Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުއިފިލަނޑާ

ފުލުހަކު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ، ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތައް ނީލަން ކިޔަން ފުލުހުން އަނެއްކާ ވެސް އިއުލާންކޮށްފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކެއް ނީލަންކިޔަން އަލުން އިއުލާން ކޮށްފައިވާއިރު، މި މައްސަލަ މިހާރު އޮތީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި. މި މައްސަލަ ކޯޓުގައި އޮއްވާ ބުދަ ދުވަހު، ފުލުހުން އެ ވިއްކާލަން އިއުލާނުކޮށްފައިވަނީ، ކިލޯއަކަށް 300 ރުފިޔާ އާއި 850 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި. މުދަލުގެ ވެރިފަރާތުން ތުހުމަތުކުރާ ގޮތުގައި ފުލުހުން މަސައްކަތް ކުރަނީ މަކަރާއި ހީލަތުން ނަގާފައިވާ މި ތަކެތި ވެރިފަރާތާ ހަވާލުނުކޮށް ވިއްކާލުމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 26 ފެބުރުއަރީ 2026 | ބުރާސްފަތި 08:10
ހުއިފިލަނޑާ ބަސްތާ ތައް ފުލުހުންގެ ބެލުމުގެ ދަށަށް ދޫނިދޫ އަށް ގެންދަނީ.

ހުއިފިލަނޑާ ބަސްތާ ތައް ފުލުހުންގެ ބެލުމުގެ ދަށަށް ދޫނިދޫ އަށް ގެންދަނީ. | ރާއްޖެ އެމްވީ

ފުލުހުން ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ، ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތައް ނީލަން ކިޔަން ފުލުހުން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

ހުއިފިލަނޑާ ބަސްތާ ތަކަކީ ވެރިފަރާތް ކަށަވަރުނުވާ ތަކެތި ކަމަށް ބުނެ ނީލަމުގައި ވިއްކާލުމަށް ފުރަތަމަ އިއުލާން ކުރީ މިމަހުގެ 9 ވަނަ ދުވަހު އެވެ. މި ހުއިފިލަނޑާތައް ނީލަން ކިޔަން ދެ ވަނަ ފަހަރަށް އިއުލާން ކުރިއިއިރު، މި މައްސަލަ މިހާރު އޮތީ ހައިކޯޓަށް ވެސް ހުށަހަޅާފަ އެވެ. ހައިކޯޓަށް ހުށަހަޅާފައިވަނީ އެ މައްސަލައާ ގުޅިގެން ދަށު ކޯޓުން ނެރެފައިވާ ވަގުތީ އަމުރެއްގެ އިސްތިއުނާފެވެ.

މި މައްސަލައަކީ ފުވައްމުލަކު މީހަކު ފުލުހުންނާ ދެކޮޅަށް ދައުވާ ކުރާ މައްސަލައެކެވެ.

މި މައްސަލަ ކޯޓުގައި އޮއްވާ ބުދަ ދުވަހު، ފުލުހުން އެ ވިއްކާލަން އިއުލާނުކޮށްފައިވަނީ، ކިލޯއަކަށް 300 ރުފިޔާ އާއި 850 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ހަތަރު ބާވަތެއްގެ ހުއިފިލަނޑާ ވިއްކާލަން ހިމަނާފައިވެ އެވެ.

ފުލުހުން ބުނީ، 8 މާރިޗް 2026 ވަނަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ނީލަމުގައި ރަޖިސްޓްރީ ވާން ޖެހޭ ކަމަށެވެ. އަދި ނީލަން ކިޔުން އޮންނާނީ ދޫނިދޫގައި ކަމަށާއި، ނީލަން ކިޔާނީ 9 މާރިޗް 2026 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. 

މީގެ އިތުރުން މިތަކެއްޗަކީ ރާއްޖެއިން އެކްސްޕޯޓް ކުރުން މަނާތަކެތި ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އަންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

31 ޑިސެމްބަރު 2025 ގައި ފުލުހުންނަށް ހުށަހެޅި މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ މައްސަލަ ތަހުގީގު ކުރި އިންވެސްޓިގޭޝަން އޮފިސަރަކު މަސްއޫލިއްޔަތުން 12 ފެބްރުއަރީ 2026 ގައި އެކަހެރިކޮށްފައިވެ އެވެ.

ހުއިފިލަނޑާތަކަށް ހިޔާނާތްތެރިވި މައްސަލަ ފެންމަތިވީ 29 ޑިސެންބަރު 2025 ގައި ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކުރުމުންނެވެ. އަދި އެތަކެތި ތިލަފުށިން މާލެ ގެނެސް މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށްފަހު އެވެ.

ފުލުހުންގެ އަމާޒަކީ ފުލުހަކު ވަގަށް ނެގި ކަމަށް ތުހުމަތުކުރާ 2 މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާ އޭގެ ވެރިފަރާތާ ހަވާލު ނުކުރުން ކަމަށް މުދަލުގެ ވެރިފަރާތުން ތުހުމަތު ކުރެ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްހައި ކޯޓުހުއިފިލަނޑާ

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2026

ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރަކަށް ސީރިއަސް އަނިޔާވި މައްސަލަ ވެމްކޯއިން ސިއްރު ކުރަނީ

24 ފެބުރުއަރީ 2026
ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރަކަށް ސީރިއަސް އަނިޔާވި މައްސަލަ ވެމްކޯއިން ސިއްރު ކުރަނީ
22 ފެބުރުއަރީ 2026

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލަ އަލުން ހައި ކޯޓަށް ހުށަހަޅައިފި

22 ފެބުރުއަރީ 2026
ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލަ އަލުން ހައި ކޯޓަށް ހުށަހަޅައިފި
21 ފެބުރުއަރީ 2026

އިބްރާހީމް އިމްތިޔާޒް ހޯދަން އިއުލާނު ކުރުމުން ފުލުހަށް ހާޒިރުވެއްޖެ، އޭނާގެ ހާލު ރަނގަޅު

21 ފެބުރުއަރީ 2026
އިބްރާހީމް އިމްތިޔާޒް ހޯދަން އިއުލާނު ކުރުމުން ފުލުހަށް ހާޒިރުވެއްޖެ، އޭނާގެ ހާލު ރަނގަޅު
20 ފެބުރުއަރީ 2026

ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދު

20 ފެބުރުއަރީ 2026
ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދު
19 ފެބުރުއަރީ 2026

ރޯދަ މަހު ދުވާލު ކެއުން: މަގު މަތީގައި ޗުވިންގަމް އެއް ކޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި

19 ފެބުރުއަރީ 2026
ރޯދަ މަހު ދުވާލު ކެއުން: މަގު މަތީގައި ޗުވިންގަމް އެއް ކޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު