Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

މެކްސިކޯ އާއި މެދުތެރޭ އެމެރިކާގެ ވައިގެ ސަރަހައްދުގައި "އަސްކަރީ ހަރަކާތްތަކެއް" ހިންގާ ކަމަށް ބުނެ އެމެރިކާ އިން އިންޒާރު ދީފި

ނެވިގޭޝަން ސެޓެލައިޓް ސިސްޓަމަށް ބުރޫއަރާފާނެތީ ވައިގެ ދަތުރުފަތުރަށް ނުރައްކާތެރި ހާލަތު މެދުވެރިވެދާނެކަމަށް ބުނެ ޕައިލެޓުންނަށް އިރުޝާދު ނެރެފައިވޭ.

ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 08:51
އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް އިން ފައިޓަރ ޖެޓް ތަކެއް އުތުރު ކަނޑުގައި އުދުއްސާލަނީ - ސެޕްޓެމްބަރު  24، 2025.

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް އިން ފައިޓަރ ޖެޓް ތަކެއް އުތުރު ކަނޑުގައި އުދުއްސާލަނީ - ސެޕްޓެމްބަރު 24، 2025. | އޭއެފްޕީ

މެކްސިކޯ އާއި މެދުތެރޭ އެމެރިކާގެ ވައިގެ ސަރަހައްދުގައި "ސިފައިންގެ ހަރަކާތްތަކެއް" ކުރިއަށްދާތީ، އެ ސަރަހައްދުން ދަތުރުކުރާ އެއާލައިންތަކުން "ސަމާލުވުމަށް" އެމެރިކާގެ އޭވިއޭޝަން އިދާރާތަކުން ހުކުރު ދުވަހު އިންޒާރު ނެރެފި އެވެ.

ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އޭ.އޭ) އިން ނެރުނު މެސެޖުތަކެއްގައި ބުނެފައި ވަނީ، ދުނިޔޭގެ ނެވިގޭޝަން ސެޓެލައިޓް ސިސްޓަމަށް ބުރޫއަރާފާނެ ކަމަށް ބެލެވޭތީ، އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމަށެވެ.

އެފް.އޭ.އޭ ގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، މެކްސިކޯ، މެދުތެރޭ އެމެރިކާ، ޕެނަމާ، ބޮގޯޓާ، ގުއަޔަކުއިލް އަދި މަޒަޓްލާންގެ ކަނޑުގެ ސަރަހައްދުތަކުގެ އިތުރުން އިރުމަތީ ޕެސިފިކް ކަނޑުގެ ވައިގެ ސަރަހައްދަށް އަމާޒުކޮށް ޕައިލެޓުންނަށް ހާއްސަ އިރުޝާދުތަކެއް ވަނީ ނެރެފައެވެ.

މި އިރުޝާދު ކުރިއަށް އޮތް 60 ދުވަހުގެ މުއްދަތަށް ދެމިއޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި އެންގުން ނެރެފައި މިވަނީ، ޖެނުއަރީ 3 ވަނަ ދުވަހު އެމެރިކާގެ ސިފައިންގެ ޚާއްސަ ފައުޖުތަކުން ދިން ހަމަލާއެއް ގައި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސް ހައްޔަރުކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ދައުވާ އުފުލުމަށް ގެންދިޔަ ހާދިސާގެ އަސަރުތައް އަދިވެސް ދެމިއޮތް ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން، އެމެރިކާގެ އަވަށްޓެރި އަދި ވިޔަފާރީގެ މުހިންމު ބައިވެރިއެއް ކަމަށްވާ މެކްސިކޯ ގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ނެޓްވޯކްތަކަށް އަމާޒުކޮށް އެއްގަމު މަގުން ހަމަލާދިނުމަށް ރޭވުންތަކެއް ހުރި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފަ އެވެ. މިއީ އެ ގައުމާ ދެކޮޅަށް ހިންގޭ ކުރިމަތިލުމަކަށް ވެދާނެ ކަމަށް ބެލެވެ އެވެ.

"މަސްތުވާތަކެތީގެ ކާޓެލްތަކާ ގުޅިގެން އަޅުގަނޑުމެން މިހާރު މި ފަށަނީ އެއްގަމު މަގުން ހަމަލާދޭން. މެކްސިކޯގެ ކޮންޓްރޯލް އޮތީ އެ ކާޓެލްތަކުގެ އަތްމަތީގައި،" ވޭތުވެދިޔަ ހަފުތާގައި ފޮކްސް ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

މެކްސިކޯއެފް.އޭ.އޭނިކޮލަސް މަދޫރޯވެނެޒުއޭލާރައީސް ޑޮނަލްޑް ޓްރަމްޕްމަސްތުވާތަކެތީގެ ކާޓެލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަދޫރޯ ހައްޔަރު ކުރުމަށް އެމެރިކާ އިން ހިންގި އޮޕަރޭޝަންގައި ވެނެޒުއެލާގެ 47 ސިފައިންގެ އޮފިސަރުން މަރުވި

މަދޫރޯ ހައްޔަރު ކުރުމަށް އެމެރިކާ އިން ހިންގި އޮޕަރޭޝަންގައި ވެނެޒުއެލާގެ 47 ސިފައިންގެ އޮފިސަރުން މަރުވި

17 ޖެނުއަރީ 2026
އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު، ވެނެޒުއެލާގެ ވަގުތީ ރައީސްއާ ބައްދަލު ކުރައްވައިފި

އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު، ވެނެޒުއެލާގެ ވަގުތީ ރައީސްއާ ބައްދަލު ކުރައްވައިފި

17 ޖެނުއަރީ 2026
ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި

ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި

17 ޖެނުއަރީ 2026
ބައިނަލްއަޤުވާމީ މަސްރަޙު ދުވަހުން ދުވަހަށް ދަނީ ނުރައްކާވަމުން

ބައިނަލްއަޤުވާމީ މަސްރަޙު ދުވަހުން ދުވަހަށް ދަނީ ނުރައްކާވަމުން

15 ޖެނުއަރީ 2026
ސުލްޙަ އަށް ހުރަސް އަޅަނީ ޔޫކްރެއިން އިން، ރަޝިޔާާ އަކުން ނޫން: ޓްރަމްޕް

ސުލްޙަ އަށް ހުރަސް އަޅަނީ ޔޫކްރެއިން އިން، ރަޝިޔާާ އަކުން ނޫން: ޓްރަމްޕް

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު