Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި

މޮޅާ އެކު ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ހޯދީ ފަސް ވަނައިގައި. އެއީ ބާސެލޯނާ ކުޅެފައިވާ އަށް މެޗުން 16 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖެނުއަރީ 2026 | ބުރާސްފަތި 05:49
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންްސް ލީގުގައި ކޯޕަންހޭގަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން މުބާރާތުގެ ގަދަ 16 ގެ ޖާގަ ކަށަވަރު ކޮށްފި އެވެ. 

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގައި ކޯޕަންހޭގަން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ކޯޕަންހޭގަން އަށް ލީޑު ނަގައިދިނީ ވިކްޓާ ޑަޑަސަން އެވެ. އޭގެ ފަހުން މެޗުގައި ލަނޑު ޖަހަން ބާސެލޯނާ އިން ގިނަ މަސައްކަތް ތަކެއް ކުރިއިރު، އެ ޓީމުގެ ހަތަރު ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ. އޭގެ ފަހުން މެޗުގެ 60 ވަނަ މިނެޓުގައި ލަމީން ޔަމާލް ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. 

އޭގެ ނުވަ މިނެޓު ފަހުން ބާސެލޯނާގެ ތިން ވަނަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ރަފީނިއާ ޖެހި ލަނޑެކެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ މާކަސް ރަޝްފޯޑު އެވެ.

މޮޅާ އެކު ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ހޯދީ ފަސް ވަނައިގަ އެވެ. އެއީ ބާސެލޯނާ ކުޅެފައިވާ އަށް މެޗުން 16 ޕޮއިންޓާ އެކު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބާސެލޯނާ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2026

އަށް މެޗުން ވެސް މޮޅުވެ، އާސެނަލް ގަދަ 16 އަށް

29 ޖެނުއަރީ 2026
އަށް މެޗުން ވެސް މޮޅުވެ، އާސެނަލް ގަދަ 16 އަށް
28 ޖެނުއަރީ 2026

އާޓެޓާ ހުރީ އާސެނަލް އަށް ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަމާ އެކު

28 ޖެނުއަރީ 2026
އާޓެޓާ ހުރީ އާސެނަލް އަށް ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަމާ އެކު
28 ޖެނުއަރީ 2026

ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް

28 ޖެނުއަރީ 2026
ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް
27 ޖެނުއަރީ 2026

ބާސެލޯނާ އިން ފާމިން ލޮޕޭޒްގެ އެއްބަސްވުން އައު ކުރަނީ

27 ޖެނުއަރީ 2026
ބާސެލޯނާ އިން ފާމިން ލޮޕޭޒްގެ އެއްބަސްވުން އައު ކުރަނީ
26 ޖެނުއަރީ 2026

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ބާސެލޯނާ އަލުން އެއް ވަނަ އަށް

26 ޖެނުއަރީ 2026
ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ބާސެލޯނާ އަލުން އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު