Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަހީބު އިބްރާހިމް

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ޕީއެންސީ އެކްޓިވިސްޓް ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް

މަސްތުވާތަކެތީގެ މައްސަލައެއްގައި 50 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޝަހީބު އިބްރާހީމަށް، އެހެން މީހަކު ދައްކަންޖެހޭ 650،000 ރުފިޔާ ތިން މަސް ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި. މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވުމާ ހަމައަށް އޭނާއަކީ މިހާރު ވެރިކަން ކުރާ ޕީއެންސީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވި އެ ޕާޓީގެ އިސް އެކްޓިވިސްޓެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 18:01
މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޕީއެންސީގެ އެކްޓިވިސްޓް ޝަހީބް އިބްރާހިމް.

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޕީއެންސީގެ އެކްޓިވިސްޓް ޝަހީބް އިބްރާހިމް. | ސޯޝަލް މީޑިއާ

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޕީއެންސީގެ އެކްޓިވިސްޓް ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހީމަށް 650،000 ރުފިޔާ ދެއްކުމަށް ށ. ފޯކައިދޫ މީހެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ފައިސާއަކީ އެއްބަސްވުމަކާ ގުޅިގެން އުފެދުނު ހިލާފެއްގައި ޝަހީބުގެ ފަރާތުން ހޯދަން އެދިފައިވާ ފައިސާއެކެވެ.

ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމުގައިވަނީ، ޝަހީބު އިބްރާހީމް ގެ ފަރާތުން ށ. ފޯކައިދޫ އައްސޭރި، އަހްމަދު އަޝްފާގް އާ ދެކޮޅަށް ހުށަހެޅި މައްސަލައަށް ރިއާޔަތްކޮށް، ތިން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ޝަހީބަށް ދައްކައި ހަލާސް ކުރުމަށެވެ. މިއީ 2019 ވަނަ އަހަރު ޝަހީބު، އަޝްފާގަށް ދިން ކަމަށް ބުނާ 650،000 ރުފިޔާ އަނބުރާ ހޯދުމަށް ހުށަހެޅި މައްސަލައެ ކެވެ.

މި މައްސަލާގައި ޝަހީބުގެ ފަރާތުން ކޯޓުގައި އެދިފައިވަނީ، 650،000 ރުފިޔާގެ އިތުރުން އެ ފައިސާ ނުދައްކައި ހިނގި މުއްދަތަށް މަހަކު 65،000 ރުފިޔާގެ މަގުން ޖޫރިމަނާ ހިމަނައިގެން ޖުމްލަ ދެ މިލިއަނެއްހާ ރުފިޔާ އަޝްފާގު ގެ ފަރާތުން ނަގައިދިނުމަށެވެ. ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ ފައްޔާޒް ޝާތިރު ކުރެއްވި ހުކުމުގައި ޖޫރިމަނާގެ ބައި ހިމަނާފައެއް ނުވެ އެވެ. ގާޒީ ހުކުމް ކުރެއްވީ ޝަހީބު އަޝްފާގަށް ދިން ފައިސާ ކަމަށްވާ 650،000 ރުފިޔާ ދެއްކުމަށެވެ.

ޝަހީބަށް މި ފައިސާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރިއިރު، އޭނާ މިހާރު ވެސް ގެންދަނީ 50 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ 2020 ވަނަ އަހަރު ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެންނެވެ. ޖަލު ހުކުމުގެ އިތުރުން، އެ މައްސަލާގައި 10 މިލިއަން ރުފިޔާ އިން ޝަހީބު ޖޫރިމަނާކޮށް، އެ ފައިސާ ދައުލަތަށް ދެއްކުމަށް ވެސް މިދިޔަ ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ މިހާރު އޮތީ ޝަހީބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ޝަހީބު އިބްރާހީމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހައުސިންގ މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރެއްވި މީހެކެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވުމާ ހަމައަށް އޭނާއަކީ މިހާރު ވެރިކަން ކުރާ ޕީއެންސީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވި އެ ޕާޓީގެ އިސް އެކްޓިވިސްޓެކެވެ.

ޝަހީބު އިބްރާހިމްޕީއެންސީގއ. ވިލިނގިލިށ ފޯކައިދޫސިވިލް ކޯޓުމަސްތުވާތަކެތި ޓްރެފިކްކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލްސާގެ ކޯރަމް ހަމަނުވެގެން އިއުލާނު ކުރާ ފަހުން މީހަކު ވަނުމަކުން ކޯރަމް ހަމަވިކަމަކަށް ނުބެލެވޭނެ: އާޒިމް

ޖަލްސާގެ ކޯރަމް ހަމަނުވެގެން އިއުލާނު ކުރާ ފަހުން މީހަކު ވަނުމަކުން ކޯރަމް ހަމަވިކަމަކަށް ނުބެލެވޭނެ: އާޒިމް

17 ފެބުރުއަރީ 2026
ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

17 ފެބުރުއަރީ 2026
ދިވެހި ގާނޫނުއަސާސީ މުގުރާލުމަށްފަހު ބައިނަލްއަގުވާމީ ގާނޫނުވެސް ފުނޑާލެވިދާނެ ކަމަށް ހީކުރީތޯ؟

ދިވެހި ގާނޫނުއަސާސީ މުގުރާލުމަށްފަހު ބައިނަލްއަގުވާމީ ގާނޫނުވެސް ފުނޑާލެވިދާނެ ކަމަށް ހީކުރީތޯ؟

15 ފެބުރުއަރީ 2026
އައު ޑޮމެސްޓިކް ޓަރމިނަލްތަ؟ ނޫނީ ޕީއެންސީ ޖަގަހައެއްތަ؟

އައު ޑޮމެސްޓިކް ޓަރމިނަލްތަ؟ ނޫނީ ޕީއެންސީ ޖަގަހައެއްތަ؟

15 ފެބުރުއަރީ 2026
ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި

ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި

15 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު