Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އެމެރިކާއިން ކޮންމެ މިންވަރެއްގެ ހަމަލާއެއް ދިން ނަމަވެސް އޭގެ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުގެ ނިއުކްލިއާ މައްސަލައިގައި އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގެ އާ ބުރެއް ބުރާސްފަތި ދުވަހަށް ތާވަލުކޮށްފައިވާއިރު، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ރައީސް ޓްރަމްޕް ވަނީ ދެއްވާފައި. ނަމަވެސް އީރާނުން ބުނަމުންދަނީ އެ ގައުމަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް.

ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 11:19
އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ، 2024 އޮކްޓޫބަރު 28 ވީ ހޯމަ ދުވަހު ތެހެރާންގައި ބޭއްވި ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.

އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ، 2024 އޮކްޓޫބަރު 28 ވީ ހޯމަ ދުވަހު ތެހެރާންގައި ބޭއްވި ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. | އޭއެފްޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ބައެއް ތަންތަނަށް އަމާޒުކޮށް ހަނި ދާއިރާއެއްގެ ހަމަލާތަކެއް ދިނުމަށް ވިސްނަވަމުންދާކަމަށް ވިދާޅުވުމާ ގުޅިގެން، އެމެރިކާއިން ކޮންމެ މިންވަރެއްގެ ހަމަލާއެއް ދިން ނަމަވެސް އޭގެ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ހޯމަ ދުވަހު ދީފިއެވެ.

އަންނަ ބުރާސްފަތި ދުވަހު އަލުން ފެށުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އައުމަށް އީރާނަށް ބާރުއެޅުމުގެ ގޮތުން އެމެރިކާއިން ވަނީ މެދުއިރުމަތީގައި އެ ގައުމުގެ އަސްކަރީ ބާރު ގަދަކޮށްފައެވެ. އަދި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އީރާނަށް ހަނި ދާއިރާއެއްގެ ހަމަލާތަކެއް ދިނުމާ މެދު ރައީސް ޓްރަމްޕް ގެންދަވަނީ ގޮތެއް ނިންމެވުމަށް ވިސްނަވަމުންނެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު އަނެއްކާވެސް ތަކުރާރުކޮށް ބުނެފައިވަނީ، ކިތަންމެ ކުޑަ ހަމަލާއެއް ދިން ނަމަވެސް، އެއީ އީރާނާ ދެކޮޅަށް ހިންގާ އުދުވާނީ އަމަލެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

ތެހެރާންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، އަމިއްލަ ނަފްސުގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގުގެ ދަށުން، ކޮންމެ ގައުމަކުންވެސް އުދުވާނީ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށާއި، އީރާނުންވެސް އަމަލުކުރާނީ އެގޮތަށް ކަމަށެވެ. 

އޮމާން މެދުވެރިވެގެން ސްވިޒަލޭންޑުގައި ދެ ގައުމުގެ ދެމެދުގައި ނުސީދާކޮށް ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ދެވަނަ ބުރު އަންގާރަ ދުވަހު ވަނީ ނިންމާލާފައެވެ.

އީރާނާއި އޮމާނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މަޝްވަރާތަކުގެ އިތުރު ބުރެއް އަންނަ ބުރާސްފަތި ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް އެމެރިކާއިން މިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އީރާނުގެ މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރުމުން އެއްފަރާތްކުރެވިފައިވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ، މަޝްވަރާތައް ފެށުމުގެ ކުރިން ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ގޮވާލާފައެވެ.

އީޔޫގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން އެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ކާޖާ ކަލާސް ވިދާޅުވީ، މި ސަރަހައްދަށް އިތުރު ހަނގުރާމައެއް ބޭނުންނުވާ ކަމަށާއި، މިހާރުވެސް ގިނަ ހަނގުރާމަތަކެއް ހިނގަމުންދާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އީރާން މިހާރު އޮތީ ތާރީޚުގައިވެސް އެ ގައުމު އެންމެ ބަލިކަށިވި ހާލަތުގައި ކަމަށްވާއިރު، ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް މި ވަގުތުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.

އީރާނުގެ ލީޑަރުންނަށް މި ފަހަކަށް އައިސް ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އޭގެ ތެރޭގައި ޖެނުއަރީ މަހު ހިނގި މުޒާހަރާތަކާއި، މިދިޔަ އަހަރު އިސްރާއީލާއެކު ކުރި 12 ދުވަހުގެ ހަނގުރާމައާއި، ސަރަހައްދީ ގޮތުން އީރާނުން ވާގިވެރިވާ ޖަމާއަތްތައް ބަލިކަށިވުން ހިމެނެއެވެ.

ހަނގުރާމައިގެ ބިރުވެރިކަން

ނަމަވެސް، މެދުވެރިން މެދުވެރިކޮށް ކުރިއަށްދާ މަޝްވަރާތަކުގައި ވާހަކަދެއްކޭނީ ހަމައެކަނި އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކަމަށް އީރާނުން ވަނީ ބުނެފައެވެ. ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ނިއުކްލިއާ ބޮން އުފެއްދުމަށް ހިންގާ ޕްރޮގްރާމެކެވެ. ނަމަވެސް ތެހެރާނުން އެކަން ދޮގުކުރެއެވެ.

އީރާނުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއެވެ. އެމެރިކާގެ ފަރާތުން ބައިވެރިވަނީ މަންދޫބު ސްޓީވް ވިޓްކޮފް އާއި ރައީސް ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރެވެ.

ވޮޝިންގޓަނުން އަސްކަރީ ބާރުތައް ރުކުރުވާލާފައިވާއިރުވެސް، އީރާނުން އަމާންނުދީ ހިފަހައްޓަމުންދާތީ ރައީސް ޓްރަމްޕް ހައިރާންވެވަޑައިގަންނަވާ ކަމަށް، ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިޓްކޮފް ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވަމުން ބަޣާއީ ހޯމަ ދުވަހު ވިދާޅުވީ، އީރާނުގެ ތާރީޚުގެ އެއްވެސް ހިސާބެއްގައި އެ ގައުމުގެ ރައްޔިތުން ބައެއްގެ ކުރިމަތީގައި އިސްޖަހައި އަމާންދީފައި ނުވާނެ ކަމަށެވެ.

މިދިޔަ ހަފްތާ ބަންދުގައި ޔުނިވަރސިޓީތަކުގެ ކިޔެވުން އަލުން ފެށުމާއެކު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ސަރުކާރާ ދެކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި މަރުވި މީހުންގެ ހަނދާން އާކުރުމަށް ދަރިވަރުން ވަނީ އެއްވުންތައް ބާއްވާފައެވެ.

އީރާނުގެ ރައްޔިތުންގެ މެދުގައި އާ ހަނގުރާމައެއްގެ ބިރުވެރިކަން ބޮޑުވެފައިވާއިރު، ބައެއް ބޭރު ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ރައްޔިތުން އީރާނުން ފޭބުމަށް އިލްތިމާސްކޮށްފައެވެ.

ސްވިޑަން، ސާބިއާ، ޕޮލެންޑް އަދި އޮސްޓްރޭލިއާއަށް ފަހު، އިންޑިއާއިން ވެސް ވަނީ އީރާނުގައި ތިބި އެ ގައުމުގެ ރައްޔިތުން އެ ގައުމުން ފޭބުމަށް ހޯމަ ދުވަހު ގޮވާލާފައެވެ. އިންޑިއާގެ ޚާރިޖީ ވުޒާރާގެ އަންދާޒާތަކުން ދައްކާގޮތުގައި އީރާނުގައި އިންޑިއާގެ 10،000 އެއްހާ ރައްޔިތުން ދިރިއުޅެއެވެ.

އެމެރިކާ-އީރާންއީރާންއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އާއި އެމެރިކާގެ މަޝްވަރާ ތަކުގެ ތިން ވަނަ ބުރު ބުރާސްފަތި ދުވަހު ޖެނީވާގައި ކުރިއަށް ގެންދަނީ

އީރާން އާއި އެމެރިކާގެ މަޝްވަރާ ތަކުގެ ތިން ވަނަ ބުރު ބުރާސްފަތި ދުވަހު ޖެނީވާގައި ކުރިއަށް ގެންދަނީ

23 ފެބުރުއަރީ 2026
އެމެރިކާގެ ބާރުވެރިކަމާ ދެކޮޅަށް އީރާން އިން އަމާންނުދޭތީ ޓްރަމްޕް ހުންނެވީ އަޖައިބުވެފައި، އެކަމާ ސުވާލު ވެސް އުފައްދަވައިފި

އެމެރިކާގެ ބާރުވެރިކަމާ ދެކޮޅަށް އީރާން އިން އަމާންނުދޭތީ ޓްރަމްޕް ހުންނެވީ އަޖައިބުވެފައި، އެކަމާ ސުވާލު ވެސް އުފައްދަވައިފި

22 ފެބުރުއަރީ 2026
ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލަން އެމެެރިކާ އިން ހުށަހަޅާފައި ނުވޭ، އީރާން އިން އެކަމަށް ނުވެސް އެދޭނެ: އަރާގްޗީ

ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލަން އެމެެރިކާ އިން ހުށަހަޅާފައި ނުވޭ، އީރާން އިން އެކަމަށް ނުވެސް އެދޭނެ: އަރާގްޗީ

21 ފެބުރުއަރީ 2026
އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ލަވްރޮވް އާއި އަރާގްޗީ މަޝްވަރާ ކުރައްވައިފި

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ލަވްރޮވް އާއި އަރާގްޗީ މަޝްވަރާ ކުރައްވައިފި

21 ފެބުރުއަރީ 2026
ޕޮލެންޑުން އީރާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

ޕޮލެންޑުން އީރާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު