Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ލުބުނާން

ލުބުނާނުގައި ހުންނަ އެމެރިކާ އެމްބަސީގެ މުވައްޒަފުން ފޭބުމަށް އަމުރުކޮށްފި

މިއީ އެމްބަސީގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ވަގުތީ ފިޔަވަޅެއް ކަމަށް ބުނެފައިވާއިރު، މި ނިންމުމާއެކު ގާތްގަނޑަކަށް 40 މުވައްޒަފުން މިހާރު ވަނީ ލުބުނާނުން ފުރާފައި.

ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 18:53
މި ފޮޓޯއިން ފެންނަނީ ބެއިރޫތުގެ އިރުމަތީގައި އޮންނަ އައުކާރުގައި ހުންނަ އެމެރިކާގެ އެމްބަސީ އިމާރާތް.

މި ފޮޓޯއިން ފެންނަނީ ބެއިރޫތުގެ އިރުމަތީގައި އޮންނަ އައުކާރުގައި ހުންނަ އެމެރިކާގެ އެމްބަސީ އިމާރާތް. | އޭއެފްޕީ

އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައި، ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީގައި މަސައްކަތްކުރާ ކޮންމެހެން ތިބެން ނުޖެހޭ މުވައްޒަފުން އެ ގައުމުން ފޭބުމަށް ހޯމަ ދުވަހު އެމެރިކާ ސަރުކާރުން އަމުރުކޮށްފިއެވެ.

އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު ވިދާޅުވީ، މިއީ އެމެރިކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ދަމަހައްޓަމުން، އެމްބަސީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅި ވަގުތީ ފިޔަވަޅެއް ކަމަށެވެ.

ލުބުނާނުގެ ސަލާމަތީ ބާރުތަކުގެ މަސްދަރަކުން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ގޮތުގައި، އެމްބަސީގެ ގާތްގަނޑަކަށް 40 މުވައްޒަފުން ހޯމަ ދުވަހު ވަނީ ބެއިރޫތުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު މެދުވެރިކޮށް އެ ގައުމުން ފުރާފައެވެ.

މި އަމުރު ނެރެފައިވަނީ ކޮންމެހެން ތިބެން ނުޖެހޭ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކުގެ މެންބަރުންނަށެވެ. ނަމަވެސް، ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުނުކޮށް ހުޅުވާފައި ހުންނާނެއެވެ.

އެމެރިކާގެ އޮފިޝަލް އިތުރަށް ވިދާޅުވީ، އެ ގައުމުން އަބަދުވެސް ސަލާމަތީ މާހައުލު ވަޒަންކުރަމުންދާ ކަމަށާއި، އެންމެ ފަހުން ހެދި ރިވިއުއަށް ބިނާކޮށް، އެމްބަސީގައި ތިބޭ މުވައްޒަފުންގެ އަދަދު ހަމައެކަނި ކޮންމެހެން ބޭނުންވާ މުވައްޒަފުންނަށް މަދުކުރުމަކީ ބުއްދިވެރި ގޮތެއް ކަމަށް ނިންމާފައިވާ ކަމަށެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ އެކު، އެ ގައުމުން ހަރުކަށި ޝަރުތުތަކެއް ހިމެނޭ އެއްބަސްވުމެއް ގަބޫލުކުރަންޖެހޭނެ ކަމަށް ވިދާޅުވެ، ރައީސް ޓްރަމްޕް އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވަމުން ގެންދަވާއިރު، އެ ސަރަހައްދަށް ފޮނުވާ އެމެރިކާގެ ސިފައިންގެ އަދަދު އިތުރުކުރުމަށް ވެސް ޓްރަމްޕް ވަނީ އަމުރުކުރައްވާފައެވެ.

އީރާނާއި އިޒްރޭލާ ދެމެދު ހަނގުރާމައެއް ފެށިއްޖެ ނަމަ، އިޒްރޭލާ ދެކޮޅަށް ލުބުނާނުގެ ހިޒްބުﷲ އިން ބައިވެރިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އިޒްރޭލުން ދާދި ފަހުން ދިން އާ ހަމަލާއެއްގައި ހިޒްބުﷲގެ އަށް މެންބަރަކު މަރުވުމާ ގުޅިގެން، އެ ޖަމާޢަތުން ހޮނިހިރު ދުވަހު ވަނީ އިޒްރޭލާ ދެކޮޅަށް ބަދަލު ހިފުމުގެ ހަރަކާތްތައް  ކުރިއަށްގެންދާނެ ކަމަށް ބުނެ އަހުދުވެފައެވެ.

ހިޒްބުﷲއީރާންލުބުނާންއިޒްރޭލްލުބުނާން-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއިން ކޮންމެ މިންވަރެއްގެ ހަމަލާއެއް ދިން ނަމަވެސް އޭގެ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާއިން ކޮންމެ މިންވަރެއްގެ ހަމަލާއެއް ދިން ނަމަވެސް އޭގެ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

23 ފެބުރުއަރީ 2026
އިޒްރޭލަށް އަރަބި ގައުމުތަކުގެ ބިންތައް ލިބުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެ އެމެރިކާގެ އެމްބެސެޑަރު ވާހަކަ ދެއްކުމުން އަރަބި އަދި އިސްލާމީ ގައުމުތަކުން ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ

އިޒްރޭލަށް އަރަބި ގައުމުތަކުގެ ބިންތައް ލިބުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެ އެމެރިކާގެ އެމްބެސެޑަރު ވާހަކަ ދެއްކުމުން އަރަބި އަދި އިސްލާމީ ގައުމުތަކުން ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ

22 ފެބުރުއަރީ 2026
އެމެރިކާ ސަފީރު ހަކަބީ: އިޒްރޭލުން މެދުއިރުމަތީގެ އިތުރު ބިން ހިފިޔަސް މައްސަލައެއް ނެތް

އެމެރިކާ ސަފީރު ހަކަބީ: އިޒްރޭލުން މެދުއިރުމަތީގެ އިތުރު ބިން ހިފިޔަސް މައްސަލައެއް ނެތް

21 ފެބުރުއަރީ 2026
ޕޮލެންޑުން އީރާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

ޕޮލެންޑުން އީރާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

20 ފެބުރުއަރީ 2026
އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ

އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު