Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓް

ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދު

ތޫނު ހަތިޔާރުން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި ހދ. ނޮޅިވަރަންފަރު، އަލީ ޝަހީމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާއިރު، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީ ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން. މި މައްސަލައިގެ ހެކީގެ ގޮތުގައި ފުލުހުން ވަނީ ސީންގެ ފޮޓޯ އާއި ވީޑިއޯގެ އިތުރުން އަނިޔާލިބުނު ފަރާތުގެ ބަޔާން ވެސް ހުށަހަޅާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 ފެބުރުއަރީ 2026 | ހުކުރު 19:16
ކްރިމިނަލް ކޯޓު - އެ ކޯޓު ވަނީ ތޫނު ހަތިޔާރަކުން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި ހައްޔަރު ކުރި މީހެއް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފަ

ކްރިމިނަލް ކޯޓު - އެ ކޯޓު ވަނީ ތޫނު ހަތިޔާރަކުން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި ހައްޔަރު ކުރި މީހެއް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފަ | ރާއްޖެއެމްވީ

ތޫނު ހަތިޔާރަކުން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި ހައްޔަރު ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، ނޫރު، އަލީ ޝަހީމް (27އ) އެވެ. ފުލުހުން އޭނާއަށް ކުރަނީ ތޫނު ހަތިޔާރުން މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ޝަހީމް ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިިމިނަލް ކޯޓަށް އޭނާ ހާޒިރު ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގަ އެވެ.  ކުރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.

ކޯޓު އަމުރުގައި ވަނީ، ކުރިމިނަލް ކޯޓުން އެގޮތަށް އަމުރުކުރީ އަލީ ޝަހީމުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުވާ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާތީ ކަމަށެވެ. އެ ހެކިތަކަކީ ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، އަނިޔާ ލިބުނު މީހާގެ ބަޔާނުގެ އިތުރުން ފޮޓޯތަކާއި ވީޑިއޯތައް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ވެ އެވެ.

އަލީ ޝަހީމް ހަމަލާދީފައި ވަނީ ފުލުހަކަށް ކަން ކޯޓު އަމުރުގައި ފާހަގަކޮށްފައި ވެ އެވެ.  

ކޯޓު އަމުރުގައި އިތުރަށް ބުނެފައި ވަނީ ޝަހީމް ގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންވެ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށާ ގޭންގު ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ވެސް އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށެވެ. 

ކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2026

ރޯދަ މަހު ދުވާލު ކެއުން: މަގު މަތީގައި ޗުވިންގަމް އެއް ކޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި

19 ފެބުރުއަރީ 2026
ރޯދަ މަހު ދުވާލު ކެއުން: މަގު މަތީގައި ޗުވިންގަމް އެއް ކޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި
19 ފެބުރުއަރީ 2026

މަރާލާނެކަމަށް ބުނެ ބިރުދެއްކި މީހަކު 15 ދުވަހަށް ބަންދުކޮށްފި

19 ފެބުރުއަރީ 2026
މަރާލާނެކަމަށް ބުނެ ބިރުދެއްކި މީހަކު 15 ދުވަހަށް ބަންދުކޮށްފި
19 ފެބުރުއަރީ 2026

އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރުހާދާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ހަވާލުކޮށްފި

19 ފެބުރުއަރީ 2026
އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރުހާދާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ހަވާލުކޮށްފި
19 ފެބުރުއަރީ 2026

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

19 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި
18 ފެބުރުއަރީ 2026

ނަވީން, ފުލުހުންގެ މުއައްސަސާއިން ރިޓަޔަރ ކުރައްވައިފި

18 ފެބުރުއަރީ 2026
ނަވީން, ފުލުހުންގެ މުއައްސަސާއިން ރިޓަޔަރ ކުރައްވައިފި
16 ފެބުރުއަރީ 2026

12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް، ދޮން ބައްޕަ ޖިސްމާނީ އަނިޔާ ކުރާ މައްސަލަ އެއް ފެންމަތިވެއްޖެ!

16 ފެބުރުއަރީ 2026
12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް، ދޮން ބައްޕަ ޖިސްމާނީ އަނިޔާ ކުރާ މައްސަލަ އެއް ފެންމަތިވެއްޖެ!
16 ފެބުރުއަރީ 2026

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި

16 ފެބުރުއަރީ 2026
މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި
15 ފެބުރުއަރީ 2026

މި ސަރުކާރުގައި ރިޓަޔަރ ކުރައްވާ ދެވަނަ ޕޮލިސް ކޮމިޝަނަރަކަށް އިސްމާޢީލް ނަވީން

15 ފެބުރުއަރީ 2026
މި ސަރުކާރުގައި ރިޓަޔަރ ކުރައްވާ ދެވަނަ ޕޮލިސް ކޮމިޝަނަރަކަށް އިސްމާޢީލް ނަވީން
15 ފެބުރުއަރީ 2026

ރާއްޖެއަށް އެކި ފަހަރުމަތިން މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހެއް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

15 ފެބުރުއަރީ 2026
ރާއްޖެއަށް އެކި ފަހަރުމަތިން މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހެއް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
12 ފެބުރުއަރީ 2026

ޗައިނާ މީހެއްގެ އަތުން ފުލުހަކު ބައިވެރިވެގެން ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގައް ނެގިކަން ފަޅާ އެރުމުން މައްސަލަ ތަހުގީގު ކުރާ ފުލުސް މީހާ މަސްއޫލިއްޔަތުން އެކަހެރިކޮށްފި ކަމަށް ބުނެފި

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު