Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސްތުވާތަކެތި

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި

މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނޭޕާލްގެ އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ބަންދަށް ޖަހާފައި. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، އޭނާ ދިރިއުޅޭ ކޮޓަރިން ފެނުނު މަސްތުވާތަކެތި ހުރީ ހާމައަށް ފެންނަން. އަދި އޭނާގެ ކުޑަކަމުދާތަކެތި ކެނެބިސްއަށް ވަނީ ޕޮޒިޓިވްވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 07:14
ކްރިމިނަލް ކޯޓު، ނިޝާ ރާއީ ގެ ކުޑަކަމުދާ ތަކެތި ތަހްލީލު ކުރުމުން ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވޭ.

ކްރިމިނަލް ކޯޓު، ނިޝާ ރާއީ ގެ ކުޑަކަމުދާ ތަކެތި ތަހްލީލު ކުރުމުން ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވޭ. | ރާއްޖެ އެމްވީ

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި އެވެ. 

ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި، މަސްތުވާތަކެތި ބޭނުން ކުރުމާއި، ގެންގުޅުން އަދި ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ނޭޕާލްގެ 21 އަހަރުގެ ނިޝާ ރާއީ އެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ އޭނާ ގެ ބަންދަށް 15 ދުވަސް ޖަހައި ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް އަމުރު ކޮށްފައިވެ  އެވެ. 

ކޯޓު އަމުރުގައި ބުނީ، އޭނާ ގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށާއި، ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ހެއްކެއްގެ ބަޔާނާއި ހާދިސާގެ ސީނުން ފެނިފައިވާ މަސްތުވާތަކެތީގެ ތަފްސީލާއި އެތަކެތީގެ ބަރުދަން އެނގޭނެ އެތަކެތީގެ ތަހުލީލު ރިޕޯޓު އަދި ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓާއި ކުޑަ ކަމުދާތަކެތީގެ ތަހްލީލު ރިޕޯޓު ހުށަހަޅާފައިވާ ކަމަށެވެ.

ނިޝާ ރާއީ ގެ ކުޑަކަމުދާ ތަކެތި ތަހްލީލު ކުރުމުން ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ނިޝާ ރާއީ އަކީ މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރާ ފަރާތެއް ނޫން ކަމަށާއި، އޭނާ އަށް އެތަނަށް ދެވުނީ އޭނާއަކީ މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތަކަށްވުމާއެކު ކަމަށް ދިފާއުން ފާހަގަ ކޮށްފައިވެ އެވެ. 

އޭނާއާ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކާއި ދެމީހުން މަސްތުވާތަކެތި ފެނުނު ރޫމްގައި އުޅޭކަމާއި އަދި އެ ރޫމުން އޭނާ ގެ ތުވާއްޔަކާއި އޭނާ ގެ ޕާސްޕޯޓު ސައިޒްގެ ފޮޓޯ ފެނިފައިވާކަން ލިޔެކިއުންތަކުން އެނގޭ ކަމަށް ބުނެފައި ވެއެވެ. އަދި ފެނުނު ތަކެތި ހުރީ ހާމައަށް ފެންނަ ގޮތަށް ކަމަށް އައިއޯ ގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް ކޯޓު އަމުރުގެ އިތުރު ބަޔާނުގައި ބުނެފައިވެ އެވެ. 

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ތަހުގީގު މުއްދަތު 3 މާރިޗް 2026 ގެ ނިޔަލަށް އިތުރު ކުރުމަށް ވެސް ޕީޖީ އޮފީހުން ވަނީ ނިންމާފަ އެވެ. 

ނިޝާ ރާއީނޭޕާލްކްރިމިނަލް ކޯޓްމަސްތުވާތަކެތިކެނެބިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއަށް އެކި ފަހަރުމަތިން މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހެއް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

ރާއްޖެއަށް އެކި ފަހަރުމަތިން މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހެއް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

15 ފެބުރުއަރީ 2026
ވައިގެ މަގުން ފަސް ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް

ވައިގެ މަގުން ފަސް ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް

11 ފެބުރުއަރީ 2026
ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

08 ފެބުރުއަރީ 2026
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ނިޔާޒު އައްޔަން ކޮށްފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ނިޔާޒު އައްޔަން ކޮށްފި

08 ފެބުރުއަރީ 2026
ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ، އުމުރުން ދުވަސްވީ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ، އުމުރުން ދުވަސްވީ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

07 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު