Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ފްރާންސް

އެމެރިކާގެ ސަފީރަށް ފްރާންސްގެ ވަޒީރުންނާ ބައްދަލު ކުރުން މަނާ ކޮށްފި

ފްރާންސްގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ، ސަފީރު ކަމުގެ މަސައްކަތުގެ އަސާސީ ބޭނުންތައް ޗާލްސް ކުޝްނާ އަށް ނުވިސްނިވާތީ، އަދި ޤައުމެއް ތަމްސީލު ކުރުމުގެ ޝަރަފަށް އިޙުތިރާމް ނުކުރާތީ، އޭނާ އަށް ފްރާންސް ސަރުކާރުގެ ވަޒީރުންނާ ސީދާ ބައްދަލު ކުރުން މަނާ ކޮށްފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 07:19
އެމެރިކާ އިން ފްރާންސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗާލްސް ކުޝްނާ

އެމެރިކާ އިން ފްރާންސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗާލްސް ކުޝްނާ | އޭއެފްޕީ

ފްރާންސްގައި ހުންނަވާ އެމެރިކާގެ ސަފީރު ޗާލްސް ކުޝްނާ އަށް، ފްރާންސް ސަރުކާރުގެ ވަޒީރުންނާ ބައްދަލު ކުރުން މަނާ ކޮށްފި އެވެ. 

ފްރާންސް އިން މި ފިޔަވަޅު އަޅާފައި ވަނީ ހޯމަ ދުވަހު އެވެ. މި ފިޔަވަޅު އަޅާފައި ވަނީ ކަނާއަތު ފިޔައިގެ އެކްޓިވިސްޓަކު މަރުވި މައްސަލައާ ގުޅުން ހުރި ބަހުސްތަކާ ގުޅިގެން، ސަފީރުއާއި ސުވާލު ކުރުމަށް ހާޒިރުވާން އަންގާފައި ވަނިކޮށް، އޭނާ ހާޒިރުވެފައި ނުވާތީ އެވެ. 

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، އެމެރިކާ އާއި ފްރާންސްއާ ދެމެދު އޮތް ނުތަނަވަސްކަމަށް އިތުރު ވެގެން ދިޔަ މައްސަލަ އެކެވެ. ފްރާންސް އިން ތުހުމަތު ކޮށްފައި ވަނީ، އެމެރިކާ އިން އެ ޤައުމުގެ ޤައުމީ މަސްލަހަތު ތަކުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. 

ކުޝްނާގެ ދަރިކަލުން ޖެރާޑް ކުޝްނާ އަކީ ޓްރަމްޕްގެ ދަނބި ދަރިކަލުންނެވެ. ޓްރަމްޕްގެ އިވާންކާ ޓްރަމްޕްއާ ކައިވެރި ކުރައްވައިގެން އުޅުއްވާ ޖެރާޑް ކުޝްނާ އަކީ، ޓްރަމްޕްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން އަންނަ ފަރާތެކެވެ. މީގެ ކުރިން ވެސް ޗާލްސް ކުޝްނާ އަށް ހާޒިރުވާން އަންގާފައި އޮތްއިރު، އެފަހަރު ވެސް ވަޑައިނުގެން އޭނާ ވަނީ އެހެން މީހަކު ފޮނުއްވައިފަ އެވެ. އެފަހަރު އެއީ ފްރާންސް އިން ޔަހޫދީންނާ ދެކޮޅަށް ކުރާ އަމަލުތަކާ ގުޅިގެން ޗާލްސް ކުޝްނާ ފްރާންސް އަށް ފާޑު ވިދާޅުވުމާ ގުޅިގެންނެވެ. 

ފްރާންސްގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުވުމަށް ޗާލްސް ކުޝްނާ އަށް އަންގަވާފައި ވަނީ، ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޮއެލް ބަރޮޓް އެވެ. އެއީ މި ހިނގާ ފެބްރުވަރީ މަހުގެ ތެރޭގައި މަރުވި ކަނާއަތު ފިޔައިގެ އެކްޓިވިސްޓެއް ކަމަށްވާ، ކުއެންޓިން ޑެރާންކްގެ މައްސަލައާ ގުޅިގެން، ފްރާންސްގައި ހުންނަ އެމެރިކާގެ އެމްބަސީ އިން އެކަމުގައި ވާހަކަ ދައްކާފައިވާތީ އެވެ. 

އާދީއްތަ ދުވަހު ފްރާންސްގެ ފޮރިން މިނިސްޓަރު ބަރޮޓް ވިދާޅުވީ، މި މަރުގެ މައްސަލަ ސިޔާސީ މަޤުސަދަކަށް ބޭނުން ކުރުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ ވަނީ ސުވާލު ކުރުމަށް ޗާލްސް ކުޝްނާ ހާޒިރު ކުރުމަށް ވެސް ގޮވާާލައްވައިފަ އެވެ. ނަމަވެސް، ޑިޕްލޮމެޓިކް ވެރިންގެ މައުލޫމާތަށް ބަލާއިރު، ކުޝްނާ ވިދާޅުވެފައި ވަނީ އަމިއްލަ ކަންތައްތަކެއް ހުރި ކަމަށާއި، އެހެންވެ އެހެން އޮފިޝަލަކު ފޮނުވާފައިވާ ކަމަށެވެ. 

އެއާ އެކު ފްރާންސްގެ ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ، ސަފީރު ކަމުގެ މަސައްކަތުގެ އަސާސީ ބޭނުންތައް ޗާލްސް ކުޝްނާ، ނުވިސްނިވާތީ، އަދި ޤައުމެއް ތަމްސީލު ކުރުމުގެ ޝަރަފަށް އިޙުތިރާމް ނުކުރާތީ، އޭނާ އަށް ފްރާންސް ސަރުކާރުގެ ވަޒީރުންނާ ސީދާ ބައްދަލު ކުރުން މަނާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށް ގެންދިޔުމާއި، އޮފިޝަލުންނާ ވާހަކަ ދެއްކުމުގެ ފުރުސަތި ދެވޭނެ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގައި މިހާތަނަށް އެމެރިކާ އިން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. 

މަސްދަރު: އޭއެފްޕީ

ޗާލްސް ކުޝްނާކުއެންޓިން ޑެރަންކްޖީން ނޯއެލް ބެރޮޓްފްރާންސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ފްރާންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ބައްދަލުވުމުގައި އިންފަންޓީނޯ ބައިވެރިވުމަކީ އޮލިމްޕިކް ޗާޓަރާ ޚިލާފު ކަމެއް ނޫން: އައިއޯސީ

ޓްރަމްޕްގެ ބައްދަލުވުމުގައި އިންފަންޓީނޯ ބައިވެރިވުމަކީ އޮލިމްޕިކް ޗާޓަރާ ޚިލާފު ކަމެއް ނޫން: އައިއޯސީ

24 ފެބުރުއަރީ 2026
އެމެރިކާގެ ބާރުވެރިކަމާ ދެކޮޅަށް އީރާން އިން އަމާންނުދޭތީ ޓްރަމްޕް ހުންނެވީ އަޖައިބުވެފައި، އެކަމާ ސުވާލު ވެސް އުފައްދަވައިފި

އެމެރިކާގެ ބާރުވެރިކަމާ ދެކޮޅަށް އީރާން އިން އަމާންނުދޭތީ ޓްރަމްޕް ހުންނެވީ އަޖައިބުވެފައި، އެކަމާ ސުވާލު ވެސް އުފައްދަވައިފި

22 ފެބުރުއަރީ 2026
ކަނާއަތު ފިޔައިގެ އެކްޓިވިސްޓު މަރުވުމުން ފްރާންސްގައި ބޮޑު މުޒާހަރާ އެއް، މެކްރޮން ގޮވާލެއްވީ ހަމަޖެހުން އިސް ކުރުމަށް

ކަނާއަތު ފިޔައިގެ އެކްޓިވިސްޓު މަރުވުމުން ފްރާންސްގައި ބޮޑު މުޒާހަރާ އެއް، މެކްރޮން ގޮވާލެއްވީ ހަމަޖެހުން އިސް ކުރުމަށް

22 ފެބުރުއަރީ 2026
ސުޕްރީމް ކޯޓުގެ އަމުރު ބަލައި ނުގެން، 15 އިންސައްތަ އަށް ޓެރިފް ބޮޑު ކުރަން ޓްރަމްޕް ނިންމަވައިފި

ސުޕްރީމް ކޯޓުގެ އަމުރު ބަލައި ނުގެން، 15 އިންސައްތަ އަށް ޓެރިފް ބޮޑު ކުރަން ޓްރަމްޕް ނިންމަވައިފި

22 ފެބުރުއަރީ 2026
ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

21 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު