Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިފްކޯ

މިފްކޯ ގެ ވޭނަކުން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ވަކިކުރި މީހަކަށް ލައްކައެއްހާ ރުފިޔާގެ ބަދަލުދޭން ހުކުމެއް

މީގެ ހަތް އަހަރު ކުރިން، މިފްކޯގެ ވޭނެއްގެ ބިއްލޫރިތައް ތަޅާލައި، ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައާއި ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވި މިފްކޯގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް ލައްކައެއްހާ ރުފިޔާ ދޭން ޖެހިއްޖެ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 17:58
މިފްކޯގެ ވޭނަކުން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައާ ގުޅިގެން ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް ބަދަލު ދޭން ހައި ކޯޓުން ވަނީ ހުކުމެއް ކޮށްފަ.

މިފްކޯގެ ވޭނަކުން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައާ ގުޅިގެން ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް ބަދަލު ދޭން ހައި ކޯޓުން ވަނީ ހުކުމެއް ކޮށްފަ. | ރާއްޖެއެމްވީ

މިފްކޯގެ ވޭނަކުން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައާ ގުޅިގެން ވަޒީފާ އިން ވަކިކުރި މިފްކޯގެ ކުރީގެ މުވައްޒަފަކަށް 96،960 (ނުވަދިހަ ހަ ހާސް ނުވަ ސަތޭކަ ފަސްދޮޅަސް) ރުފިޔާ ދޭން ހައިކޯޓުން ހުކުމްކޮށްފި އެވެ.

ނަމަވެސް އޭނާ ވަޒީފާގައި އަލުން ބެހެއްޓުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި ހުކުމް ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރުގެ މާރިޗު މަހު ހިނގި ފައިސާ ފޭރުމުގެ ބޮޑު ހާދިސާއާ ގުޅިފައިވާ މައްސަލައެކެވެ. އެ ހާދިސާގައި ބޮޑުތަކުރުފާނު މަގުން މިފްކޯގެ ވޭނެއްގައި ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދަނިކޮށް، ސައިކަލުން ދިޔަ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެ ވޭން މަގުމަތިން ހުއްޓުވި އެވެ. އެ ފަހުން ވޭނުގެ ބިއްލޫރިތައް ތަޅައި، ދެ މިލިއަން ރުފިޔާ ފޭރިގަތެވެ.

އެ މައްސަލައާ ގުޅިގެން އޭރު މިފްކޯގެ ޖޫނިއާ އެގްޒެކެޓިވްއެއްގެ މަގާމުގައި ހުރި މ. ސައިލާ، އިސްމާއިލް ނާތިގު ވަޒީފާއިން ވަކިކުރި އެވެ. ނާތިގު ވަޒީފާ އިން ވަކިކުރީ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހަކާ، އެ ހާދިސާ ހިނގުމުގެ 16 ދުވަސް ފަހުން ނާތިގުގެ ފޯނުން މުއާމަލާތް ކުރިކަމަށް ބެލެވިގެން ފުލުހުން ސުވާލުކޮށްފައި ވަނިކޮށެވެ.

އެ މައްސަލަ ނާތިގުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެ ޓްރައިބިއުނަލުން ނިންމީ ނާތިގު ވަޒީފާ އިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާ ވަޒީފާގައި ހުރިނަމަ ލިބޭނެ މުސާރައާއި އިނާޔަތްތައް އޭނާއަށް ދިނުމަށާއި، ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހުކުމް ކުރި އެވެ.

މިފްކޯގެ ފަރާތުން 2021 ވަނަ އަހަރު ހައިކޯޓަށް އިސްތިއުނާފު ކުރި އެ މައްސަލަ، އަންގާރަ ދުވަހި ގާތްގަނޑަކަށް ފަސް އަހަރު ފަހުން ހައިކޯޓުން ނިންމީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ހުކުމުގެ އެއްބައި ބާތިލު ކުރުމަށްފަހު އެވެ. ފަނޑިޔާރު ހުސެއިން މަޒީރު، މުހައްމަދު ޝަނީޒް އަބްދުﷲ އަދި އަބްދުﷲ ޖަމީލް މޫސާގެ އިއްތިފާގުން ނިންމި ނިންމުމުގައިވަނީ ނާތިގު ވަޒީފާ އިން ވަކިކުރުމުގައި މައްސަލަތަކެއް ހުރިނަމަ ވެސް އަލުން ވަޒީފާދޭން އެންގި އެންގުން ބާތިލުކޮށްފަ އެވެ.

އަދި ނާތިގު އަށް އޭރު ލިބެމުން ދިޔަ މުސާރައާއި އިނާޔަތްތަކުގެ އަދަދުން، އެއް އަހަރަށްވާ ފައިސާ ދިނުމަށް ހައިކޯޓުން ހުކުމް ކުރި އެވެ. އޭނާގެ މުސާރަ އަކީ އޭރު 5050 ރުފިޔާ އެވެ. އަދި އެލަވަންސްގެ ގޮތުގައި އޭގެ 60 އިންސައްތަ އޭރު ލިބެމުން ދިޔައިރު، އަހަރަކަށް ބަލާނަމަ އެއީ ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ އެވެ.

މިފްކޯހައި ކޯޓުވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްއިސްމާއިލް ނާތިގުފައިސާ ފޭރުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ

ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ

14 ފެބުރުއަރީ 2026
އެފްއައިޔޫގެ ވެރިޔާ ސާޖިދު އެ މަގާމުން ވަކި ކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިފި

އެފްއައިޔޫގެ ވެރިޔާ ސާޖިދު އެ މަގާމުން ވަކި ކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިފި

12 ފެބުރުއަރީ 2026
ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

08 ފެބުރުއަރީ 2026
އީސީ އާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ގާނޫނާ ޚިލާފަށް، ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނަން: މަލީހު

އީސީ އާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ގާނޫނާ ޚިލާފަށް، ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނަން: މަލީހު

03 ފެބުރުއަރީ 2026
ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހައިކޯޓަށް އައްޔަން ކުރަނީ

ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހައިކޯޓަށް އައްޔަން ކުރަނީ

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު