Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން

އެމެރިކާގެ ބާރުވެރިކަމާ ދެކޮޅަށް އީރާން އިން އަމާންނުދޭތީ ޓްރަމްޕް ހުންނެވީ އަޖައިބުވެފައި، އެކަމާ ސުވާލު ވެސް އުފައްދަވައިފި

ވިޓްކޮފް ވިދާޅުވީ އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށް، އީރާން އިން މިހާރު ގެންގުޅޭ ސިޔާސަތާ މެދު ޓްރަމްޕް ހުންނެވީ އަޖައިބުވެފައި ކަމަށް. އެގޮތުން އޭނާ ވިދާޅުވީ، ރައީސް ޓްރަމްޕް ހުންނެވީ މާޔޫސްވެވަޑައިގެންފައި ކަމަށް ބުނަން ބޭނުން ނުވާ ކަމަށް. ސަބަބަކީ ޓްރަމްޕްގެ އަތުގައި އިތުރު ބާރު ތަކެއް އޮތުން ކަމަށް ވިޓްކޮފް ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 12:20
ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާގެ އަސްކަރީ ބާރުތައް މެދު އިރުމައްޗަށް ޖަމާކޮށް، ނިއުކްލިއާ އެއްބަސްވުމަކަށް އައުމަށް އީރާން އަށް ބާރު ބޮޑު ކުރަމުންދާއިރު، އެ ޤައުމުން އަދި ވެސް އަމާންނުދީ އޮތް އޮތުމާ އެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސުވާލު އުފައްދަވާފައިވާ ކަމަށް، ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވެއްޖެ އެވެ. 

ހޮނހިރު ދުވަހު ވިޓްކޮފް މިހެން ވިދާޅުވެފައިވާއިރު، އެމެރިކާ އިން ދެ މަތިންދާ ބޯޓު އުފުލާ މަނަވަރާއި، ހަނގުރާމަ މަތީ ބޯޓުތަކާއި، ގިނަ އަދަދެއްގެ ހަތިޔާރު އެ ސަރަހައްދަށް ފޮނުވައި އިންޒާރު ދިނުމާ ގުޅިގެން، އަސްކަރީ ގޮތުން ކުރިމަތިލުމަކަށް ދިޔަ ނުދިނުމަށްޓަކައި ދެ ޤައުމުގެ ދެ މެދުގައި މަޝްވަރާތައް ވެސް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. 

އޮމާން މެދުވެރިވެގެން މަޝްވަރާތައް އަލުން ފަށާފައިވާއިރު، ދެ ވަނަ ބުރުގެ ބައްދަލުވުން ބާއްވާފައި ވަނީ ސްވިޒަލެންޑުގެ ޖެނީވާގަ އެވެ. އެ ބައްދަލުވުމަށް ފަހު ދެ ޤައުމުން ވެސް ވަނީ، ތިން ވަނަ ބުރުގެ ބައްދަލުވުމެއް ބާއްވަން އެއްބަސްވެފަ އެވެ. 

ވިޓްކޮފް ވިދާޅުވީ އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށް، އީރާން އިން މިހާރު ގެންގުޅޭ ސިޔާސަތާ މެދު ޓްރަމްޕް ހުންނެވީ އަޖައިބުވެފައި ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، ރައީސް ޓްރަމްޕް ހުންނެވީ މާޔޫސްވެވަޑައިގެންފައި ކަމަށް ބުނަން ބޭނުން ނުވާ ކަމަށެވެ. ސަބަބަކީ ޓްރަމްޕްގެ އަތުގައި އިތުރު ބާރު ތަކެއް އޮތުން ކަމަށް ވިޓްކޮފް ވިދާޅުވެފައިވެ އެވެ. 

ނަމަވެސް، އެމެރިކާ އިން މިހާރު ވެސް އަސްކަރީ ގޮތުން ބޮޑު ބާރުވެރި ކަމެއް ދައްކަމުން އަންނައިރު، އީރާން އިން އަމާންދީ އަދި ނިއުކްލިއާ ހަތިޔާރު ބޭނުން ނުވާ ކަމަށް ބުނެ އެއްބަސްވުމަކަށް އައުމަށް ތައްޔާރު ނުވާތީ، އެކަމަށް ޓްރަމްޕް ސުވާލު އުފައްދަވާފައިވާ ކަމަށް ވިޓްކޮފް ވިދާޅުވި އެވެ.

މީގެ އިތުރުން އެ އިންޓަވިޔުގައި ވިޓްކޮފް ވަނީ އީރާންގެ ކުރީގެ ރަސްކަލުންގެ ދަރިކަލުން، އަދި މިހާރު އެ ޤައުމުގައި އޮތް ސަރުކާތާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ހުންނެވި ރެޒާ ޕަހްލަވީއާ ބައްދަލު ކުރައްވާފައިވާކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. 1979 ވަނަ އަހަރުގެ އިންޤިލާބަށް ފަހު ޤައުމުން ބޭރުގައި ދިރިއުޅެމުން އަންނަ ޕަހްލަވީއާ ބައްދަލު ކުރެއްވީ ޓްރަމްޕްގެ އިރުޝާދުގެ މަތިން ކަމަށް ވެސް ވިޓްކޮފް ވިދާޅުވެފައިވެ އެވެ. 

ޕަހްލަވީ އަކީ ޤައުމަށް ވަފާތެރި ބޭފުޅެއް ކަމަށް ޤަބޫލު ކުރެއްވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކަންކަން ނިންމާނީ ރައީސް ޓްރަމްޕްގެ ސިޔާސަތު ތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވިޓްކޮފް ފާހަގަ ކުރެއްވި އެވެ. ވިޓްކޮފް މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ހަފުތާގެ ތެރޭގައި ބަޔާންގެ މިއުނިކްގައި ވާހަކަ ދައްކަވަމުން ޕަހްލަވީ ވަނީ އީރާންގައި ޑިމޮކްރަޓިކް ވެރި ކަމެއް ޤާއިމު ކުރުމަށް އިސް ނެންގެވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ހުންނަވާ ވިޓްކޮފް މިފަަދައިން ވިދާޅުވެފައި މި ވަނީ، އެމެރިކާ އާއެކު އެކުލަވާލާ އެއްބަސްވުމުގެ ދެލި ކޮޕީ ކުރިއަށް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި ތައްޔާރު ވާނެ ކަމަށް އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އެއްބަސްވުމަކަށް އައުމަށް އީރާން އަށް އޮތީ 15 ދުވަހުގެ މުއްދަތެއް ކަމަށެވެ. 

ދެ ޤައުމުގެ ދެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުން އަންނައިރު، ޓްރަމްޕް އަށް ރައްދު ދެއްވައި އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެފައި ވަނީ، އީރާންގެ އިސްލާމީ ޖުމްހޫރިއްޔާ ނައްތާލުމަށް ޓްރަމްޕް ކުރައްވާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާ-އީރާންސްޓީވް ވިޓްކޮފްރިޒާ ޕަހްލަވީއައްބާސް އަރަގްޗީއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާނުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ސުޕްރީމް ކޯޓުގެ އަމުރު ބަލައި ނުގެން، 15 އިންސައްތަ އަށް ޓެރިފް ބޮޑު ކުރަން ޓްރަމްޕް ނިންމަވައިފި

ސުޕްރީމް ކޯޓުގެ އަމުރު ބަލައި ނުގެން، 15 އިންސައްތަ އަށް ޓެރިފް ބޮޑު ކުރަން ޓްރަމްޕް ނިންމަވައިފި

22 ފެބުރުއަރީ 2026
ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

21 ފެބުރުއަރީ 2026
ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލަން އެމެެރިކާ އިން ހުށަހަޅާފައި ނުވޭ، އީރާން އިން އެކަމަށް ނުވެސް އެދޭނެ: އަރާގްޗީ

ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލަން އެމެެރިކާ އިން ހުށަހަޅާފައި ނުވޭ، އީރާން އިން އެކަމަށް ނުވެސް އެދޭނެ: އަރާގްޗީ

21 ފެބުރުއަރީ 2026
އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ލަވްރޮވް އާއި އަރާގްޗީ މަޝްވަރާ ކުރައްވައިފި

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ލަވްރޮވް އާއި އަރާގްޗީ މަޝްވަރާ ކުރައްވައިފި

21 ފެބުރުއަރީ 2026
ޕޮލެންޑުން އީރާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

ޕޮލެންޑުން އީރާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު