Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ބަޔާން 2026

ރިޔާސީ ބަޔާން 2026: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް އާއި، ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދުގެ ނަން އިއްވައި މަޖިލީހުން ނިކުތުމަށް އަންގަވާފައި. އޭގެ ފަހުން ރިޔާސަތުން ވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރު މޫސާގެ ނަން އިއްވަން މަސައްކަތް ކޮށްފައި. ނަމަވެސް، ފަހުން ނަން އިއްވާފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ފެބުރުއަރީ 2026 | ބުރާސްފަތި 04:55
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަނީ

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަނީ | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއި، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީީޕީ)ގެ މެމްބަރުން އިހުތިޖާޖު ކުރަން ފެށުމުން، މެމްބަރުންގެ ނަން އިއްވައިފި އެވެ.

ރައީސް މުޢިއްޒު ރިޔާސީ ބަޔާން އިއްވަން ފެށުމާ އެކު، އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލީހުގައި އިހުތިޖާޖު ކުރަން ފަށައިފަ އެވެ. އެގޮތުން މެމްބަރުން ވަނީ ކަށި ގަނޑު ބޭނުން ކޮށްގެން މަޖިލީހުގައި އަޑު ގަދަ ކުރަން ފަށައިފަ އެވެ. އޭގެ ފަހުން އެކި ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން މެމްބަރުން ވަނީ، ރައީސް މުޢިއްޒުގެ ކުރިފުޅުމަތީގައި އިހުތިޖާޖު ކޮށްފަ އެވެ. 

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް އާއި، ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދުގެ ނަން އިއްވައި މަޖިލީހުން ނިކުތުމަށް އަންގަވައިފަ އެވެ. އޭގެ ފަހުން ރިޔާސަތުން ވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރު މޫސާގެ ނަން އިއްވަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، ފަހުން ނަން އިއްވާފައި ނުވެ އެވެ.

އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކޮށްފައި ވަނީ، ރައީސް މުޢިއްޒު އިއްވަވާ ރިޔާސީ ބަޔާނުގައި ދޮގު ހައްދަވާ ކަމަށް ފާހަގަކޮށެވެ. އެގޮތުން 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ގިނަ ވާހަކަ ތަކެއް ދައްކަވައި، ވައުދު ތަކެއް ވެވަޑައިގެންފައި ވީ ނަމަވެސް، މިހާތަނަށް އައިއިރު އެކަންކަން ފުރިހަމަ ވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ. 

ރިޔާސީ ބަޔާން 2026އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2026

ރައީސް ވަހީދު ގެ މައްޗަށް ތަހުގީގު ހިންގުމަކީ ރައީސް މުއިއްޒު ކުރައްވަންޖެހޭނެ ކަމެއް: ރީކޯ މޫސަ

05 ފެބުރުއަރީ 2026
ރައީސް ވަހީދު ގެ މައްޗަށް ތަހުގީގު ހިންގުމަކީ ރައީސް މުއިއްޒު ކުރައްވަންޖެހޭނެ ކަމެއް: ރީކޯ މޫސަ
03 ފެބުރުއަރީ 2026

ސަރުކާރުގެ ހެޔޮކަން ދައްކަން ޖެހެނީ މަސް ދަޅު ކޭސް ބަހައިގެނެއް ނޫން!

03 ފެބުރުއަރީ 2026
ސަރުކާރުގެ ހެޔޮކަން ދައްކަން ޖެހެނީ މަސް ދަޅު ކޭސް ބަހައިގެނެއް ނޫން!
02 ފެބުރުއަރީ 2026

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ

02 ފެބުރުއަރީ 2026
ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ
01 ފެބުރުއަރީ 2026

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާދެއްވައިފި

01 ފެބުރުއަރީ 2026
އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާދެއްވައިފި
31 ޖެނުއަރީ 2026

ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!

31 ޖެނުއަރީ 2026
ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!
30 ޖެނުއަރީ 2026

ބޮޑު ވަޒީރު މޯދީ ރައީސް މުއިއްޒު އަށް ޝުކުރު އަދާ ކުރައްވާ ކުރެއްވި ޕޯސްޓެއް، އޭއައި ގްރޮކް އިން ތަރުޖަމާ ކޮށް އާންމު ކުރި އިރު އޮންނަނީ މި ސަރުކާރުގައި ތިބީ އިންޑިއާ އާ ދެކޮޅު ހަރަކާތުގައި ކުރީ ސަފުގައި ތިބި މީހުން ކަމަށް!

29 ޖެނުއަރީ 2026

އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"

29 ޖެނުއަރީ 2026
އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"
28 ޖެނުއަރީ 2026

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

28 ޖެނުއަރީ 2026
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ
27 ޖެނުއަރީ 2026

ހައްތަހާ ވެސް ނޭތާޖީ!

27 ޖެނުއަރީ 2026
ހައްތަހާ ވެސް ނޭތާޖީ!
27 ޖެނުއަރީ 2026

"ޝަހީދު ޢަލީ" ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ދިން މުއިއްޒު ގެ ފޮޓޯ ޖެހި ލިޔުމަށް އެތައް ބައެއް ގެ ފާޑުކިޔުން!

27 ޖެނުއަރީ 2026
"ޝަހީދު ޢަލީ" ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ދިން މުއިއްޒު ގެ ފޮޓޯ ޖެހި ލިޔުމަށް އެތައް ބައެއް ގެ ފާޑުކިޔުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު