Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ކުލަބު ބްރޫޖް އިން އެތުލެޓިކޯ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ޕްލޭ އޮފްގެ ފުރަތަމަ ލެގު އެއްވަރުވެފައިވާއިރު، ދެ ވަނަ ލެގު އޮންނާނީ އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި. މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ފެބުރުއަރީ 2026 | ބުރާސްފަތި 06:11
ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި ކުލަބު ބްރޫޖް އާއި އެތުލެޓިކޯ ބައްދަލު ކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި ކުލަބު ބްރޫޖް އާއި އެތުލެޓިކޯ ބައްދަލު ކުރި މެޗުގެ ތެރެއިން | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ކުލަބު ބްރޫޖްއާ ދެކޮޅަށް ކުޅުނު މެޗުން، އެތުލެޓިކޯ މެޑްރިޑް އެއްވަރުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރޭ ކުލަބު ބްރޫޖްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 3-3 އިން އެއްވަރު ވެގެންނެވެ. މެޗުގައި އެތުލެޓިކޯ އިން ދެ ފަހަރެއްގެ މަތިން ކުރި ހޯދިއިރު ވެސް، ދެ ފަހަރު ވެސް ކުލަބު ބްރޫޖް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަޑެމޮލާ ލުކްމަން ވަނީ އެތުލެޓިކޯގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ކުލަބު ބްރޫޖްގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްދިނީ ރަފައެލް އޮންޔެޑިކާ އެވެ. އޭގެ އަށް މިނެޓު ފަހުން ކުލަބު ބްރޫޖް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ނިކޮލޯ ޓްރެސޮލްޑީ އެވެ. 

ކުލަބު ބްރޫޖް އިން ނަތީޖާ ހަމަހަމަ ކޮށްފައި ވަނިކޮށް، މެޗުގެ 78 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް އެތުލެޓިކޯ އަށް ލީޑު ލިބުނީ ކުލަބު ބްރޫޖްގެ ޔޮއެލް އޯޑޮނެޒް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ކުލަބު ބްރޫޖްގެ ތިން ވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީ ކްރިސްޓޮސް ޒޮލިސް އެވެ.

ޕްލޭ އޮފްގެ ފުރަތަމަ ލެގު އެއްވަރުވެފައިވާއިރު، ދެ ވަނަ ލެގު އޮންނާނީ އެތުލެޓިކޯގެ އަމިއްލަ ދަނޑުގަ އެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއެތުލެޓިކޯ މެޑްރިޑް

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2026

ރެއާލް އިން ބެންފީކާ ބަލިކުރިއިރު، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލުމުން މެޗު ހޫނުވެއްޖެ

18 ފެބުރުއަރީ 2026
ރެއާލް އިން ބެންފީކާ ބަލިކުރިއިރު، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލުމުން މެޗު ހޫނުވެއްޖެ
18 ފެބުރުއަރީ 2026

ފަހަތުން އަރައި މޮނާކޯ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

18 ފެބުރުއަރީ 2026
ފަހަތުން އަރައި މޮނާކޯ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި
29 ޖެނުއަރީ 2026

ނިއުކާސަލްއާ އެއްވަރުވެ، ޗެމްޕިއަން ޕީއެސްޖީ ޕްލޭ އޮފްގައި ކުޅެން ޖެހިއްޖެ

29 ޖެނުއަރީ 2026
ނިއުކާސަލްއާ އެއްވަރުވެ، ޗެމްޕިއަން ޕީއެސްޖީ ޕްލޭ އޮފްގައި ކުޅެން ޖެހިއްޖެ
29 ޖެނުއަރީ 2026

ބެންފީކާ އަތުން ބަލިވެ، ރެއާލް ޕްލޭ އޮފަށް

29 ޖެނުއަރީ 2026
ބެންފީކާ އަތުން ބަލިވެ، ރެއާލް ޕްލޭ އޮފަށް
29 ޖެނުއަރީ 2026

ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި

29 ޖެނުއަރީ 2026
ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު