Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުން

އިބްރާހީމް އިމްތިޔާޒް ހޯދަން އިއުލާނު ކުރުމުން ފުލުހަށް ހާޒިރުވެއްޖެ، އޭނާގެ ހާލު ރަނގަޅު

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ހ. ފެވަރިޓްވިލާ، އިބްރާހީމް އިމްތިޔާޒް އަލީ ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފި. ފުލުހުން ބުނި ގޮތުގައި އޭނާ ހޯދަން އިއުލާނު ކުރުމާ ގުޅިގެން، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ވަނީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެފަ. ފުލުހުންގެ އިދާރާއަށް ހާޒިރުވިއިރު އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން މައުލޫމާތުދޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 ފެބުރުއަރީ 2026 | ހޮނިހިރު 19:23
ގެއްލިގެން ފުލުހުން ހޯދަން ފެށި އިބްރާހީމް އިމްތިޔާޒް - އޭނާ ހޯދަން އިއުލާނު ކުރުމުން ވަނީ އަމިއްލައަށް ފުލުހަށް ހާޒިރު ވެފަ

ގެއްލިގެން ފުލުހުން ހޯދަން ފެށި އިބްރާހީމް އިމްތިޔާޒް - އޭނާ ހޯދަން އިއުލާނު ކުރުމުން ވަނީ އަމިއްލައަށް ފުލުހަށް ހާޒިރު ވެފަ | މޯލްޑިވްސް ޕޮލިސް ސާރވިސް

އިބްރާހިމް އިމްތިޔާޒް ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އިއުލާނު ކުރުމުން އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

މީގެ ހަފުތާއެއް ކުރިން ގެއިން ނުކުމެގެން ދިޔަ ހ. ފެވަރިޓްވިލާ، އިބްރާހީމް އިމްތިޔާޒް އަލީ (30އ) ގެއްލިގެން ހޯދަން ފަށާފައިވާ ކަން ފުލުހުން ހާމަ ކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ 8:40 ގަ އެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހުގެ ރޭ ފުލުހުން ބުނެފައި ވަނީ  2026 ފެބްރުއަރީ 13 ވަނަ ދުވަހު މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އިބްރާހީމް އިމްތިޔާޒް އަލީ ގޭގައި އުޅެނިކޮށް އާއިލާގެ މެންބަރުންނަށް ފެނިފައިވާ ކަމަށެވެ. 

ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް 2026 ފެބްރުއަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 ހާއިރު އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭރު ފުލުހުން ވަނީ ބުނެފަ އެވެ. 

އެކަމާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ބުނީ  ހޮނިހިރު ދުވަހުގެ ރޭ ގެ ވަގުތެއްގައި އިމްތިޔާޒް ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި އޭނާ ގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2026

ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދު

20 ފެބުރުއަރީ 2026
ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދު
19 ފެބުރުއަރީ 2026

ރޯދަ މަހު ދުވާލު ކެއުން: މަގު މަތީގައި ޗުވިންގަމް އެއް ކޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި

19 ފެބުރުއަރީ 2026
ރޯދަ މަހު ދުވާލު ކެއުން: މަގު މަތީގައި ޗުވިންގަމް އެއް ކޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި
19 ފެބުރުއަރީ 2026

އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރުހާދާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ހަވާލުކޮށްފި

19 ފެބުރުއަރީ 2026
އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރުހާދާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ހަވާލުކޮށްފި
18 ފެބުރުއަރީ 2026

ނަވީން, ފުލުހުންގެ މުއައްސަސާއިން ރިޓަޔަރ ކުރައްވައިފި

18 ފެބުރުއަރީ 2026
ނަވީން, ފުލުހުންގެ މުއައްސަސާއިން ރިޓަޔަރ ކުރައްވައިފި
16 ފެބުރުއަރީ 2026

12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް، ދޮން ބައްޕަ ޖިސްމާނީ އަނިޔާ ކުރާ މައްސަލަ އެއް ފެންމަތިވެއްޖެ!

16 ފެބުރުއަރީ 2026
12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް، ދޮން ބައްޕަ ޖިސްމާނީ އަނިޔާ ކުރާ މައްސަލަ އެއް ފެންމަތިވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު