Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިތުރު ޒަކާތް

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް، ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

22 ފެބުރުއަރީ 2026 | އާދީއްތަ 09:48

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް އިސްލާމީ މަރުކަޒާއި ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަންނަން ވަނީ ފަށާފައި. އެގޮތުން ދައްކާ ފައިސާގެ މުއާމަލާތްތައް ވަގުތުން ޕޯޓަލްގައި ރެކޯޑުކޮށް، ފައިސާ ދެއްކިކަން ކަށަވަރުކޮށްދޭ އެސްއެމްއެސްއެއް ކޮންމެ ފަރާތަކަށް ވެސް ލިބޭނެ. މީގެ އިތުރުން ރަމަޟާން މަހުގެ އެކި މުއްދަތުތަކަށް ބަހާލައިގެން ހަތް އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ވެސް ޒަކާތް ދެއްކުމުގެ އިންތިޒާމު ޒަކާތު ހައުސްއިން ވަނީ ހަމަޖައްސާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 22 ފެބުރުއަރީ 2026 | އާދީއްތަ 09:48
އިސްލާމިކް މިނިސްޓްރީން ފިތުރު ޒަކާތް ބަލައިގަންނަނީ.

އިސްލާމިކް މިނިސްޓްރީން ފިތުރު ޒަކާތް ބަލައިގަންނަނީ. | ޒަކާތް ހައުސް

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް، ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

އާދިއްތަ ދުވަހު ޒަކާތު ހައުސްއިން ބުނީ، މާލޭގައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ، ކައުންޓަރުތަކުން ޒަކާތް ބަލައިގަންނަން ފަށައިފައިވާ ކަމަށެވެ. 

އެގޮތުން 22 ފެބުރުވަރީން 9 މާރިޗަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00ން 13:00ށް އަދި 10 މާރިޗުން 19 މާރިޗަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00އން 14:00ށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ. 

މީގެ އިތުރުން ޒަކާތު ހައުސްއިން ބުނީ، އަތޮޅުތެރޭގެ ރަށްރަށުގައި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިތުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާ އަށް ގޮސްގެން ކަމަށެވެ. ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރާނީ އެ ކަމަށް ޓަކައި ޚާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ ފިތުރު ޕޯޓަލެވެ.

އާންމު ފަރުދުން ކައުންސިލު އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ގޮސް، ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުއާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑު ކުރާނެ ކަމަށެވެ. ފައިސާ ދައްކައި ނިމުމުން، ފިތުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން ލިބޭނެ ކަމަށް ޒަކާތު ހައުސިން އިން ބުނެ އެވެ. އަދި ސަދަގާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެ އެވެ.

ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ހޮނިހިރު ދުވަހު ފަށާފައިވާއިރު، މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަން ފަށާފަ އެވެ. 

އެގޮތުން ޖުމްލަ 7 އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

މި ފަހަރު އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ:

  1. ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް
  2. އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
  3. މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  4. ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
  5. ފަހިޕޭ މޯބައިލް އެޕް
  6. އަވަސް މޯބައިލް އެޕް
  7. ބަނޑޭރި ޕޭ ވެބްސައިޓް

މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.

މި ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް:

  1. އާދައިގެ ހަނޑޫ: 12 ރުފިޔާ
  2. ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
  3. ރަތް ހަނޑޫ: 96 ރުފިޔާ
  4. ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
  5. ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
  6. ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
  7. އާދައިގެ ފުށް: 10 ރުފިޔާ
  8. އާޓާ ފުށް: 75 ރުފިޔާ

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ އެއްޗެކެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.

ޒަކާތު ހައުސްފިޠުރު ޒަކާތްއިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2026

ސައުދީން ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު މިއަހަރު އަދި ނުލިބޭ: އިސްލާމިކް މިނިސްޓްރީ

19 ފެބުރުއަރީ 2026
ސައުދީން ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު މިއަހަރު އަދި ނުލިބޭ: އިސްލާމިކް މިނިސްޓްރީ
18 ފެބުރުއަރީ 2026

މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

18 ފެބުރުއަރީ 2026
މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
17 ފެބުރުއަރީ 2026

18 ފެބްރުއަރީ 2026 ވާ ބުދަ ދުވަހަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

17 ފެބުރުއަރީ 2026
18 ފެބްރުއަރީ 2026 ވާ ބުދަ ދުވަހަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް
10 ފެބުރުއަރީ 2026

މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި

10 ފެބުރުއަރީ 2026
މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި
09 ފެބުރުއަރީ 2026

އިސްލާމިކް މިނިސްޓްރީ އިން އެދިގެން ދެފަހަރަށް ފަސްކުރި އައިކޮމް ގެ އަޑުއެހުމަށް ހާޒިރު ނުވުމުން މިނިސްޓްރީ ޖޫރިމަނާ ކޮށްފި

09 ފެބުރުއަރީ 2026
އިސްލާމިކް މިނިސްޓްރީ އިން އެދިގެން ދެފަހަރަށް ފަސްކުރި އައިކޮމް ގެ އަޑުއެހުމަށް ހާޒިރު ނުވުމުން މިނިސްޓްރީ ޖޫރިމަނާ ކޮށްފި
03 ފެބުރުއަރީ 2026

އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 185،250ރ. ދޭން ހުކުމްކޮށްފި

03 ފެބުރުއަރީ 2026
އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 185،250ރ. ދޭން ހުކުމްކޮށްފި
29 ޖެނުއަރީ 2026

އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"

29 ޖެނުއަރީ 2026
އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"
24 ޖެނުއަރީ 2026

ތިން ރަށުގެ އިސްލާމިކް ސެންޓަރާއި، މިސްކިތް އަދި ގުރުއާން ސެންޓަރު މަޝްރޫއުގެ އެއްބަސްވުމުގެ އަގު ހާމަ ކުރުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި

24 ޖެނުއަރީ 2026
ތިން ރަށުގެ އިސްލާމިކް ސެންޓަރާއި، މިސްކިތް އަދި ގުރުއާން ސެންޓަރު މަޝްރޫއުގެ އެއްބަސްވުމުގެ އަގު ހާމަ ކުރުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި
07 ޖެނުއަރީ 2026

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދެ ދިވެހީން ނިޔާވުން: އޮޑިޓުގެ ޚިދުމަތްތެރިޔާ ވައިކަރަދޫ ރަޝީދު ހިމެނޭ

07 ޖެނުއަރީ 2026
އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދެ ދިވެހީން ނިޔާވުން: އޮޑިޓުގެ ޚިދުމަތްތެރިޔާ ވައިކަރަދޫ ރަޝީދު ހިމެނޭ
04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް