Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުޅަނގު އައްސޭރި

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ މިލްކަކަށް ހަދަން ފާސް ކޮށްފި

15 ފެބުރުއަރީ 2026 | އާދީއްތަ 14:19

ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރުމަށް އެ ގައުމުގެ ކެބިނެޓުން ނިންމި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، ނުރައްކާތެރި ފިޔަވަޅެއް ކަމަށް ބުނެ ފަލަސްތީނުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި.

ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2026 | އާދީއްތަ 14:19
އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޮންގެ ދެކުނުން އޮންނަ ސަރަހައްދުގައި ހިމެނޭ ފަލަސްތީނުގެ އުއްމު އަލް-ޚައިރު އަވަށާ ކައިރީގައި، އިޒްރޭލުގެ ވަޒަންވެރިން އަލަށް ބިނާކޮށްފައިވާ މޮބައިލް ގެތަކެއް ފެންނަ މަންޒަރު.

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޮންގެ ދެކުނުން އޮންނަ ސަރަހައްދުގައި ހިމެނޭ ފަލަސްތީނުގެ އުއްމު އަލް-ޚައިރު އަވަށާ ކައިރީގައި، އިޒްރޭލުގެ ވަޒަންވެރިން އަލަށް ބިނާކޮށްފައިވާ މޮބައިލް ގެތަކެއް ފެންނަ މަންޒަރު. | ގެޓީ އިމޭޖަސް

އިޒްރޭލުން 1967 ވަނަ އަހަރު ހުޅަނގު އައްސޭރި (ވެސްޓް ބޭންކް) ހިފި ފަހުން ފުރަތަމަ ފަހަރަށް، އެ ސަރަހައްދުގެ ބޮޑު ބައެއް "ދައުލަތުގެ މިލްކިއްޔާތު"ގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ހުށަހެޅުމެއް އިޒްރޭލު ސަރުކާރުން ފާސްކޮށްފިއެވެ.

އިޒްރޭލުގެ ދައުލަތުގެ މީޑިއާ، ކާން އިން އާދީއްތަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހުށަހެޅުމަކީ އެ ގައުމުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސުމޮޓްރިޗް އާއި، ޖަސްޓިސް މިނިސްޓަރު ޔާރިވް ލެވިންގެ އިތުރުން ޑިފެންސް މިނިސްޓަރު އިޒްރޭލް ކަޓްޒް ހުށަހެޅި ހުށަހެޅުމެކެވެ. މިކަމާ ގުޅިގެން ސުމޮޓްރިޗް ބުނީ، އެންމެހައި ބިންތަކުގެ ކޮންޓްރޯލް ހޯދުމަށްޓަކައި ހިންގާ "ވަޒަންވެރިވުމުގެ އިންގިލާބު" ކުރިއަށް ގެންދާނެ ކަމަށެވެ.

ފަލަސްތީނުގެ ގިނަ ބިންތަކަކީ ރަސްމީކޮށް ރަޖިސްޓްރީ ކުރެވިފައިވާ ބިންތަކެއް ނޫނެވެ. އެއީ ބިން ރަޖިސްޓްރީ ކުރުމަކީ ދިގު އަދި އުނދަގޫ މަރުހަލާއަކަށް ވެފައި، 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން އެ މަސައްކަތް ހުއްޓުވާފައިވާތީއެވެ. ބިން ރަޖިސްޓްރީ ކުރުމަކީ އެ ބިމެއްގެ ދާއިމީ މިލްކުވެރިކަން ކަނޑައެޅޭ ކަމަކަށް ވާއިރު، ބައިނަލްއަގުވާމީ ގާނޫނުތައް ބުނާގޮތުން އިސްތިއުމާރުކޮށްގެން އުޅޭ ބާރަކަށް އެ ސަރަހައްދެއްގެ ބިންތައް އަތުލުމުގެ ހައްގެއް ނޯވެއެވެ. ފަލަސްތީނުގެ ރިޔާސަތުން ވަނީ އިޒްރޭލު ސަރުކާރުގެ މި ނިންމުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަލަސްތީނުން ބުނެފައިވަނީ މިއީ މަސްލަހަތު ގޯސްވެގެންދާނެ "ނުރައްކާތެރި ފިޔަވަޅެއް" ކަމަށާއި، މި ނިންމުމުގެ ސަބަބުން ކުރިން ސޮއިކޮށްފައިވާ އެއްބަސްވުންތައް އުވި، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ސީދާ ޚިލާފުވާ ކަމަށެވެ.

ޖެރޫސަލަމް ޕޯސްޓް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑިފެންސް މިނިސްޓަރު ކަޓްޒް މި ފިޔަވަޅު ސިފަކުރީ އެ ސަރަހައްދުގައި އިޒްރޭލުގެ ބާރުވެރިކަމާއި، ގާނޫނު ތަންފީޒުކުރުމާއި، މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު ކަށަވަރުކުރުމަށްޓަކައި އެޅި "ސަލާމަތީ އަދި އިދާރީ މުހިންމު ފިޔަވަޅެއް" ގެ ގޮތުގައެވެ.

މިދިޔަ ހަފުތާގައި އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ވަނީ، ހިފާފައިވާ ހުޅަނގު އައްސޭރީގައިވާ ފަލަސްތީނުގެ ބިންތައް ޣައިރު ގާނޫނީ ގޮތެއްގައި އަތުލުމަށް މަގުފަހިވާނެ ގޮތަށް ސުމޮޓްރިޗް އާއި ކަޓްޒް ހުށަހެޅި އިތުރު ފިޔަވަޅުތަކެއްވެސް ފާސްކޮށްފައެވެ.

‘ބާތިލު ނިންމުމެއް’

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވަނީ މި ނިންމުން ކުށްވެރިކޮށް، މިއީ "ދައުލަތުގެ ބިންތަކުގެ" ނަމުގައި ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަނެ، އެ ތަންތަނަކީ ޔަހޫދީންގެ ތަންތަނަށް ހެދުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފައެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ "ޣައިރު ގާނޫނީ އިސްތިއުމާރީ ބާރަކުން ނެރެފައިވާ ބާތިލު ނިންމުމެއް" ކަމަށެވެ.

އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތަކާ ކަނޑައެޅިގެން ޚިލާފަށް، ބާރުގެ ބޭނުންކޮށްގެން އެ ސަރަހައްދުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ކުރާ މަސައްކަތެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ފަލަސްތީނުގެ ބިންތައް ރަސްމީކޮށް އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމަށް (އެނެކްސޭޝަން) އެޅި ފިޔަވަޅެކެވެ. އަދި އިޒްރޭލުގެ މިނިސްޓަރުން ބުނާ "ގާނޫނީ ހުރަސްތައް" ނައްތާލައި، ޣައިރު ގާނޫނީ ގޮތުން ޔަހޫދީން ވަޒަންވެރިކުރުވާ އާބާދީތައް ފުޅާކުރުމަށް މަގުފަހިކުރުމުގެ ސަބަބުން، އެ ސަރަހައްދުގެ މަދަނީ އަދި ގާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށްވެސް އެ ފަރާތްތަކުން އިންޒާރުދެއެވެ.

ރާމަﷲ ގައި ހުންނަވައި އަލްޖަޒީރާ އާ ވާހަކަދައްކަވަމުން ސިޔާސީ ދިރާސާވެރިޔާ ޒާވިއާ އަބޫ އީދު ވިދާޅުވީ، އިޒްރޭލުން މަސައްކަތް ކުރަނީ ބިންތައް މިލްކުކުރުމުގެ ސިޔާސަތު އިދާރީ ނިންމުމެއްގެ ތެރެއިން ތަންފީޒުކުރުމަށް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރު ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ) އިން ވަނީ އިޒްރޭލުގެ އަމަލުތަކަކީ ހުޅަނގު އައްސޭރީގެ ބިންތައް އަތުލައިގަތުން (އެނެކްސޭޝަން) ކަމަށް ކަނޑައަޅާފައެވެ.

"މިއީ ހަމައެކަނި ބިންތައް އަތުލުމަށް އަޅާ ފިޔަވަޅެއް ނޫންކަން ދަންނަންޖެހޭ. މިއަދު އަޅުގަނޑުމެން މިދެކެނީ ބިންތައް އަތުލައިގަންނަމުންދާ މަންޒަރު. އިޒްރޭލު ސަރުކާރުން މިކުރަނީ ކުރިންވެސް އިއުލާންކޮށްފައިވާ އެމީހުންގެ ސިޔާސީ އެޖެންޑާ ތަންފީޒުކުރުމުގެ މަސައްކަތް،" އޭނާ ވިދާޅުވިއެވެ.

އިޒްރޭލް-ފަލަސްޠީންވެސްޓް ބޭންކްބެޒަލެލް ސްމޮޓްރިޗްހަމާސްއިޒްރޭލް ކަޓްޒްހޫނު ހަބަރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަަތަމަ ބައްދަލުވުމުގައި އިޒްރޭލްގެ ފޮރިން މިނިސްޓަރު ބައިވެރި ވާނެ

15 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަަތަމަ ބައްދަލުވުމުގައި އިޒްރޭލްގެ ފޮރިން މިނިސްޓަރު ބައިވެރި ވާނެ
12 ފެބުރުއަރީ 2026

ހަމާސް: އީރާނަށް ދޭ ކޮންމެ ހަމަލާ އަކީ އިސްލާމީ އުންމަތަށް ދޭ ހަމަލާ އެއް

12 ފެބުރުއަރީ 2026
ހަމާސް: އީރާނަށް ދޭ ކޮންމެ ހަމަލާ އަކީ އިސްލާމީ އުންމަތަށް ދޭ ހަމަލާ އެއް
12 ފެބުރުއަރީ 2026

އިޒްރޭލް އިން، ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ ގުޅިއްޖެ

12 ފެބުރުއަރީ 2026
އިޒްރޭލް އިން، ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ ގުޅިއްޖެ
11 ފެބުރުއަރީ 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި
11 ފެބުރުއަރީ 2026

ނަތަންޔާހޫ ކުއްލި ގޮތަކަށް އެމެރިކާ އަށް މި ވަޑައިގަތީ ކޮން ކަމަކު؟

11 ފެބުރުއަރީ 2026
ނަތަންޔާހޫ ކުއްލި ގޮތަކަށް އެމެރިކާ އަށް މި ވަޑައިގަތީ ކޮން ކަމަކު؟
10 ފެބުރުއަރީ 2026

އިޒްރޭލުން ޣައްޒާ ގައި ބޭނުންކުރި އިންތިހާ އަށް ނުރައްކާތެރި ހަތިޔާރުގެ ސަބަބުން ފަލަސްތީނުގެ 2،842 މީހުންގެ ހަށިގަނޑު އާތްވަށް ބަދަލުވެ ވީ ނުވީ އެއް ނޭނގުނު!

10 ފެބުރުއަރީ 2026
އިޒްރޭލުން ޣައްޒާ ގައި ބޭނުންކުރި އިންތިހާ އަށް ނުރައްކާތެރި ހަތިޔާރުގެ ސަބަބުން ފަލަސްތީނުގެ 2،842 މީހުންގެ ހަށިގަނޑު އާތްވަށް ބަދަލުވެ ވީ ނުވީ އެއް ނޭނގުނު!
10 ފެބުރުއަރީ 2026

އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ އަދި ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި

10 ފެބުރުއަރީ 2026
އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ އަދި ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި
09 ފެބުރުއަރީ 2026

ހުޅަނގު އައްސޭރީގައި ބާރު ގަދަ ކުރަން އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތައް އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި

09 ފެބުރުއަރީ 2026
ހުޅަނގު އައްސޭރީގައި ބާރު ގަދަ ކުރަން އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތައް އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2026

އިޒްރޭލުން ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އިންތިޒާމު ފައިނަލްކޮށްފި

09 ފެބުރުއަރީ 2026
އިޒްރޭލުން ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އިންތިޒާމު ފައިނަލްކޮށްފި
09 ފެބުރުއަރީ 2026

ހަމާސް ގެ ލީޑަރު: ހަތިޔާރު ބަހައްޓަން އެއްބަހެއް ނުވާނަން، ބޭރުގެ ބާރުތަކަކަށް ޣައްޒާ ނުހިންގޭނެ

09 ފެބުރުއަރީ 2026
ހަމާސް ގެ ލީޑަރު: ހަތިޔާރު ބަހައްޓަން އެއްބަހެއް ނުވާނަން، ބޭރުގެ ބާރުތަކަކަށް ޣައްޒާ ނުހިންގޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް