Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗާގޯސް ކަނޑުގެ މައްސަލަ

ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިހާރު އެކުރައްވާ ކަންތަކުން ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ: ރައީސް ސޯލިހު

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި އިޓްލޮސްއިން ނިންމި ނިންމުން ބަލައިނުގަތުމަށް ރައީސް ޑރ. މުޢިއްޒު ނިންމެވި ނިންމެވުމަކީ އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް ދައްކާ ސިޔާސީ ދަޅައެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވި. އަންކްލޯސް މުޢާހަދާގައި ރާއްޖެ ބައިވެރިވެފައި އޮތްހާ ހިނދަކު އެ ނިންމުމަށް އަމަލުކުރަންޖެހޭނެ ކަމަށާއި، ރާއްޖޭގެ އިޚްތިސާސުން ބޭރުގެ ސަރަހައްދުތައް ބެލެހެއްޓުމަށް ސިފައިންނަށް އަމުރުކުރުމަކީ ސަރަހައްދީ ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 15:18
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. ފޯކައިދޫގައި ހުންނަވާ ފެބްރުއަރީ 8، 2026 ގައި ރާއްޖެޓީވީ އާ ވާހަކަ ދައްކަވަނީ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. ފޯކައިދޫގައި ހުންނަވާ ފެބްރުއަރީ 8، 2026 ގައި ރާއްޖެޓީވީ އާ ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެކުރައްވާ ކަންތަކުން ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އިޓްލޮސް އިން ނިންމު ނިންމުން ބަލައި ނުގަނެ ކުރިން އޮތް ގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެއީ ރާއްޖެއިން ބަލައިގަންނަ ގޮތްކަން އިއުލާން ކުރައްވާ ރާއްޖެއިން ބައިވެރިވެފައިވާ އަންކްލޯސް މުއާހަދާއަށް ގޮން ޖައްސަވާ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ރާއްޖެޓީވީ އަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއުއެއްގަ އެވެ. 

Advertisement - newsAdvertisement

ރައީސް ސޯލިހް ވިދާޅުވީ، ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯއްދަވަން ފުރަތަމަ ރައީސް މުއިއްޒު  ޖެހިވަޑައިގަންނަވާނީ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދި ލޯ އޮފް ދި ސީ (އަންކްލޯސް)" އިން ރާއްޖެ ވަކިކުރަން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްއާއި ދެމެދު ފުށުއަރާ ފޯޅަވަހީގެ ކަނޑުގެ މައްސަލައާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ގޮތުން ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ  ކޮމިޝަނެއް ހައްދަވައިގެން އެކަން ތަހުގީގު ކުރާ ވާހަކައަކީ ވެސް ކުރިއަށް އޮތް އިންތިހާބަށް ރައްޔިތުންނަށް ދައްކާ ދަޅައެއް ކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވީ، ރައީސް މުއިއްޒު އަށް އެ ވިދާޅުވެވެނީ އިޓްލޮސްގެ ނިންމުން ގަބޫލު ނުކުރާނެ ކަމަށެވެ. ނަމަވެސް އދ ގައި ކަނޑުތަކާއި ބެހޭ މުއާހަދާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދި ލޯ އޮފް ދި ސީ (އަންކްލޯސް)" އޮންނަ ކަމަށާއި، އެ މުއާހަދާގައި ދިވެހިރާއްޖެ އިން އޮތީ ބައިވެރިވެފައި ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އެ މުއާހަދާގައި ހިމެނޭ އެއްކަމަކީ ދެދޭ ގައުމުތަކުގެ ތެރޭގައި ކަނޑުގެ ސަރަހައްދު ފުށުއަރާކަމުގައިވާ ނަމަ ކަންކުރާނެ ގޮތުގެ ވާހަކަ ކަމަށެވެ. 

އެއްބަސް ނުވެވޭކަމުގައިވާނަމަ މިދަނީ އިޓްލޮސް އަށް. އޭގައި މި އޮންނަނީ ފުށުއަރާ ކަމުގައިވާނަމަ އެ ފުށު އަރާ ބައި ދެބައި ހަމައަށް ބަހާނީއޭ. އެއީ އިޓްލޮސްގައި ކުރި ކަމަކީ. އިޓްލޮސްއަށް މޮރިޝަސް އިން އެ މައްސަލަ ލީމަ ފުރަތަމަ އަޅުގަނޑުމެން ނެގި ސްޓޭންޑަކީ އެ މައްސަލަ މޮރިޝަސްއަށް ލައިގެން ނުބެލޭނޭ. އެއީ އެއިރު އިނގިރޭސީވިލާތުގެ ދަށުގައި ޗާގޯސް އޮތީމަ. އެހެންނަމަވެސް އިޓްލޮސް އިން ބުނީ ނޫނެކޭ، މޮރިޝަސްއަށް އެބައޮތޭ އެ ހައްގު. އެހެންވީމަ އެ މައްސަލަ ބަލާނަމޭ. ދެން އަޅުގަނޑުމެން އަންކްލޯސް ގައި ބައިވެފައި އޮތުމުން މިޖެހުނީ ޖަވާބުދާރީވާން. އަޅުގަނޑުމެންގެ ސްޓޭންޑަކީ ލޯ އޮފް ދަ ސީ ގައި އޮތް ގޮތަށް ދެބައި މެދުން ހަމައަށް ބަހާފައި އަޅުގަނޑުމެންނަށް އެ ބައި ދޭށޭ. މިއީ އަޅުގަނޑު އެކަނި ދައްކާ ވާހަކައެއް ނޫން. މީގެ ކުރީގެ ވެރިން ވެސް އެބަހުރި އެގޮތަށް ވާހަކަ ދައްކާފައި.   
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު   

ރައީސް ސޯލިހު ވިދާޅުވީ ފުށުއަރާ ބައި ބެހި އިރުގައި، އޭގެ ތެރެއިން ބޮޑުބައި ލިބުނީ ރާއްޖެ އަށް ކަމަށެވެ. މޮރިޝަސް އިން ދައުވާކުރި ދައުވާކުރުން އަދި އެމީހުން ނެގި ސްޓޭންޑް ކާމިޔާބު ނުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.   

އަޅުގަނޑުމެންގެ ގާނޫނު އަސާސީގައި ވެސް އޮވޭ، އަޅުގަނޑުމެން ބައިވެރިވާ މުއާހަދާ ތަކަށް އަޅުގަނޑުމެން ތަބާވާންޖެހޭނެ ކަމަށް. އަޅުގަނޑު މި ދެންނެވި ގޮތަށް އަންކްލޯސް ގައި އެބައޮތް ބައިވެރިވެފައި. އެހެންވެއްޖެކަމަށް ވަންޏާ އިޓްލޮސްގެ ނިންމުން އަޅުގަނޑު ގަބޫލުކުރަންޖެހޭ. ދެން މީގައި ކުރެވިދާނެ ކަމެއް އޮބައޮތް، އެއީ އަންކްލޯސް އިން ވަކިވުން. އެ މުއާހަދާއިން ވަކިވުން. ދުނިޔޭގެ ބައެއް ގައުމުތައް އެބަހުރި އަދިވެސް އަންކްލޯސްގައި ބައިވެރިނުވާ. މިސާލަކަށް އައިސީޖޭ ގައި ބައިވެރި ނުވާ ގައުމުތައް ވެސް އެބަހުރި. މިސާލަކަށް އައިސީޖޭއިން ނިންމާ ނިންމުން ގަބޫލުކުރާކަށް ނުޖެހޭ. އެހެންވީމަ އެ މުއާހަދާގައި ބައިވެރިވެގެން ތިބިހާ ހިނދަކު އެއަށް އަމަލުކުރަންޖެހޭނެ.   
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު   

ރައީސް ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު އެ ދައްކަވަނީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ނެތްތަނަކަށް ވަދެ ސިފައިންނަށް ކުރުމަށް އަމުރުކުރާ ކަންތައްތަކަކީ އެއްގޮތަކަށް ވެސް މިވަގުތު ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް މުޅި ސަރަހައްދު ވެއްޓިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަހަރަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ޤާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި އެކަން އިއުލާން ކުރައްވާ ކަމަށެވެ.

ގާނޫނުގައިވާގޮތަށް ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމާނަން: މުޢިއްޒު
Raajje.mv

ގާނޫނުގައިވާގޮތަށް ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމާނަން: މުޢިއްޒު

މުއިއްޒު ގެއްލުނު ކަނޑުގެ ސަރަހައްދުގެ ވާހަކަ ދައްކަވާއިރު ރާއްޖެ އާ މޮރިޝަސް އާ ދެމެދު އޮތް ކަނޑުގެ ފުށު އަރާ ސަރަހައްދާ ބެހޭ ގޮތުން އަންކްލޮސް ގެ ދަށުން އުފައްދާފައިވާ އިންޓަރނޭޝަނަލް ޓްރިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގެ ސްޕެޝަލް ޗެމްބަރުން މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެ އަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.

ނަމަވެސް ރައީސްގެ ރިޔާސީ ބަޔާނުގައި މިފަދައިން އިއުލާން ކުރައްވާ މޮރިޝަސް އާއި ރާއްޖެއާ ދެމެދު އޮންނަ ކަނޑުގެ ފުށުއަރާ ސަރަހައްދާ ބެހޭ ގޮތުން އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަލައި ނުގަންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން، ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން މޮރިޝަސްގެ ކަނޑުގެ ގޮތުގައި އިޓްލޮސް އިން ކަނޑައެޅި ސަރަހައްދު އެމްއެންޑީއެފް އިން ވަދެ ބަލަހައްޓަން ވަނީ ފަށާފަ އެވެ. 

މޮރިޝަސްގެ ކަނޑުގެ ގޮތުގައި ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅި ސަރަހައްދަށް ދިވެހި އަސްކަރިއްޔާ އިން ވަދެ ބަލަހައްޓަން ފަށައިފި
Raajje.mv

މޮރިޝަސްގެ ކަނޑުގެ ގޮތުގައި ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅި ސަރަހައްދަށް ދިވެހި އަސްކަރިއްޔާ އިން ވަދެ ބަލަހައްޓަން ފަށައިފި

މި ކަމާ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އިން ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނެއް ގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަކަމަށް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2026 ފެބުރުއަރީ 05 ވަނަ ދުވަހު އިޢުލާން ކުރައްވާފައިވާތީ، ޤާނޫނު ނަންބަރު 06/96 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު) ގައި ބަޔާންކުރާ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ދިވެހި އަސްކަރިއްޔާ އިން ކުރަމުން ގެންދާނެކަމުގަ،" އެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުއަންކްލޯސްއިޓްލޮސްޗާގޯސްރައީސް ޑރ. މުހައްމަދު މުއިއްޒުރާއްޖެ-މޮރިޝަސްހޫނު ހަބަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ބ. މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި، މިފަސް އަހަރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނުނިމޭނެ: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް

ބ. މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި، މިފަސް އަހަރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނުނިމޭނެ: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް

08 ފެބުރުއަރީ 2026
ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިޙް ފޯކައިދޫގައި ދޮރުން ދޮރަަށް

ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިޙް ފޯކައިދޫގައި ދޮރުން ދޮރަަށް

08 ފެބުރުއަރީ 2026
ފޯކައިދޫގެ ތަރައްގީއަށްޓަކައި ރައީސް ސޯލިޙް ކޮށްދެއްވި ކަންކަން ފާހަގަކޮށް އެމަނިކުފާނުގެ އަގު ވަޒަންކޮށްފި

ފޯކައިދޫގެ ތަރައްގީއަށްޓަކައި ރައީސް ސޯލިޙް ކޮށްދެއްވި ކަންކަން ފާހަގަކޮށް އެމަނިކުފާނުގެ އަގު ވަޒަންކޮށްފި

07 ފެބުރުއަރީ 2026
ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސް އާ ދެމެދު އޮތް ކަމެއް: އިނގިރޭސިވިލާތް

ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސް އާ ދެމެދު އޮތް ކަމެއް: އިނގިރޭސިވިލާތް

06 ފެބުރުއަރީ 2026
މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް ގައުމުގެ ހާލަތު އަދި ދާނެ: ލޯޔަރު ނިޝާން

މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް ގައުމުގެ ހާލަތު އަދި ދާނެ: ލޯޔަރު ނިޝާން

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު