އާ ދެމެދު 73 ދަރަޖައިގެ ތަފާތު!

11 ފެބުރުއަރީ 2026
ކަރަޕްޝަން ގެ ނުރައްކާ ސަހައްދުގައި އެންމެ ކުޑަ ބޫޓާން އާއި ރާއްޖެ އާ ދެމެދު 73 ދަރަޖައިގެ ތަފާތު!
11 ފެބުރުއަރީ 2026

ވައިގެ މަގުން ފަސް ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް

11 ފެބުރުއަރީ 2026
ވައިގެ މަގުން ފަސް ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް
08 ފެބުރުއަރީ 2026

ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

08 ފެބުރުއަރީ 2026
ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި
08 ފެބުރުއަރީ 2026

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ނިޔާޒު އައްޔަން ކޮށްފި

08 ފެބުރުއަރީ 2026
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ނިޔާޒު އައްޔަން ކޮށްފި
07 ފެބުރުއަރީ 2026

ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ، އުމުރުން ދުވަސްވީ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

07 ފެބުރުއަރީ 2026
ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ، އުމުރުން ދުވަސްވީ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި
05 ފެބުރުއަރީ 2026

މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި

05 ފެބުރުއަރީ 2026
މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި
04 ފެބުރުއަރީ 2026

ފަތުރުވެރި ކަމުގެ ރެކޯޑެއް ރާއްޖެ އިން ޖެނުއަރީ މަހު ހެދި ކަމަށް ބުނެ މިނިސްޓަރު ތޯރިގް ފޮނި ކެނޑުއްވި އިރު ސްރީލަންކާ އިން ޖެނުއަރީ މަހު ހެދި ރިކޯޑު މާ މަތި!

04 ފެބުރުއަރީ 2026
ފަތުރުވެރި ކަމުގެ ރެކޯޑެއް ރާއްޖެ އިން ޖެނުއަރީ މަހު ހެދި ކަމަށް ބުނެ މިނިސްޓަރު ތޯރިގް ފޮނި ކެނޑުއްވި އިރު ސްރީލަންކާ އިން ޖެނުއަރީ މަހު ހެދި ރިކޯޑު މާ މަތި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް