Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ސުޕްރީމް ކޯޓުގެ އަމުރު ބަލައި ނުގެން، 15 އިންސައްތަ އަށް ޓެރިފް ބޮޑު ކުރަން ޓްރަމްޕް ނިންމަވައިފި

ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް މަސް ތަކުގެ ތެރޭގައި ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޓެރިފް އިތުރު ކުރެވޭނެ އެހެން ގޮތް ތަކެއް ހޯދުމަށް އޭނާގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް. މި ނިންމުމަކީ ސުޕްރީމް ކޯޓުގެ ޙުކުމުން ރެކިވަޑައިގަތުމަށް ޓްރަމްޕް ކުރައްވާ މަސައްކަތެއް ކަމަށް، މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 05:31
ސްޓޭޓް ގަވަރުނަރުންނާ އެކު ވައިޓް ހައުސްގައި އޮތް ރޭގަނޑުގެ ފަރިއްކޮޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގެން، ވާހަކަ ދައްކަވަނީ

ސްޓޭޓް ގަވަރުނަރުންނާ އެކު ވައިޓް ހައުސްގައި އޮތް ރޭގަނޑުގެ ފަރިއްކޮޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގެން، ވާހަކަ ދައްކަވަނީ | ގެޓީ އިމޭޖަސް

އެމެރިކާ އަށް އެތެރެ ކުރާ މުދަލުން ނަގާ ޓެރިފް ނުވަތަ، އިމްޕޯޓު ޑިއުޓީ 15 އިންސައްތަ އަށް ބޮޑު ކުރަން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ. 

ޓްރަމްޕް މިހެން ނިންމަވާފައި ވަނީ ހޮނިހިރު ދުވަހު އެވެ. އެކަން ޓްރަމްޕް އިއުލާން ކުރައްވާފައި މި ވަނީ، އޭނާގެ ޓެރިފް ސިޔާސަތު ތަކުގެ ބޮޑު ބައެއް ބާތިލުކޮށް، އެއީ ޤާނޫނާ ޚިލާފު ކަމެއް ކަަމަށް އެމެރިކާގެ ސުޕްރީމް ކޯޓިން ޙުކުމް ކުރިތާ އެއް ދުވަސް ފަހުންނެވެ. 

ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުން ހުކުރު ދުވަހު ނިންމީ، އެމެރިކާއާ ދެކޮޅު ނިންމުމެއް ކަމަށެވެ. އެ ނިންމުން ދިރާސާ ކުރުމަށް ފަހު، ޤާނޫނީ ގޮތުން އެންމެ މަތިން ނެގޭނެ ކަމަށް ކަނޑައެޅިފައިވާ 15 އިންސައްތަ އަށް ޓެރިފް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ޙުކުމާ ގުޅިގެން އެންމެ ފުރަތަމަ ޓްރަމްޕް އިއުލާން ކުރައްވާފައި ވަނީ 10 އިންސައްތައާ ހަމައަށް ޓެރިފް ނެގުމަށެވެ. ނަމަވެސް، މިހާރު ޓްރަމްޕް މި ވަނީ އެ އަދަދު އިތުރު ކުރައްވައިފަ އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް މަސް ތަކުގެ ތެރޭގައި ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޓެރިފް އިތުރު ކުރެވޭނެ އެހެން ގޮތް ތަކެއް ހޯދުމަށް އޭނާގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. މި ނިންމުމަކީ ސުޕްރީމް ކޯޓުގެ ޙުކުމުން ރެކިވަޑައިގަތުމަށް ޓްރަމްޕް ކުރައްވާ މަސައްކަތެއް ކަމަށް، މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެ އެވެ. އެމެރިކާގެ ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ ވޯޓާ އެކު ކޮށްފައިވާ މި ޙުކުމަކީ، ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތު ތަކަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ހުރަހެވެ. 

ޤާނޫނީ ގޮތުން މިހާރު ކަނޑައެޅި 15 އިންސައްތައިގެ ޑިއުޓީ އަކީ ވަގުތީ ގޮތުން 150 ދުވަހުގެ މުއްދަތަށް ނެގޭނެ ޓެކުހެކެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ނެރުނު މައުލޫމާތު ކަރުދާހެއްގައިވާ ގޮތުން، ބޭސްފަރުވާގެ ސާމާނު ފަދަ ވަކި ޚާއްސަ ދާއިރާ ތަކާއި، އެމެރިކާ-މެކްސިކޯ-ކެނެޑާ އެއްބަސްވުމުގެ ދަށުން އިތުރު ކުރާ މުދަލުން މި ޓެރިފް އިސްތިސްނާ ވެގެން ދާނެ އެވެ. ނަމަވެސް، އެމެރިކާ އާއެކު ވަކި ވަކިން ޓެރިފް އެއްބަސްވުންތައް ހަދާފައިވާ ޤައުމު ތަކުން ވެސް މި އައު ޓެރިފް ދައްކަން ޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

ސުޕްރީމް ކޯޓުގައި ހިމެނޭ ނުވަ ފަނޑިޔާރުންގެ ތެރެއިން، ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ޙުކުމުގައި ބުނެފައި ވަނީ، 1977 ވަަނަ އަހަރުގެ ޤާނޫނަކަށް ރިއާޔަތްކޮށް ވަކި ވަކި ޤައުމު ތަކުން ނަގާ ޓެރިފް ކުއްލި ގޮތަކަށް ބޮޑު ކުރުމުގެ ބާރު ރައީސް އަށް ލިބިދީފައި ނުވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ ޙުކުމާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެ ވަޑައިގެން، ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެއީ ބާރާއި، ނުފޫޒުން ކޮށްފައިވާ ޙުކުމެއް ކަމަށް ވެސް ޓްރަމްޕް ތުހުމަތު ކުރައްވާފައިވެ އެވެ. 

ޙުކުމުގެ ފަހުން ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ޤައުމަަށްޓަކައި ރަނގަޅު ގޮތް ނިންމުމުގެ ހިތްވަރު ބައެއް ފަނޑިޔާރުންގެ ކިބައިގައި ނެތް ކަމަށާއި، އެއީ ލަދުވެތި ކަމެއް ކަމަށެވެ. މި ޙުކުމް ނެރުއްވި ފަނޑިޔާރުންގެ ތެރޭގައި، ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގައި އޭނާ އަމިއްލަފުޅަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ވެސް ހިމެނި ވަޑައިގަންނަވަ އެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާއެމެރިކާގެ ސުޕްރީމް ކޯޓުޓެރިފްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ މުދަލަށް އިމްޕޯޓް ޓެކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ރައީސް ކަނޑައަޅުއްވާފައިވާ ގިނަ ޓެރިފްތަކަކީ ގާނޫނާ ހިލާފު އެއްޗެއް ކަމަށް ނިންމުމާ ގުޅިގެން، އެމެރިކާ އަށް އެތެރެކުރާ މުދަލުން އިތުރު 10 އިންސައްތައިގެ ޓެރިފެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

21 ފެބުރުއަރީ 2026
ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

21 ފެބުރުއަރީ 2026
ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލަން އެމެެރިކާ އިން ހުށަހަޅާފައި ނުވޭ، އީރާން އިން އެކަމަށް ނުވެސް އެދޭނެ: އަރާގްޗީ

ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލަން އެމެެރިކާ އިން ހުށަހަޅާފައި ނުވޭ، އީރާން އިން އެކަމަށް ނުވެސް އެދޭނެ: އަރާގްޗީ

21 ފެބުރުއަރީ 2026
އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި

އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި

20 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު