Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓު

ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޅ. ކުރެންދޫ އަބްދުﷲ ޝަރީފްގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަސް ވަނީ ޖަހާފައި. ގިނަ ކުށުގެ ރެކޯޑް އޮތް މި މީހާ ކޯޓުގައި ބުނީ ކުށްތަކަށް އަރައިގަނެވެނީ ވަޒީފާއެއް ނެތި މަގުމަތީގައި ދިރިއުޅެން ޖެހުމުން ކަމަށް. އޭނާގެ ހާލަތަށް ރިއާޔަތްކޮށް ބަންދުކުރާ ތަން އުފަން ރަށަށް ބަދަލުކޮށް ދިނުމަށް ޝަރީއަތުން ވަނީ ފުލުހުންނަށް އިރުޝާދު ދީފައި. އޭނާ ހައްޔަރުކުރީ މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅެނިކޮށް ކަމަށާއި، އޭނާ ފެނުނު އިރު އިނީ ރަމަޟާން މަހު ދުވާލު ވަގުތުގައި ކާން ކަމަށް ފުލުހުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 06:46
ފުލުހުންގެ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރު ކުރަނީ.

ފުލުހުންގެ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރު ކުރަނީ. | މޯލްޑިވްސް ޕޮލިސް

ބަންދުގެ މުއްދަތު އިންތިހާއަށް ގިނަވެ، ޝަރީއަތުން ނަސޭހަތްތެރިވުމުން ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން ކަަމަށް ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު ޖެހުމަށް ގެންދިޔަ މީހަކު ބުނެފި އެވެ.

ހޮނިހިރު ދުވަހު، ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކޮށްފައިވަނީ ޅ. ކުރެންދޫ އަށް ނިސްބަތްވާ 48 އަހަރުގެ، އަބްދުﷲ ޝަރީފް އެވެ. އޭނާ ގެ ބަންދަށް 5 ދުވަސް ޖަހައި ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކޮށްފައިވެ އެވެ. 

Advertisement - newsAdvertisement

ކޯޓު އަމުރުގައިވާ ގޮތުން، މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅެ، އިމާރާތުގެ ކެމެރާ ޑައިރެކްޝަން ބަދަލުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށާއި، އޭނާ ފެނުނު އިރު އިނީ ރަމަޟާން މަހު ދުވާލު ވަގުތުގައި ކާން ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. އޭނާ ކައިރީގައި ރޫޅާލާފައިވާ އޭސީ އައުޓްޑޯ ޔުނިޓަކާއި ރޫޅާލަން ބޭނުންކުރާ ޓޫލްސް ފެނިފައިވާ ކަމަށާއި، ޝަރީފްއާ ސީންގައި ސުވާލުކުރުމުން ފުރަތަމަ ބުނެފައިވަނީ ވަރުބަލި ވެގެން އަރާމު ކޮށްލަން އެތަނަށް ވަނީ ކަމަށެވެ. އަދި ފަހުން ބުނެފައިވަނީ އޭނާއާ އިތުރު ދެމީހަކު ވެގެން ވައްކަން ކުރީ ކަމަށާއި، ބައިވެރިވި ދެމީހުން އެތަނުން ފިލާފައިވާ ކަމަށެވެ.

ނަމަވެސް ޝަރީއަތުގައި ތުހުމަތަށް އިންކާރުކޮށް ތަކުރާރުކޮށް ބުނެފައިވަނީ އެތަނަށްވަނީ ވަރުބަލި ވެގެން ކަމަށެވެ. 

ޝަރީފްއަކީ މަސްތުވާތަކެއްޗާ ވައްކަމާ ގުޅުންހުރި ރެކޯޑް އޮތް މީހަކަށްވާއިރު، އޭނާ ގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމާއި ހައްޔަރު/ބަންދު އިންތިހާއަށް ގިނަކަމުން އޭނާ އަށް ޝަރީއަތުން ވަނީ ނަސޭހަތްތެރިވެފަ އެވެ.  އެކަމާ ގުޅިގެން އަސަރާއެކު އޭނާ ބުނީ،  ދިރިއުޅޭނެ އެއްވެސް ބޯހިޔާވަހިކަމެއް ނެތްކަމަށާއި، ވަޒީފާއެއް ނެތް ކަމާއި ނިދަނީ ވެސް މަގުމަތީގައި ނުވަތަ ޖޯލިތަކުގައި ކަމަށެވެ.

ނަމަވެސް މީގެ ކުރިން ވެސް އުފަން ރަށަށް ބަދަލުވުމަށް އޭނާ އެދިގެން އެފުރުސަތު ފަހި ކޮށްދީފައިވާ ކަމަށް ކޯޓުގައި މި މައްސަލަ ތަހުގީގު ކުރާ ފުލުހުންގެ އޮފިސަރު ވިދާޅުވި އެވެ. ޝަރީފް ބުނާގޮތުގައި ރަށަށް ބަދަލު ނުވެވުނީ އޭނާ ޖޯއްޔެއްގައި ނިދާފައި އޮއްވައި ޖީބު ކީހާލައިގެން ފައިސާއާއި ފޯނު ވަގައް ނަގާފައިވާތީ ކަމަށެވެ. 

އޭނާ ގެ ހާލަތަށް ރިއާއަތް ކޮށް ފުލުހުންގެ އިންތިޒާމްތަކުގެ ތެރެއިން އޭނާ ބަންދުގައި ބަހައްޓާތަން އުފަން ރަށް ހިމެނޭ ތަނަކަށް ބަދަލު ކުރެވިއްޖެނަމަ އެކަން ހާސިލްވާނެ ކަމަށް ޝަރީއަތަށް ފެންނަ ކަމަށް ބުނެފައިވެ އެވެ.

އަބްދުﷲ ޝަރީފްކްރިމިނަލް ކޯޓްދިވެހި ފުލުހުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި ބަންގްލަދޭޝް މީހަކާއި ދިވެއްސެއް ހައްޔަރުކޮށްފި

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި ބަންގްލަދޭޝް މީހަކާއި ދިވެއްސެއް ހައްޔަރުކޮށްފި

22 ފެބުރުއަރީ 2026
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި

21 ފެބުރުއަރީ 2026
މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭސް މީހަކު ހައްޔަރު ކޮށްފި

މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭސް މީހަކު ހައްޔަރު ކޮށްފި

21 ފެބުރުއަރީ 2026
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

21 ފެބުރުއަރީ 2026
ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދު

ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދު

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު