Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރާލާނެ ކަމުގެ އިންޒާރު ދިނުން

މަރާލާނެކަމަށް ބުނެ ބިރުދެއްކި މީހަކު 15 ދުވަހަށް ބަންދުކޮށްފި

19 ފެބުރުއަރީ 2026 | ބުރާސްފަތި 10:17

މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހއ. ހޯރަފުށީ، ނޫވިލް، އަހުމަދު ފައިރިޝް 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި. މާރާމާރީ އާއި އިންޒާރު ދިނުމުގެ ގިނަ ރެކޯޑުތަކެއް އޮތް މި މީހާ ބަންދުކުރަން ނިންމީ، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްކުރުމަށްފަހު.

އަލީ ޝާހީން
އަލީ ޝާހީން | 19 ފެބުރުއަރީ 2026 | ބުރާސްފަތި 10:17
ކްރިމިނަލް ކޯޓް ބިލްޑިންގް

ކްރިމިނަލް ކޯޓް ބިލްޑިންގް | ރާއްޖެ އެމްވީ

މަރާލާނެކަމަށް ބުނެ ބިރުދެއްކި މީހަކު 15 ދުވަހަށް ބަންދުކޮށްފި އެވެ. 

މަރާލާނެ ކަމަށް ބުނެ ބިރުދައްކާ އިންޒާރު ދިން މައްސަލައިގައި ބަންދު ކޮށްފައިވަނީ ހއ. ހޯރަފުށީ / ނޫވިލްގެ އަހުމަދު ފައިރިޝް އެވެ.   މި އަމުރަކީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ދަށުން ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓަން ކޯޓުން ނިންމި އަމުރެކެވެ.

Advertisement - newsAdvertisement

ފައިރިޝްގެ ބަންދު ފެށުނީ 2026 ފެބްރުއަރީ 18 ވަނަ ދުވަހުގެ ހަވީރު 12:35 ގަ އެވެ. އޭނާގެ ބަންދު ހަމަވާނީ 2026 މާރިޗު 5 ވަނަ ދުވަހުގެ ހަވީރު 12:34 ގަ އެވެ. 

ކްރިމިނަލް ކޯޓުން ބަންދުގެ އަމުރު ނެރުނީ ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ލިބިފައިވާތީއެވެ. ހުށަހެޅިފައިވާ ހެއްކެއްގެ ބަޔާނުން މީނާ އަނިޔާ ދޭނެކަމުގެ އިންޒާރު ދީފައިވާކަން އެނގިފައިވާކަމަށް ކޯޓުން ބުނެ އެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން މީނާއަށް ހަމަލާދީ އަނިޔާކުރުމުގެ ނުރައްކާ ކުރިމަތިވެދާނެކަމަށް ކޯޓުން ބުނެ އެވެ. 

ބަންދުގެ އަމުރު ނެރުމުގައި ކޯޓުން ރިޢާޔަތްކުރީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށެވެ. ބަންދު ކުރީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކަ އެވެ. 

ކޯޓުން ބުނީ މީނާގެ ކުށުގެ ރެކޯޑަށް ބަލާއިރު، އެކި ބާވަތްތަކުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ އިރު، އިންޒާރުދިނުމާއި، އަނިޔާދީ މާރާމާރީ ހިންގުމުގެ މައްސަލަތައް މީގެ ތެރޭގައި ހިމެނެ އެވެ. އަދި މީނާ އިންޒާރުދީފައިވަނީ އެކި އަނިޔާތަށް ދޭނެ ކަމަށް ބުނެ ކަމުގައިވާ އިރު، މި ބާވަތުގެ މައްސަލަތަކެއްގެ ރެކޯޑު ހުރުމުން މީނާ މި ބާވަތުގެ އަނިޔާއެއް ދިނމުހެ ކުށެއް ކުރުމުގެ އިހްތިމާލު ވުޖޫދުވާ ކަމަށް ބުނެފައިވެ އެވެ. 

އަހްމަދު ފައިރިޝްހއ. ހޯރަފުށިކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2026

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

19 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި
16 ފެބުރުއަރީ 2026

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި

16 ފެބުރުއަރީ 2026
މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި
15 ފެބުރުއަރީ 2026

ރާއްޖެއަށް އެކި ފަހަރުމަތިން މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހެއް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

15 ފެބުރުއަރީ 2026
ރާއްޖެއަށް އެކި ފަހަރުމަތިން މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހެއް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
11 ފެބުރުއަރީ 2026

ވައިގެ މަގުން ފަސް ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް

11 ފެބުރުއަރީ 2026
ވައިގެ މަގުން ފަސް ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް
08 ފެބުރުއަރީ 2026

ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

08 ފެބުރުއަރީ 2026
ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި
08 ފެބުރުއަރީ 2026

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ނިޔާޒު އައްޔަން ކޮށްފި

08 ފެބުރުއަރީ 2026
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ނިޔާޒު އައްޔަން ކޮށްފި
07 ފެބުރުއަރީ 2026

ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ، އުމުރުން ދުވަސްވީ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

07 ފެބުރުއަރީ 2026
ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ، އުމުރުން ދުވަސްވީ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި
04 ފެބުރުއަރީ 2026

ނަސޭހަތް ދީ ދޫކޮށްލުމަށްފަހު ހައްޔަރު ކުރި ދެ މީހުން އަބުރުވެރި ވަޒީފާއެއްގައި އުޅޭތީ އަނެއްކާ ވެސް ދޫކޮށްލައިފި!

04 ފެބުރުއަރީ 2026
ނަސޭހަތް ދީ ދޫކޮށްލުމަށްފަހު ހައްޔަރު ކުރި ދެ މީހުން އަބުރުވެރި ވަޒީފާއެއްގައި އުޅޭތީ އަނެއްކާ ވެސް ދޫކޮށްލައިފި!
02 ފެބުރުއަރީ 2026

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

02 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި
26 ޖެނުއަރީ 2026

މަންމައާ ބައްޕަ އަދި ދައްތައަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި

26 ޖެނުއަރީ 2026
މަންމައާ ބައްޕަ އަދި ދައްތައަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް