Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްރަމަޟާން

ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ

17 ފެބުރުއަރީ 2026 | އަންގާރަ 15:20

ސައުދީ އަރަބިއްޔާއަށް ރަމަޟާން މަހުގެ ހަނދު ފެނިފައިވާތީ، ބުދަ ދުވަހަކީ އެ ގައުމަށް ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އެ ގައުމުގެ ސުޕްރީމް ކޯޓުން އަންގާރަ ދުވަހުގެ ރޭ ވަނީ އިއުލާނު ކޮށްފަ.

ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2026 | އަންގާރަ 15:20
ރަމަޟާން މަހުގެ ފެށުމާއި، ފިޠުރު ޢީދާއި އަދި އަޟްޙާ ޢީދު ފަދަ އިސްލާމީ ބޮޑެތި މުނާސަބަތުތައް ފެށޭ ތާރީޚު ކަނޑައެޅުމަށްޓަކައި، ހަނދު ބެލުމަކީ އިސްލާމީ މުޖުތަމަޢުތަކުގައި ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ އުސޫލު.

ރަމަޟާން މަހުގެ ފެށުމާއި، ފިޠުރު ޢީދާއި އަދި އަޟްޙާ ޢީދު ފަދަ އިސްލާމީ ބޮޑެތި މުނާސަބަތުތައް ފެށޭ ތާރީޚު ކަނޑައެޅުމަށްޓަކައި، ހަނދު ބެލުމަކީ އިސްލާމީ މުޖުތަމަޢުތަކުގައި ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ އުސޫލު. | އޭއެފްޕީ

ސައުދީ އަރަބިއްޔާގައި ރަމަޟާން މަހުގެ ހަނދު ފެނުމާ ގުޅިގެން، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 18 ވާ ބުދަ ދުވަސް ކަމަށް އެ ގައުމުން އަންގާރަ ދުވަހު ކަށަވަރުކޮށްދީފި އެވެ.

ސައުދީ އަރަބިއްޔާއަށް ރަމަޟާން މަހުގެ ހަނދު ފެނިފައިވާތީ، ބުދަ ދުވަހަކީ އެ ގައުމަށް ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އެ ގައުމުގެ ސުޕްރީމް ކޯޓުން އަންގާރަ ދުވަހުގެ ރޭ ވަނީ އިއުލާނު ކޮށްފަ އެވެ.

ސުޕްރީމް ކޯޓުން މިކަން އިއުލާން ކުރީ، އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހަނދު ބެލުމަށް ހަމަޖެހިފައިވާ ރަސްމީ ކޮމިޓީތަކަށް ހަނދު ފެނުނުކަމުގެ ރިޕޯޓުތައް ލިބުމާ ގުޅިގެންނެވެ.

ރަމަޟާން މަހަކީ އިސްލާމީ ހިޖުރީ ކަލަންޑަރުގެ ނުވަވަނަ މަހެވެ. އިސްލާމީ ކަލަންޑަރުގައި ހިމެނޭ 12 މަސްދުވަހުގެ ތެރެއިން އަހަރެއްގެ މުއްދަތަކީ 354 ނުވަތަ 355 ދުވަހެވެ.

ރަމަޟާން މަހު ރޯދަ ހިފުމަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. އަދި މިއީ ސިއްހަތު ސަލާމަތުން ހުރި ކޮންމެ ބާލިޣުވެފައިވާ މުސްލިމެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ނަމަވެސް، ކުޑަކުދިންނާއި، ބަލިމީހުންނާއި، ދަތުރުވެރިންގެ އިތުރުން މާބަނޑު މީހުންނާއި، ކިރުމަންމައިން އަދި ހައިޟުވެރިންނަށް ރޯދަ ނުހިފުމުގެ އިސްތިސްނާ ހުއްދަ ލިބިގެންވެ އެވެ.

ބަރަކާތްތެރި ރަމަޟާން މަހާއި، ފިޠުރު އީދާއި އަދި އަޟްޙާ އީދު ފަދަ އިސްލާމީ ބޮޑެތި މުނާސަބަތައް ފެށޭ ދުވަސް ކަނޑައެޅުމުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އުސޫލަކީ ހަނދު ބެލުމުގެ ސަގާފަތެވެ.

ރަމަޟާން މަހާ ގުޅިގެން، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގިނަ ގައުމުތަކުގައި ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ މަސައްކަތު ގަޑިތަކުގެ އިތުރުން، ސްކޫލްތަކުގެ ކިޔަވައިދޭ ގަޑިތަކަށް ވެސް ބަދަލު ގެނެސް ވަގުތުތައް ކުރުކުރެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ރަަމަޟާންއިސްލާމް ދީން ހިޖްރީ ސަނަތުހޫނު ހަބަރު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2026

އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި

17 ފެބުރުއަރީ 2026
އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި
17 ފެބުރުއަރީ 2026

ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ

17 ފެބުރުއަރީ 2026
ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ
17 ފެބުރުއަރީ 2026

ރޯދަ މަހު މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވޭނެ އަދި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި

17 ފެބުރުއަރީ 2026
ރޯދަ މަހު މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވޭނެ އަދި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި
16 ފެބުރުއަރީ 2026

ރަމަޟާން: އަހުގެ ތެރޭގައި މުސްލިމުން ބައްދަލު ކުރާ އެންމެ ބަރަކާތްތެރި މަސް

16 ފެބުރުއަރީ 2026
ރަމަޟާން: އަހުގެ ތެރޭގައި މުސްލިމުން ބައްދަލު ކުރާ އެންމެ ބަރަކާތްތެރި މަސް
16 ފެބުރުއަރީ 2026

ރޯދަ މަހު 26 ބާވަތުގެ އަސާސީ ކާބޯތަކެތި އެސްޓީއޯ އިން ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުނެފި

16 ފެބުރުއަރީ 2026
ރޯދަ މަހު 26 ބާވަތުގެ އަސާސީ ކާބޯތަކެތި އެސްޓީއޯ އިން ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުނެފި
16 ފެބުރުއަރީ 2026

ސައުދީން ރަމަޟާން މަހު 1،000 ޓަނުގެ ކަދުރު 120 ގައުމަކަށް ފޮނުވާނެ

16 ފެބުރުއަރީ 2026
ސައުދީން ރަމަޟާން މަހު 1،000 ޓަނުގެ ކަދުރު 120 ގައުމަކަށް ފޮނުވާނެ
16 ފެބުރުއަރީ 2026

ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ

16 ފެބުރުއަރީ 2026
ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ
15 ފެބުރުއަރީ 2026

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ މިލްކަކަށް ހަދަން ފާސް ކޮށްފި

15 ފެބުރުއަރީ 2026
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ މިލްކަކަށް ހަދަން ފާސް ކޮށްފި
15 ފެބުރުއަރީ 2026

ރަމަޟާން މަހުގެ ހަނދު ބެލުމަށް ސައުދީ ރައްޔިތުންނަށް ގޮވާލައިފި

15 ފެބުރުއަރީ 2026
ރަމަޟާން މަހުގެ ހަނދު ބެލުމަށް ސައުދީ ރައްޔިތުންނަށް ގޮވާލައިފި
15 ފެބުރުއަރީ 2026

ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް

15 ފެބުރުއަރީ 2026
ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް