Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑްކަޕް

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް 50 މިލިއަން ޑޮލަރު ގެ އިނާމު ދޭން ނިންމައިފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ޖުމްލަ އިނާމަކީ 655 މިލިއަން ޑޮލަރު ކަމަށާއި މިއީ ގަތަރުގައި ބޭއްވި ކުރީގެ މުބާރާތާ އަޅާބަލާއިރު 50 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ފީފާއިން ބުނެފިއެވެ. ދެވަނަ ހޯދާ ޓީމަށް 33 މިލިއަން ޑޮލަރާއި ބައިވެރިވާ 48 ގައުމަށް ތައްޔާރުވުމުގެ ހަރަދަށް 1.5 މިލިއަން ޑޮލަރު ކޮންމެ ޓީމަކަށް ލިބިގެންދާނެއެވެ.

ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 10:39
2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕް ގައި ޗެމްޕިއަންސް ޓްރޮފީ އާޖެންޓިނާގެ ކެޕްޓަން ލަޔަނެލް މެސީ އުފުލާލަނީ

2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕް ގައި ޗެމްޕިއަންސް ޓްރޮފީ އާޖެންޓިނާގެ ކެޕްޓަން ލަޔަނެލް މެސީ އުފުލާލަނީ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ރެކޯޑް އަދަދެއް ކަމަށްވާ 50 މިލިއަން ޑޮލަރުގެ އިނާމު ދޭން ނިންމައިފި ކަމަށް ފުޓްބޯޅައިގެ މައި އިދާރާ -ފީފާ އިން ބުނެފި އެވެ.

މި އަދަދަކީ 2022 ވަނަ އަހަރު ދިން 42 މިލިއަން ޑޮލަރާއި 2018 ވަނަ އަހަރު ދިން 38 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ނަމަވެސް މިއީ މި އަހަރުގެ ކުރީކޮޅު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕް ގައި ދޭން ކަނޑައެޅި އަދަދުގެ ދެބައިކުޅަ އަދަދަށްވުރެ މަދު އަދަދެކެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް - އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ އިރު ޖުމްލަ އިނާމުގެ ގޮތުގައި 655 މިލިއަން ޑޮލަރު ކަނޑައަޅާފައިވާ ކަމަށާއި، މިއީ ގަތަރުގައި ބޭއްވި ކުރީގެ މުބާރާތާ އަޅާބަލާއިރު 50 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ފީފާ އިން ބުންޏެވެ.

ފީފާ ކްލަބް ވޯލްޑް ކަޕް މުބާރާތް 7 ޓީމުން 32 ޓީމަށް ވަރަށް ބޮޑަށް ފުޅާކޮށްފައިވާއިރު، އެ މުބާރާތައް ޖުމްލަ އިނާމުގެ ގޮތުގައި 1 ބިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ. ޗެމްޕިއަން ޓީމަށް ލިބޭ އިނާމުގެ އަގަކީ 125 މިލިއަން ޑޮލަރު ކަމަށް ހަޖައްސާފައިވާއިރު، މި މުބާރާތަކީ ކުޅުންތެރިންނާއި ލީގުތަކުން ވަރަށް ބޮޑަށް ދެކޮޅު ހެދި އަދި ބައެއް މެޗުތަކަށް މަދު ބަޔަކު ހާޒިރުވި މުބާރާތެކެވެ.

އެމެރިކާ ގައި ބޭއްވި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރީ ޗެލްސީއިންނެވެ.

އިނާމު ފައިސާ ގެ އިތުރަށް، ބައިނަލްއަގްވާމީ ފެންވަރުގައި ފުޓްބޯޅަ ތަރައްގީކުރުމަށް ފީފާ އިން އިތުރު ފައިސާ ދެއެވެ.

ދޯހާ ގައި ބޭއްވި ފީފާ ގެ ކައުންސިލްގެ ބައްދަލުވުމެއްގައި ވޯލްޑް ކަޕްގެ ކޮންމެ ސްޓޭޖަކަށް ދޭ ފައިސާ ގެ އިނާމު މިހާރު ވަނީ ފާސް ކޮށްފަ އެވެ.

މުބާރާތުން ދެވަނަ ހޯދާ ޓީމަށް 33 މިލިއަން ޑޮލަރު ލިބިގެންދާއިރު، ތިންވަނަ އަދި ހަތަރުވަނަ ހޯދާ ޓީމުތަކަށް 29 މިލިއަން ޑޮލަރާއި 27 މިލިއަން ޑޮލަރު ލިބިގެންދާނެއެވެ.

ބައިވެރިވާ 48 ގައުމަށް ފީފާއިން ބުނި ގޮތުގައި "ތައްޔާރުވުމުގެ ހަރަދުތައް" ކަވަރުކުރުމަށް 1.5 މިލިއަން ޑޮލަރު ލިބިގެންދާނެއެވެ.

ޖުމްލަ 727 މިލިއަން ޑޮލަރު ބައިވެރިވާ ފުޓްބޯޅަ ފެޑަރޭޝަންތަކަށް ބެހިގެންދާނެ ކަމަށް ފީފާ އިން ބުންޏެވެ.

ބައިވެރިވާ ގައުމުތަކަށް ދޭ ފައިސާ ކުޅުންތެރިންނަށް ބަހާ ގޮތް ސާފުވެފައެއް ނުވެއެވެ. ނަމަވެސް އެންމެ ފަހުގެ ވޯލްޑް ކަޕްގައި، ފަރަންސޭސިވިލާތުގެ ނޫހަކުން ރިޕޯޓްކުރި ގޮތުގައި ފަރަންސޭސިވިލާތުގެ ކުޅުންތެރިންނަށް ޓްރޮފީ ކާމިޔާބު ކޮށްފި ނަމަ،  ފެޑަރޭޝަނުން 586،000 ޑޮލަރުގެ ބޯނަސް ކޮންމެ ކުޅުންތެރި އަކަށް ދޭ ގޮތަށް އޮތީ ހަމަޖައްސާފަ އެވެ. އެހެން ނަމަވެސް ފައިނަލު ގައި ފަރަންސޭސިވިލާތް އާޖެންޓީނާ އާ ބައްދަލުކޮށް ބަލިވިއެވެ.

ފީފާ ވޯލްޑް ކަޕް 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު