Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

އެ ޙުކުމާ އެކު ޓްރަމްޕް ވަނީ، ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންނަށް އަމާޒު ކުރައްވައި ޒާތީ ގޮތުން ފާޑު ވިދާޅުވެފައި. އަދި އެއީ ޤައުމަށްޓަކައި ރަނގަޅު ގޮތް ނިންމުމުގެ ހިތްވަރު ނެތް ބައެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވާފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ފެބުރުއަރީ 2026 | ހޮނިހިރު 07:03
ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޤައުމު ތަކުން އެތެރެ ކުރާ މުދަލުން ނަގަމުން ދިޔަ ޓެރިފް، ނުވަތަ ޑިއުޓީއާ ދެކޮޅަށް އެމެރިކާާގެ ސުޕްރީމް ކޯޓުން ޙުކުމް ކުރުމާ އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ވިދާޅުވެ ޓްރަމްޕް ކޯފާވެ ވަޑައިގެންފި އެވެ. 

ހުކުރު ދުވަހު އެމެރިކާގެ ސުޕްރީމް ކޯޓުން ކުރި މި ޙުކުމަކީ ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރުގެ ތެރޭގައި އޭނާ އަށް ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑު އެއް ނާކާމިޔާބީ އެވެ. އެ ޙުކުމާ އެކު ޓްރަމްޕް ވަނީ، ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންނަށް އަމާޒު ކުރައްވައި ޒާތީ ގޮތުން ފާޑު ވިދާޅުވެފަ އެވެ. އަދި އެއީ ޤައުމަށްޓަކައި ރަނގަޅު ގޮތް ނިންމުމުގެ ހިތްވަރު ނެތް ބައެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި
Raajje.mv

އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި

އެމެރިކާގެ ސުޕްރީމް ކޯޓުގައި ނުވަ ފަނޑިޔާރުން ތިއްބަވާއިރު، ހަ ފަނޑިޔާރުން ވަނީ އެކަމާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ. އެއްކޮޅަށް ވޯޓު ދެއްވީ ތިން ފަނޑިޔާރުންނެވެ. 

ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ފަނޑިޔާރުންނަށް ފާޑު ވިދާޅުވެފަ އެވެ. ސުޕްރީމް ކޯޓުގެ ޙުކުމުގައި ބުނެފައި ވަނީ، ޤައުމު ތަކުން ޓެރިފް ނެގުމަކީ ރައީސް އަށް ލިބިގެންވާ ބާރެއް ނޫން ކަަމަށެވެ. އެ ޙުކުމަށް ގޮން ޖައްސަވައި ޓްރަމްޕް ވިދާޅުވީ، ޓެރިފް ނަގާނެ އެހެން ގޮތް ތަކެއް ހޯއްދަވާނެ ކަމަށެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ 45 މިނެޓު ވަންދެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ޓްރަމްޕްއާ ދެކޮޅަށް ވޯޓު ދެއްވި ހަ ފަނޑިޔާރުންގެ ތެރޭގައި ޑިމޮކްރަޓިކް ޕާޓީގެ ރައީސުން އައްޔަން ކުރެއްވި ތިން ފަނޑިޔާރުން ކަމަށްވާ އެލީނާ ކޭގަން، ސޯނިއާ ސޮޓޮމަޔޯ އަދި ކެޓާންޖީ ބްރައުން ޖެކްސަން ހިމެނި ވަޑަައިގަންނަވަ އެވެ. މީގެ އިތުރުން ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ރައީސުން އައްޔަން ކުރެއްވި ތިން ފަނޑިޔާރުން ކަަމަށްވާ ޖޯން ރޮބަޓްސް އާއި، ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި އައްޔަން ކުރެއްވި ނީލް ގޯސަޗް އަދި ކޯނީ ބްރެޓް ވެސް ވަނީ ޓްރަމްޕްއާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ. 

އެ ފަނޑިޔާރުންނަށް ނިސްބަތް ކުރައްވާ ޓްރަމްޕް ވިދާޅުވީ، އެއީ "ރީނޯސް"، ނުވަތަ ނަމެއްގައި ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ބައެއް ކަމަށް ސިފަ ކުރައްވައިފަ އެވެ. އަދި އެ ފަނޑިޔާރުންނަކީ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ "ދަށުވެފައިވާ" ފަނޑިޔާރުން ތަކެއް ކަމަށް ވެސް ޓްރަމްޕް ތުހުމަތު ކުރައްވާފައިވެ އެވެ. 

ޓްރަމްޕްގެ ޓެރިފް ސިޔާސަތާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވޯޓު ދީފައިވާ ގޮތް

ޓްރަމްޕްގެ ޓެރިފް ސިޔާސަތާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވޯޓު ދީފައިވާ ގޮތް

އެ ޙުކުމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އިތުރަށް ޓްރަމްޕް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމަށް ބާރާއި، ނުފޫޒު ފޯރާފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް، އެކަމުގައި އެއްވެސް ހެއްކެތް ނުވަތަ އިތުރު ތަފްސީލެއް ޓްރަމްޕް ދެއްވާފައި ނުވެ އެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާގެ ފުރަތަމަ ދައުރުގައި އައްޔަން ކުރި ފަނޑިޔާރުން ކަމަށްވާ ގޯސަޗް އަދި ބްރެޓްގެ ނިންމުމަކީ އެ ފަނޑިޔާރުންގެ އާއިލާ ތަކަށް ވެސް ލިބުނު ލަދެއް ކަމަށެވެ. 

މި ނިންމުމާ ދެކޮޅަށް ޓްރަމްޕްގެ ބާރުތައް ދެމެހެއްޓުމަށް ތާއީދު ކުރެއްވި ތިން ފަނޑިޔާރުން ކަމަށްވާ ކްލަރެންސް ތޯމަސް އާއި، ސެމިއުލް އެލީޓޯ އަދި ބްރެޓް ކަވަނޯ އަށް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. ޚާއްސަކޮށް ފަނޑިޔާރު ކަވަނޯ ލިޔުއްވި ރައުޔުގައި ޓެރިފްގެ ގޮތުގައި ނަގާފައިވާ ބިލިއަނުން ގުނޭ ފައިސާ އަނބުރާ ދޭން ޖެހުމަކީ ބޮޑު އޮޅުން ބޮޅުމަކަށް ވާނެ ކަމަށް ވިދާޅުވެފައިވާތީ، އެ ބޭފުޅުންގެ ޙިކުމަތްތެރި ކަމަށް ޓްރަމްޕް ޝުކުރު އަދާ ކުރެއްވި އެވެ. 

މާޒީގައި މި މައްސަލަ އަށް ޓްރަމްޕް ދެއްވާފައިވާ އަހަންމިއްޔަތު ކަމަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އޭނާ މިފަދަ ހަރުކަށި އިބާރާތުން ވާހަކަ ދެއްކެވުމަކީ ހައިރާން ވާން ޖެހޭ ކަމެއް ނޫން ކަމަށް މާހިރުން ބުނެ އެވެ. ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަލަން ވުލްފް ވިދާޅުވީ، މި މައްސަލަ އަކީ ރައީސް އަށް ކިހާ މުހިންމު މައްސަލައެއް ކަމަށް ކޯޓަށް ވެސް އެނގޭނެ ކަމަށެވެ.

މަސްދަރު: ބީބީސީ

އެމެރިކާގެ ސުޕްރީމް ކޯޓުޓެރިފްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2026

ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލަން އެމެެރިކާ އިން ހުށަހަޅާފައި ނުވޭ، އީރާން އިން އެކަމަށް ނުވެސް އެދޭނެ: އަރާގްޗީ

21 ފެބުރުއަރީ 2026
ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލަން އެމެެރިކާ އިން ހުށަހަޅާފައި ނުވޭ، އީރާން އިން އެކަމަށް ނުވެސް އެދޭނެ: އަރާގްޗީ
20 ފެބުރުއަރީ 2026

އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި

20 ފެބުރުއަރީ 2026
އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި
19 ފެބުރުއަރީ 2026

ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

19 ފެބުރުއަރީ 2026
ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި
18 ފެބުރުއަރީ 2026

ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ

18 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ
18 ފެބުރުއަރީ 2026

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި

18 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި
18 ފެބުރުއަރީ 2026

މަދޫރޯ ހައްޔަރުކޮށް ވެރިކަން ވައްޓާލި ފަހުން، ފުރަތަމަ ފަހަރަށް ޔޫރަޕުގެ ފްލައިޓެއް ވެނެޒުއެލާ އަށް ޖައްސައިފި

18 ފެބުރުއަރީ 2026
މަދޫރޯ ހައްޔަރުކޮށް ވެރިކަން ވައްޓާލި ފަހުން، ފުރަތަމަ ފަހަރަށް ޔޫރަޕުގެ ފްލައިޓެއް ވެނެޒުއެލާ އަށް ޖައްސައިފި
18 ފެބުރުއަރީ 2026

ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް

18 ފެބުރުއަރީ 2026
ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް
18 ފެބުރުއަރީ 2026

އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

18 ފެބުރުއަރީ 2026
އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި
17 ފެބުރުއަރީ 2026

އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް

17 ފެބުރުއަރީ 2026
އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް
16 ފެބުރުއަރީ 2026

ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

16 ފެބުރުއަރީ 2026
ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު