Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަށި މިޔަރުގެ މަސްވެރިކަން

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލަ އަލުން ހައި ކޯޓަށް ހުށަހަޅައިފި

ކަށިމިޔަރުގެ މަސްވެރިކަން ހުޅުވާލުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ތިމާވެށީގެ އެކްޓިވިސްޓުން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާއިރު، މި މަސްވެރިކަން އަލުން ފެށުމަށް އާންމު ރައްޔިތުންގެ 77 އިންސައްތަ މީހުން ދެކޮޅުކަން ގައުމީ ސާވޭއަކުން ވަނީ ހާމަވެފައި. މީގެ އިތުރުން، މިޔަރުގެ ބާވަތްތަކުގެ ބައިނަލްއަގުވާމީ ވިޔަފާރި ކުރުން މަނާކުރުމަށް "ސައިޓީސް" އިން ނިންމި ނިންމުމުގައި ރާއްޖެއިން ބައިވެރިވެފައިވާއިރު، މި މަސްވެރިކަން ހުއްދަކުރުމުން ރާއްޖެއަށް ލިބިފައިވާ މިޔަރު ސެންކްޗުއަރީއެއްގެ ލަގަބު ގެއްލޭނެ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 16:22
ކަށި މިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް ދުސްތޫރީ މައްސަލަ އަނެއްކާ ވެސް ވަނީ ހައިކޯޓަށް ހުށަހަޅާފައި.

ކަށި މިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް ދުސްތޫރީ މައްސަލަ އަނެއްކާ ވެސް ވަނީ ހައިކޯޓަށް ހުށަހަޅާފައި. | އެންޑީ މުރްޗް

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރިކަން މި ސަރުކާރުން ހުޅުވާލާފައިވާތީ އެކަން ހުއްޓުވުމަށް ދުސްތޫރީ މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅައިފި އެވެ.

ހައިކޯޓުގެ ރަޖިސްޓްރީ އިން ދައްކާ ގޮތުން ދައުލަތާއި ދެކޮޅަށް މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅީ ހުމައިދާ އަބްދުއްޣަފޫރު / ހ. ޝޭޑީކޯނަރ އަދި މުހައްމަދު ސިނީން / މ. މާމުލި އެވެ. މި ދެމީހުންނަކީ ވެސް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ދެ އެކްޓިވިސްޓުންނެވެ. އެންމެ ފުރަތަމަ މި މައްސަލަ ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހު އެވެ. 

ނަމަވެސް އެ މައްސަލަ ބަލައި ނުގަނެ ހައިކޯޓުން ބޭރުކޮށްލި އެވެ. ހައިކޯޓުގެ އެއިރުގެ ނިންމުމަކީ ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ގަވާއިދު ގާނޫނު އަސާސީއާ ޚިލާފު ކަމަށް ބުނި ނަމަވެސް ޚިލާފުވާ ގޮތެއް ބުނެދީފައި ނުވާ ކަމަށެވެ. އަދި މައްސަލައެއް ދުސްތޫރީ މައްސަލައަކަށް ވަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ގާނޫނު އަސާސީއާ ޚިލާފުވުމުން ކަމަށާ ސަރުކާރުން އާންމުކުރާ ޕްލޭނަކީ ގަވާއިދެއް ނުވަތަ ގާނޫނެއް ވެސް ނޫން ކަމަށް ބުނެ ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ކޯޓަށް ބަލައިނުގަތުމަށް ނިންމާފަ އެވެ.

އަލުން މި މައްސަލަ ހުށަހެޅީ މި މަހުގެ 2 ވަނަ ދުވަހު އެވެ. ނަމަވެސް މި މައްސަލަ ބަލައިގަތުމާއި މެދު ގޮތެއް ނުނިންމަ އެވެ. 

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރިކަމަށް ސަރުކާރުން ހުޅުވާލާފައިވާ އިރު، އޭގެ ކުޑަ ދުވަސް ކޮޅެއް ފަހުން ކަށި މިޔަރު ހިމެނޭ ގޮތައް 70 ބާވަތެއްގެ މިޔަރާއި މަޑީގެ ބާވަތްތަކުގެ ބައިނަލް އަގްވާމީ ވިޔަފާރި އަށް ހުރަސް އަޅަން ފާސް ކުރުމުގައި ރާއްޖެ އިން ވަނީ ބައިވެރިވެފަ އެވެ.

ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑެންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ މެމްބަރު ގައުމުތަކުން، ފެހުރިއްސާއި، އެން މަޑީގެ ހުރިހާ ބާވަތްތައް ވަނީ އެޕެންޑިކްސް I ގެ ދަށަށް ގެނެސްފައެވެ. މި ގޮތައް ނިންމުމާ އެކު އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަން މި ބާވަތްތަކަށް ލިބި، މި ބާވަތްތަކާއި އެ ތަކެތީގެ އުފެއްދުންތަކުގެ ހުރިހާ ބައިނަލްއަޤްވާމީ ވިޔަފާރިއެއް މަނާ ވެގެން ދާނެ އެވެ.

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ހުއްދަ ކުރި ކަށި މިޔަރުގެ ބައިނަލް އަގުވާމީ ވިޔަފާރި އަށް ސައިޓީސްގެ ނިންމުމުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސް އެޅޭނެ އެވެ. ހުސްވި ނޮވެމްބަރު މަހު ބޭއްވި ސައިޓީސް ގެ ބައްދަލުވުމުގައި ކަށިމިޔަރު ވަނީ އެ މުއާހަދާ ގެ އެޕެންޑިސް 2 ގައި ހިމަނަން ފާސް ކޮށްފަ އެވެ.

ސަރުކާރުން ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިން އިރު، ކަށި މިޔަރު ގެ މަސްވެރިކަން އަލުން ފެށުމާ ރައްޔިތުން ދެކޮޅު ކަން ގައުމީ ސަރވޭއަކުން ވަނީ ހާމަ ވެފަ އެވެ.

ބްލޫ މެރިން ފައުންޑޭޝަން ނަމަކަށް ކިޔާ ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމުގެ ޖަމުއިއްޔާ އަކާއި، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި މޯލްޑިވިއަން މިޔަރު ޝާކް ޕްރޮގްރާމްގެ ބައިވެރިވުމާއެކު ހެދުނު ގައުމީ ސާވޭގެ ނަތީޖާ ބުނާ ގޮތުން، ކަށި މިޔަރުގެ މަސްވެރިކަން އަލުން ފެށުމަށް ސާވޭގައި ބައިވެރިވި މީހުންގެ 77 އިންސައްތަ މީހުން ދެކޮޅެވެ.

ދިވެހިރާއްޖޭގައި 2010 ވަނަ އަހަރު ހުރިހާ ބާވަތެއްގެ މިޔަރު މަސްވެރިކަމެއް މުޅިން މަނާކުރި އެވެ. އަދި މިޔަރު މަސްވެރިކަން އަލުން ފަށައިފިނަމަ، މިޔަރު ސެންކްޗުއަރީ އެއްގެ ލަގަބު ރާއްޖެ އަށް ގެއްލިގެންދާނެ އެވެ.

ހުމައިދާ އަބްދުއްޣަފޫރުމުހައްމަދު ސިނީންކަށި މިޔަރުހައި ކޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑަޅާ މައްސަލަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފި

"ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑަޅާ މައްސަލަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފި

18 ފެބުރުއަރީ 2026
މިފްކޯ ގެ ވޭނަކުން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ވަކިކުރި މީހަކަށް ލައްކައެއްހާ ރުފިޔާގެ ބަދަލުދޭން ހުކުމެއް

މިފްކޯ ގެ ވޭނަކުން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ވަކިކުރި މީހަކަށް ލައްކައެއްހާ ރުފިޔާގެ ބަދަލުދޭން ހުކުމެއް

18 ފެބުރުއަރީ 2026
ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

08 ފެބުރުއަރީ 2026
އީސީ އާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ގާނޫނާ ޚިލާފަށް، ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނަން: މަލީހު

އީސީ އާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ގާނޫނާ ޚިލާފަށް، ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނަން: މަލީހު

03 ފެބުރުއަރީ 2026
ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހައިކޯޓަށް އައްޔަން ކުރަނީ

ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހައިކޯޓަށް އައްޔަން ކުރަނީ

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު