Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޭންގް

"ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑަޅާ މައްސަލަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފި

މި މައްސަލައިގައި އެ ގްރޫޕަށް ނިސްބަތްވާ 9 މީހަކީ ގޭންގު މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާއިރު، މިއީ ގޭންގުތަކާ ބެހޭ އާ ގާނޫނުގެ ދަށުން މިފަދަ ނިންމުމަކަށް އެދުނު ފުރަތަމަ މައްސަލަ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 18:04
ގާނޫނުގެ ދަށުން އުވާލަން އެންގި "ސްކޫޕް" ގޭންގަށް ނިސްބަތްވާ ކަމަށް ބުނާ ސްޕޯޓްސް ކްލަބު

ގާނޫނުގެ ދަށުން އުވާލަން އެންގި "ސްކޫޕް" ގޭންގަށް ނިސްބަތްވާ ކަމަށް ބުނާ ސްޕޯޓްސް ކްލަބު | ފޭސްބުކް

އައްޑޫ ސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ ގޭންގެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހު ފެށުމަށް ތާވަލުކޮށްފި އެވެ.

ޕީޖީ އޮފީހުން މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:50 އަށް ތާވަލުކޮށްފައިވާކަން ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ ރާއްޖެ އެމްވީ އަށްވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

މި މައްސަލައަކީ ފުލުހުން ހުށަހެޅި ހުށަހެޅުމާއި ހެކިތައް ދިރާސާކުރުމަށްފަހު ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ޕީޖީ އޮފީހުން ވިދާޅުވީ "ސްކޫޕު" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް" ގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ގްރޫޕެއް ކަމަށެވެ. އަދި އެ ގްރޫޕަކީ މިހާރުވެސް ކުށްކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވާ ބައެއް ކަމަށް ފެންނަ ކަމަށްވެސް ޕީޖީން ވިދާޅުވި އެވެ.

ޕީޖީ އޮފީހުން ހައިކޯޓުގައި އެދިފައިވަނީ "ސްކޫޕު"، "ސްކޫޕު ކަންމަތި" ނުވަތަ "SKP" ގެ ނަމުގައި ހަރަކާތްތެރިވާ މި ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މީގެ އިތުރުން، އެ ގްރޫޕަށް ނިސްބަތްވާ މީހުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 9 މީހަކީ އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށް ވެސް ވަނީ އެދިފަ އެވެ. މިއީ ގޭންގުތަކާ ބެހޭ އާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން، ވަކި ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ހުށަހެޅި ދެވަނަ މައްސަލަ އެވެ.

ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މީގެ ކުރިން ހުށަހެޅި ފުރަތަމަ މައްސަލަ ދިރާސާކުރިއިރު، ގޭންގެއް ކަމަށް ކަނޑައެޅުމަށް ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ސާބިތުކޮށްދެވޭ މިންވަރަށް ތަހުގީގު ފުރިހަމަވެފައި ނުވާތީ، އެ މައްސަލަ އިތުރަށް ފުރިހަމަކުރުމަށްޓަކައި އަނބުރާ ފުލުހުންނަށް ވަނީ ފޮނުވާލާފަ އެވެ.

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ މި ގްރޫޕަކީ ގޭންގެއް ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، މިއީ ރާއްޖޭގައި ގާނޫނީ ގޮތުން ގޭންގެއްގެ ގޮތުގައި ކަނޑައެޅޭ ފުރަތަމަ ގްރޫޕަށް ވުމުގެ ފުރުސަތު އެބައޮތެވެ. 

ސްކޫޕުޕްރޮސެކިއުޓަރ ޖެނެރަލްހައި ކޯޓުގޭންގު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިފްކޯ ގެ ވޭނަކުން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ވަކިކުރި މީހަކަށް ލައްކައެއްހާ ރުފިޔާގެ ބަދަލުދޭން ހުކުމެއް

މިފްކޯ ގެ ވޭނަކުން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ވަކިކުރި މީހަކަށް ލައްކައެއްހާ ރުފިޔާގެ ބަދަލުދޭން ހުކުމެއް

18 ފެބުރުއަރީ 2026
ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

08 ފެބުރުއަރީ 2026
ގޭންގުތަކާ ބެހޭ ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ގޭންގު ހަރަކާތްތައް މަދުވެއްޖެ: މުއިއްޒު

ގޭންގުތަކާ ބެހޭ ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ގޭންގު ހަރަކާތްތައް މަދުވެއްޖެ: މުއިއްޒު

05 ފެބުރުއަރީ 2026
އީސީ އާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ގާނޫނާ ޚިލާފަށް، ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނަން: މަލީހު

އީސީ އާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ގާނޫނާ ޚިލާފަށް، ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނަން: މަލީހު

03 ފެބުރުއަރީ 2026
ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހައިކޯޓަށް އައްޔަން ކުރަނީ

ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހައިކޯޓަށް އައްޔަން ކުރަނީ

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު