Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހައްމަދު އަގީލް

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި

އަގީލްގެ މައްޗަށް އޮތީ މަނީލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ. އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ފީފާގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި މިހާރު 23 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން.

އަލީ ޝާހީން
އަލީ ޝާހީން | 30 ޖެނުއަރީ 2026 | ހުކުރު 08:24
ފީފާއިން އެފްއޭއެމަށް ފޮނުވި ފައިސާ ލޯންޑާކުރަން އެހީތެރިވި މައްސަލައިގެ ތުހުމަތުވާ މުހައްމަދު އަގީލް

ފީފާއިން އެފްއޭއެމަށް ފޮނުވި ފައިސާ ލޯންޑާކުރަން އެހީތެރިވި މައްސަލައިގެ ތުހުމަތުވާ މުހައްމަދު އަގީލް | ޕޮލިސް މީޑިޔާ

ފުޓުބޯޅައިގެ ގައުމީ މައި އިދާރާ، އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އެ ތަނުގެ ފިނޭންސް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ މުހައްމަދު އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި އެވެ.

އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން އެ އިދާރާގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އޮތީ ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައެވެ. އެއީ، ބައްސާމްގެ ހިޔާނާތާ ގުޅިގެން ހެކިބަސް ނެގުމަށެވެ. އަގީލްގެ މައްޗަށް ވެސް އޮތީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

Advertisement - newsAdvertisement

އެނގިފައިވާ ގޮތުގައި އަގީލް ތައިލޭންޑްގައި ހިފަހައްޓާފައިވަނީ ވިސާ ވަޔަލޭޝަންގެ މައްސަލައަކާ ގުޅިގެންނެވެ. އަދި، އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެފައިވުމާ އެކު، އެ ގައުމުގެ ކަމާ ބެހޭ އިދާރާއިން އެކަން ދިވެހި ފުލުހުންނަށް އަންގާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެހެން ނަމަވެސް މިކަމުގެ އިތުރު ތަފްސީލު ލިބިފައެއް ނުވެ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ ތަނުގެ ފައިސާއިން އަމިން ކޮންސްޓްރަކްޝަންގެ ލަގްޒަރީ އެޕާޓްމަންޓެއް ގަތް މައްސަލާގައި އަގީލްގެ މައްޗަށް ކޮށްފައިވަނީ މަނީލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.

ނަމަވެސް އަގީލް އުޅޭ ތަނެއް ނޭނގޭތީ، އޭނާ ގެ ބައި ކުރިއަށް ނުގޮސް އޮތީ މަޑުޖެހިފަ އެވެ. އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރެއް ވެސް ނެރެފަ އެވެ. ފީފާއިން ދިން ފައިސާއަށް ހިޔާނަތްތެރިވުމާއި މަނީލޯންޑާ ކުރުމުގެ ދައުވާތަކެއް ސާބިތުވެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު މިހާރު ވެސް އަންނަނީ 23 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ބައްސާމާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފަ އެވެ.

އެފްއޭއެމް ތައިލެންޑްބައްސާމް އަދީލް ޖަލީލްއިންޓަރޕޯލްފީފާ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2026

ތައިލެންޑުގައި ކެރޭނެއް ވެއްޓި ބަޔަކު މަރުވިތާ އެއް ދުވަސް ފަހުން އަނެއްކާ ވެސް ކެރޭނެއް ވެއްޓި ބަޔަކު މަރުވެއްޖެ

15 ޖެނުއަރީ 2026
ތައިލެންޑުގައި ކެރޭނެއް ވެއްޓި ބަޔަކު މަރުވިތާ އެއް ދުވަސް ފަހުން އަނެއްކާ ވެސް ކެރޭނެއް ވެއްޓި ބަޔަކު މަރުވެއްޖެ
15 ޖެނުއަރީ 2026

ވޯލްޑް ކަޕް މެޗުތަކަށް 500 މިލިއަނަށް ވުރެ ގިނަ ޓިކެޓުގެ ބުކިން ހަދައިފި

15 ޖެނުއަރީ 2026
ވޯލްޑް ކަޕް މެޗުތަކަށް 500 މިލިއަނަށް ވުރެ ގިނަ ޓިކެޓުގެ ބުކިން ހަދައިފި
14 ޖެނުއަރީ 2026

ތައިލެންޑުގައި ދުއްވަމުންދިޔަ ރޭލެއްގެ މައްޗަށް، ކެރޭނެއް ވެއްޓި މަދުވެގެން 32 މީހުން މަރުވެ، 66 މީހަކަށް އަނިޔާވެއްޖެ

14 ޖެނުއަރީ 2026
ތައިލެންޑުގައި ދުއްވަމުންދިޔަ ރޭލެއްގެ މައްޗަށް، ކެރޭނެއް ވެއްޓި މަދުވެގެން 32 މީހުން މަރުވެ، 66 މީހަކަށް އަނިޔާވެއްޖެ
09 ޖެނުއަރީ 2026

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

09 ޖެނުއަރީ 2026
ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް
06 ޖެނުއަރީ 2026

އަމިން ކޮންސްޓްރަކްޝަން ގެ މައްޗަށް މަނީލޯންޑަރިންގ އަށް އެހީވުމުގެ ދައުވާ ސާބިތު ނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރަނީ

06 ޖެނުއަރީ 2026
އަމިން ކޮންސްޓްރަކްޝަން ގެ މައްޗަށް މަނީލޯންޑަރިންގ އަށް އެހީވުމުގެ ދައުވާ ސާބިތު ނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު