Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލަން އެމެެރިކާ އިން ހުށަހަޅާފައި ނުވޭ، އީރާން އިން އެކަމަށް ނުވެސް އެދޭނެ: އަރާގްޗީ

އެމެެރިކާގެ ފަރާތުން މަޝްވަރާ ތަކުގައި ބައިވެރިވާ ސްޓީވް ވިޓްކޮފް އާއި ޖެރާޑް ކުޝްނާ އަށް ހުށަހަޅާ އީރާންގެ ހުށަހެޅުން ތައްޔާރު ކުރުމަށް ވަކި ސުން ގަޑިއެއް އަރާގްޗީ ކަނޑައަޅުއްވާފައި ނެތް. ނަމަވެސް، ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި އެ ލިޔުން ތައްޔާރު ކުރުމަށް ފަހު، އީރާންގެ އިސްވެރިންނަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 06:58
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ ނިއުކްލިއާ މަޝްވަރާ ތަކުގައި އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ޔުރޭނިއަމް މުއްސަނދި ކުރުން އެއްކޮށް ހުއްޓާލުމަށް އެމެެރިކާ އިން އެދިފައި ނުވާ ކަމަށާއި، އެ މަސައްކަތް މެދު ކަނޑާލުމަށް އީރާން އިން ހުށަހަޅާފައި ވެސް ނުވާނެ ކަމަށް އެ ޤައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު އަރާގްޗީ މިހެން ވިދާޅުވީ، އެމެރިކާގެ މީޑިއާ އަކަށް ދެއްވި އިންޓަވިޔުއެއްގަ އެވެ. އެގޮތުން ކުރިއަށް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި އީރާންގެ ފަރާތުން ދިފާއުގައި ހުށަހަޅާ ހުށަހެޅުން، ނުވަތަ ކައުންޓަޕްރޮޕޯސަމްގެ ދެލި ކޮޕީއެއް ތައްޔާރު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަރާގްޗީ ވިދާޅުވި އެވެ. 

އަރާގްޗީ ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްވަރާ ތަކުގެ މައިގަނޑު އަމާޒަކީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަކީ ސުލްޙަވެރި ބޭނުން ތަކަށް ކުރިއަށް ގެންދާ މަސައްކަތެއްކަން ކަށަވަރު ކުރުން ކަމަށެވެ. އަދި އީރާން އަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތަކަށް ލުޔެއް ހޯދުމުގެ ބަދަލުގައި، ނިއުކްލިއާ ޕްރޮގްރާމް ސުލްޙަވެރިކަންމަތީ ދެމި އޮންނާނެކަން ޔަޤީން ކޮށްދިނުމަށްޓަކައި ފަންނީ އަދި ސިޔާސީ ގޮތުން އިތުބާރު އުފެއްދުމުގެ ފިޔަވަޅު ތަކެއް އެޅުމަށް ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެ ފިޔަވަޅު ތަކުގެ އިތުރު ތަފްސީލެއް ދެއްވާފައި ނުވެ އެވެ. 

އެމެެރިކާގެ ފަރާތުން މަޝްވަރާ ތަކުގައި ބައިވެރިވާ ސްޓީވް ވިޓްކޮފް އާއި ޖެރާޑް ކުޝްނާ އަށް ހުށަހަޅާ އީރާންގެ ހުށަހެޅުން ތައްޔާރު ކުރުމަށް ވަކި ސުން ގަޑިއެއް އަރާގްޗީ ކަނޑައަޅުއްވާފައި ނެތެވެ. ނަމަވެސް، ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި އެ ލިޔުން ތައްޔާރު ކުރުމަށް ފަހު، އީރާންގެ އިސްވެރިންނަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ޑިޕްލޮމެޓިކް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމުގެ ދެ މެދުގައި އިތުރު މަޝްވަރާ ތަކެއް ބޭއްވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

އަރާގްޗީގެ މި ވާހަކަތަކާ ގުޅިގެން އެެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ވަގުތުން އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނީ، އެއްބަސްވުމަކަށް އައުމަށް 10 ދުވަހާއި، 15 ދުވަހުގެ މުއްދަތެއް ދެއްވާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު ނިއުކްލިއާ މަޝްވަރާ ކުރަމުން އަންނަ މި ދަނޑިވަޅުގައި، އެމެރިކާ އިން އަންނަނީ މެދު އިރުމަތީގެ ސަރަހައްދުގައި އެ ޤައުމުގެ އަސްކަރީ ޙަރަކާތްތައް އިތުރު ކުރަމުންނެވެ. އެކަމަށް އިޝާރާތް ކުރައްވައި އަރާގްޗީ ވިދާޅުވީ، އަސްކަރީ ފިޔަވަޅު އެޅުމަކީ މައްސަލަ އިތުރަށް ގޯސްވެ، އެއްބަސްވުމަކަށް އައުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އަރާގްޗީ ވިދާޅުވި އެވެ. 

އެމެރިކާ އާއި، އީރާންއާ ދެމެދު ބާއްވަމުން އަންނަ މަޝްވަރާތައް އަލުން ފަށާފައިވާއިރު، މިހާތަނަށް ވަނީ މަޝްވަރާ ތަކުގެ ދެ ބުރެއް ކުރިއަށް ގެންގޮސްފަ އެވެ. އެންމެ ފަހުން ސްވިޒަލެންޑުގެ ޖެނީވާގައި ކުރިއަށް ދިޔަ ބައްދަލުވުމަށް ފަހު، ދެ ޤައުމުން ވެސް ވަނީ ތިން ވަނަ ބުރުގެ ބައްދަލުވުމެއް ބާއްވަން އެއްބަސްވެފަ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއައްބާސް އަރަގްޗީސްޓީވް ވިޓްކޮފްޖަރެޑް ކުޝްނަރޔުރޭނިއަމް އެންރިޗްމަންޓްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ލަވްރޮވް އާއި އަރާގްޗީ މަޝްވަރާ ކުރައްވައިފި

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ލަވްރޮވް އާއި އަރާގްޗީ މަޝްވަރާ ކުރައްވައިފި

21 ފެބުރުއަރީ 2026
އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

20 ފެބުރުއަރީ 2026
އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ ތަންތަން ކަމަށް ބުނެ އީރާނުން އިންޒާރު ދީފި

އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ ތަންތަން ކަމަށް ބުނެ އީރާނުން އިންޒާރު ދީފި

20 ފެބުރުއަރީ 2026
އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

19 ފެބުރުއަރީ 2026
އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ

އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު