Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަމާސް

ހަމާސް އިން ހަތިޔާރު ނުބަހައްޓައިފި ނަމަ އިޒްރޭލުން މުޅި ޣައްޒާ ހިފާނެ: ސްމޮޓްރިޗް

ޣައްޒާއަކީ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި ހަމާސްއަށް ފަހުގެ އިންޒާރެއް ދޭނެ ކަމަށް އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ބުނެފި. ހަމާސް އިން އަމިއްލައަށް ހަތިޔާރު ނުބަހައްޓައިފި ނަމަ، އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ވަދެ އެ ސަރަހައްދު ހިފުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ފާހަގަކުރި.

ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 19:06
އިޒްރޭލުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް.

އިޒްރޭލުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް. | އޭއެފްޕީ

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ހަތިޔާރު ބެހެއްޓުމަށް ވަރަށް އަވަހަށް ސުންގަޑިއެއް ކަނޑައަޅައި އަންގާނެ ކަމަށާއި، އެ ގޮތުން ހަތިޔާރު ނުބަހައްޓައިފި ނަމަ މުޅި ޣައްޒާ އިޒްރޭލުން ހިފާނެ ކަމަށް ކަމަށް އެގައުމުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ހޯމަ ދުވަހު ބުނެފި އެވެ.

އިޒްރޭލުގެ ދައުލަތުގެ މީޑިއާ "ކާން" އަށް ދިން އިންޓަވިއުއެއްގައި ސްމޮޓްރިޗް ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ހަމާސް އިން ހަތިޔާރު ބަހައްޓައި، ޣައްޒާއަކީ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށް އެ ޖަމާއަތަށް ފަހުގެ އިންޒާރު ނުވަތަ "އަލްޓިމޭޓަމް" އެއް ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިޒްރޭލުގެ ބޮޑެތި އަސްކަރީ އޮޕަރޭޝަންތައް ފާސްކުރުމުގެ ޒިންމާ އޮންނަ ސެކިއުރިޓީ ކެބިނެޓްގެ މެންބަރެއްގެ ގޮތުގައިވެސް ހުރި ސްމޮޓްރިޗް ބުނީ، ހަމާސް އިން އެ އެންގުމަށް އަމަލުނުކޮށްފި ނަމަ، އިޒްރޭލުގެ އަސްކަރިއްޔާ (އައި.ޑީ.އެފް) އިން އަމިއްލައަށް އެކަން ކުރުމަށް ބައިނަލްއަގުވާމީ ގޮތުން ސަރުކާރަށް ގާނޫނީ ހުއްދަ ލިބި، އެމެރިކާގެ އެހީތެރިކަންވެސް ލިބޭނެ ކަމަށެވެ. އަދި މިކަމަށްޓަކައި އިޒްރޭލުގެ އަސްކަރިއްޔާއިން މިހާރުވެސް ތައްޔާރުވަމުންދާ ކަމަށާއި، ރޭވުންތައް އެކުލަވާލަމުންދާ ކަމަށް އޭނާ ހާމަ ކުރިއެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު ދެ އަހަރު ވަންދެން ކުރި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ މެދުވެރިވެގެން އެކުލަވާލި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން، އިޒްރޭލުގެ އަސްކަރިއްޔާ ވަނީ "ޔެލޯ ލައިން" ގެ ނަމުން ނަންދެވިފައިވާ ސަރަހައްދުގެ ފަހަތަށް ޖެހިފައެވެ. ނަމަވެސް، ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެއް އަދިވެސް އޮތީ އިޒްރޭލުގެ ކޮންޓްރޯލްގެ ދަށުގައެވެ.

މިދިޔަ މަހު ރަސްމީކޮށް ފެށި ދެވަނަ މަރުހަލާގައި ރޭވިފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާ ޣައްޒާއިން މަޑުމަޑުން ފޭބުމަށާއި ހަމާސްގެ ހަތިޔާރު އަތުލުމަށެވެ. ނަމަވެސް ހަމާސް އިން ވަނީ މިކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ.

ސްމޮޓްރިޗް ބުނީ، ހަމާސް އިން އަމިއްލައަށް އެ ޖަމާއަތް އުވާލައި ހަތިޔާރު ނުބަހައްޓައިފި ނަމަ، އިޒްރޭލުގެ އަސްކަރިއްޔާއިން ކަނޑައެޅިގެން ޣައްޒާއަށް ވަދެ އެ ސަރަހައްދު ހިފާނެ ކަމަށެވެ.

އަސްކަރިއްޔާއިން އެކަން ކުރާނީ ކިހިނެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ، އެކަމަށްޓަކައި މިހާރުވެސް ދެތިން ގޮތެއް ބަލަމުންދާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ސުލްހައިގެ މަޝްރޫއުގައި، "އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް" (އައި.އެސް.އެފް) ގެ ނަމުގައި 20،000 ސިފައިންގެ ސުލްހަ ބަލަހައްޓާ ފައުޖެއް އެކުލަވާލުމަށް ވަނީ ގޮވާލާފައެވެ. މި ފައުޖަށް ސިފައިން ފޮނުވުމަށް ބައެއް ގައުމުތަކުން މިހާރު ވަނީ އެއްބަސްވެފައެވެ.

ބޭރުގެ ސިފައިން ޣައްޒާގައި ތިބޭ ހާލަތެއްގައި، ހަމާސްއާ ދެކޮޅަށް އިޒްރޭލުގެ އަސްކަރިއްޔާއިން އޮޕަރޭޝަންތައް ކުރިއަށް ގެންދާނީ ކިހިނެއްތޯ ސުވާލު ކުރުމުން ސްމޮޓްރިޗް ބުނީ، އެފަދަ ހާލަތެއްގައި ބޭރުގެ ސިފައިން ވަރަށް އަވަހަށް އެ ސަރަހައްދުން ފޭބުމަށްފަހު އިޒްރޭލުގެ އަސްކަރިއްޔާއަށް ވަނުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި މިއީ އެމެރިކާއާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލެއް ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން، އައި.އެސް.އެފްގެ ސިފައިން އެހާ އަވަހަށް ޣައްޒާއަށް ވަދެދާނެ ކަމަށް އަދި ގަބޫލުނުކުރާ ކަމަށްވެސް ސްމޮޓްރިޗް ބުންޏެވެ.

މަސްދަރު: އޭއެފްޕީ

ބެޒަލެލް ސްމޮޓްރިޗްހަމާސްއިޒްރޭލްޣައްޒާއިޒްރޭލު-ހަމާސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލުބުނާނުގައި ހުންނަ އެމެރިކާ އެމްބަސީގެ މުވައްޒަފުން ފޭބުމަށް އަމުރުކޮށްފި

ލުބުނާނުގައި ހުންނަ އެމެރިކާ އެމްބަސީގެ މުވައްޒަފުން ފޭބުމަށް އަމުރުކޮށްފި

23 ފެބުރުއަރީ 2026
އިޒްރޭލަށް އަރަބި ގައުމުތަކުގެ ބިންތައް ލިބުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެ އެމެރިކާގެ އެމްބެސެޑަރު ވާހަކަ ދެއްކުމުން އަރަބި އަދި އިސްލާމީ ގައުމުތަކުން ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ

އިޒްރޭލަށް އަރަބި ގައުމުތަކުގެ ބިންތައް ލިބުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެ އެމެރިކާގެ އެމްބެސެޑަރު ވާހަކަ ދެއްކުމުން އަރަބި އަދި އިސްލާމީ ގައުމުތަކުން ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ

22 ފެބުރުއަރީ 2026
އެމެރިކާ ސަފީރު ހަކަބީ: އިޒްރޭލުން މެދުއިރުމަތީގެ އިތުރު ބިން ހިފިޔަސް މައްސަލައެއް ނެތް

އެމެރިކާ ސަފީރު ހަކަބީ: އިޒްރޭލުން މެދުއިރުމަތީގެ އިތުރު ބިން ހިފިޔަސް މައްސަލައެއް ނެތް

21 ފެބުރުއަރީ 2026
އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

20 ފެބުރުއަރީ 2026
80،000 މުސްލިމުން އަލް-އަޤްޞާގައި ރަމަޟާންގެ ފުރަތަމަ ހުކުރު ނަމާދުކޮށްފި

80،000 މުސްލިމުން އަލް-އަޤްޞާގައި ރަމަޟާންގެ ފުރަތަމަ ހުކުރު ނަމާދުކޮށްފި

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު