Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްޖަކަށް ދޮން ބައްޕަ އަނިޔާކުރުން

12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް، ދޮން ބައްޕަ ޖިސްމާނީ އަނިޔާ ކުރާ މައްސަލަ އެއް ފެންމަތިވެއްޖެ!

16 ފެބުރުއަރީ 2026 | ހޯމަ 08:28

ދެކުނުގެ ރަށެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކަށް ދޮންބައްޕަ އަނިޔާކުރި މައްސަލައަކާ ގުޅިގެން 33 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހައްޔަރުކޮށްފަ. މި މައްސަލައިގައި ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމުން ދަނީ ގޮވާލަމުން.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 16 ފެބުރުއަރީ 2026 | ހޯމަ 08:28
އަނިޔާ ލިބިފައިވާ ކުއްޖާގެ ހަށިގަނޑުން ފެންނަން ހުރި ޒަހަމްތައް

އަނިޔާ ލިބިފައިވާ ކުއްޖާގެ ހަށިގަނޑުން ފެންނަން ހުރި ޒަހަމްތައް | ސޯޝަލް މީޑިއާ

ދެކުނުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ދޮން ބައްޕަ އަނިޔާ ކުރަމުންދާ މައްސަލަ އެއް ފެންމަތިވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި އަނިޔާ ލިބުނު ކުއްޖާ އަކީ 12 އަހަރުގެ ކުއްޖެކެވެ. މި ނޫހާއި ވާހަކަދެއްކި އިތުރު މީހަކު ބުނީ ކުއްޖާ ގެ ދޮން ބައްޕަ ކުއްޖާ އަށް އަނިޔާ ކުރަމުންދާތީ ކުއްޖާގެ ބައްޕަ އެ ކުއްޖާގެ ރައްކާތެރިކަމަށާއި، މައްސަލަ ބަލާދިނުމަށް އެދި އިދާރާތަކުގައި އެދެމުންދާ ކަމަށެވެ. ތަކުރާރުކޮށް ކުއްޖާ އަށް އަނިޔާ ލިބެމުން ދިޔަ ނަމަވެސް އިދާރާތަކުން އެންމެ އެކަށީގެންވާ އެއްބާރުލުން، މި މައްސަލައިގައި ކުއްޖާގެ ބައްޕަ އަށް ލިބިފައި ނުވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެ އެވެ.

Advertisement - newsAdvertisement

އަދި އެ ކުއްޖާ އަށް ލިބުނު އަނިޔާތަކުގެ ނިޝާން ކުއްޖާގެ ހަށިގަނޑުން ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ވެސް ވަނީ ދައުރުވެފަ އެވެ. އެއާއި އެކު އާއްމުން ދަނީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޖެންޑަރ މިނިސްޓްރީ އަށް ގޮވާލަމުންނެވެ. އަދި މި މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ވެސް އާއްމުން ދަނީ ކަމާއި ގުޅުން ހުރި އިދާރާތަކަށް ގޮވާލަމުންނެވެ. 

އެ ފޮޓޯތަކުން ފެންނަ ގޮތުގައި ކުއްޖާގެ އަރިކަށްޓާއި، ބުރަކަށީގައި ބާރަށް އެއްޗަކުން ޖެހުމުން އުފެދޭ ފަދަ ނިޝާންތަކެއް ފެންނަން ހުއްޓެވެ. އަދި ކުއްޖާގެ އަތަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައި ހުރި މަންޒަރު އެ ފޮޓޯ އިން ފެނެ އެވެ.

ރާއްޖެ ޓީވީ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. މީގެ އިތުރުން މި މައްސަލައިގައި ހައްޔަރު ކުރި މީހާ ހައްޔަރު ކުރީ ފެބްރުއަރީ 15 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޖެންޑަރ މިނިސްޓްރީ އިން ބުނީ މި މައްސަލަ އަކީ ޖިނާއީ މައްސަލަ އަކަށް ވުމާއި އެކު މައްސަލަ ބަލާނީ ފުލުހުން ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން ކުއްޖާ އަށް ފޯރުކޮށް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީ އިން ކުރަމުންދާނެ ކަމަށް ޖެންޑަރ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

މި މައްސަލަ ބެލުމުގައި ކަމާއި ގުޅުން ހުރި އިދާރާތަކުން އިހުމާލު ވެފައިވާކަމަށް ތުހުމަތުކޮށް އާއްމުން ދަނީ އެ އިދާރާތަކަށް ފާޑުކިޔަމުންނެވެ. އަދި މިފަދަ މައްސަލަތައް ނުބެލި ލަސްވުމާއި، ފިޔަވަޅު އެޅުމުގައި ލަސް ވުމަކީ މިފަދަ މައްސަލަތައް ރިޕޯޓް ކުރި ނަމަވެސް މައްސަލަތަކުގައި އަނިޔާ ލިބުނު މީހާ އަށް އިންސާފު ލިބުން ލަސްވާ ސަބަބު ކަމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ޖެންޑަރ މިނިސްޓްރީދެކުނުގެ ރަށެއްކުޑަކުދިންނަށް ކުރާ އަނިޔާގެވެށި އަނިޔާމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

މި ސަރުކާރުގައި ރިޓަޔަރ ކުރައްވާ ދެވަނަ ޕޮލިސް ކޮމިޝަނަރަކަށް އިސްމާޢީލް ނަވީން

15 ފެބުރުއަރީ 2026
މި ސަރުކާރުގައި ރިޓަޔަރ ކުރައްވާ ދެވަނަ ޕޮލިސް ކޮމިޝަނަރަކަށް އިސްމާޢީލް ނަވީން
12 ފެބުރުއަރީ 2026

ޗައިނާ މީހެއްގެ އަތުން ފުލުހަކު ބައިވެރިވެގެން ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގައް ނެގިކަން ފަޅާ އެރުމުން މައްސަލަ ތަހުގީގު ކުރާ ފުލުސް މީހާ މަސްއޫލިއްޔަތުން އެކަހެރިކޮށްފި ކަމަށް ބުނެފި

11 ފެބުރުއަރީ 2026

ފުލުސް އޮފިސަރަކާއި އެމްޕީއެލްގެ މުވައްޒަފަކު ބައިވެރިވެގެން ޗައިނާގެ ވިޔަފާރިވެރިއެއްގެ 2.2 މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގަށް ނަގާ އޭނާގެ ހައްގު ފޭރިގަތް ގޮތް!

11 ފެބުރުއަރީ 2026
ފުލުސް އޮފިސަރަކާއި އެމްޕީއެލްގެ މުވައްޒަފަކު ބައިވެރިވެގެން ޗައިނާގެ ވިޔަފާރިވެރިއެއްގެ 2.2 މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގަށް ނަގާ އޭނާގެ ހައްގު ފޭރިގަތް ގޮތް!
11 ފެބުރުއަރީ 2026

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް

11 ފެބުރުއަރީ 2026
ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް
10 ފެބުރުއަރީ 2026

ކުރީގެ ރައީސް ސޯލިހު އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލަން ޖެހޭ ކަމަށް ކުރީގެ މެމްބަރު މުސްތަފާ ވިދާޅުވެއްޖެ, ފުލުހުންގެ ކޮމެންޓެއް ނެތް!

10 ފެބުރުއަރީ 2026
ކުރީގެ ރައީސް ސޯލިހު އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލަން ޖެހޭ ކަމަށް ކުރީގެ މެމްބަރު މުސްތަފާ ވިދާޅުވެއްޖެ, ފުލުހުންގެ ކޮމެންޓެއް ނެތް!
10 ފެބުރުއަރީ 2026

ފުލުހުން ގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާ ގެ ބާވަތް ތަކެއްކަމަށްވާ ހުދު ކިރު، އެލިފަންޓް އަދި ބުއްފުޅި ނީލަން ކިޔަނީ

10 ފެބުރުއަރީ 2026
ފުލުހުން ގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާ ގެ ބާވަތް ތަކެއްކަމަށްވާ ހުދު ކިރު، އެލިފަންޓް އަދި ބުއްފުޅި ނީލަން ކިޔަނީ
09 ފެބުރުއަރީ 2026

ސުނާމީ ބިނާ މައިޒާން ތަރައްގީ ކުރަން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

09 ފެބުރުއަރީ 2026
ސުނާމީ ބިނާ މައިޒާން ތަރައްގީ ކުރަން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން އަންގައިފި
05 ފެބުރުއަރީ 2026

ކުޑަކުދިން ލައްވައި ކުށްކުރުވާ މީހުންނަށް ޤާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ދޭނަން: ސީޕީ

05 ފެބުރުއަރީ 2026
ކުޑަކުދިން ލައްވައި ކުށްކުރުވާ މީހުންނަށް ޤާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ދޭނަން: ސީޕީ
02 ފެބުރުއަރީ 2026

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ، މިއީ ހޯމަ ދުވަހު ނިޔާވި ދެވަނަ މީހާ

02 ފެބުރުއަރީ 2026
ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ، މިއީ ހޯމަ ދުވަހު ނިޔާވި ދެވަނަ މީހާ
31 ޖެނުއަރީ 2026

އަލިފާނުގެ ހާދިސާގެ ސަބަބުން މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް؛ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ

31 ޖެނުއަރީ 2026
އަލިފާނުގެ ހާދިސާގެ ސަބަބުން މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް؛ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް