Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބެންފީކާ އަތުން ބަލިވެ، ރެއާލް ޕްލޭ އޮފަށް

ބައްޔާ އެކު ރެއާލް އޮތީ ލީގު ތާވަލްގެ ނުވަ ވަނަ މަގާމުގައި. އެއީ އެ ޓީމު ކުޅެފައިވާ އަށް މެޗުން 15 ޕޮއިންޓާ އެކު. މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމަށް ރެއާލް އަށް ޖެހޭނީ ޕްލޭ އޮފްގައި ކުޅެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖެނުއަރީ 2026 | ބުރާސްފަތި 05:50
ބެންފީކާ އާއި ރެއާލް ކުޅުނު މެޗުގެ ތެރެއިން

ބެންފީކާ އާއި ރެއާލް ކުޅުނު މެޗުގެ ތެރެއިން | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ރެއާލް މެޑްރިޑް އިން ޕްލޭ އޮފް ކުޅެން ޖެހިއްޖެ އެވެ.

ބެންފީކާގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގަައި އެ ޓީމުން ވަނީ 4-2 އިން ރެއާލް ބަލިކޮށްފަ އެވެ. މެޗުގައި ރެއާލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބެންފީކާ އިން ވަނީ ފަހަތުން އަރައި ލީޑު ނަގައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ރެއާލް އަށް ލީޑު ނަގައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އޭގެ ހަ މިނެޓު ފަހުން އެންޑްރިއަސް ސްޗެލްޑެރަޕް ވަނީ ލަނޑު ޖަހައި ބެންފީކާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބެންފީކާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދިނީ ވަންގެލިސް ޕަލްވިޑިސް އެވެ.

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ސްޗެލްޑެރަޕް ވަނީ ބެންފީކާގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އެމްބާޕޭ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބެންފީކާގެ ގޯލު ކީޕަރު އަނަޓޮލީ ޓްރުބިން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

ބައްޔާ އެކު ރެއާލް އޮތީ ލީގު ތާވަލްގެ ނުވަ ވަނަ މަގާމުގަ އެވެ. އެއީ އެ ޓީމު ކުޅެފައިވާ އަށް މެޗުން 15 ޕޮއިންޓާ އެކު އެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމަށް ރެއާލް އަށް ޖެހޭނީ ޕްލޭ އޮފްގައި ކުޅޭށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްބެންފީކާ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2026

ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި

29 ޖެނުއަރީ 2026
ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި
29 ޖެނުއަރީ 2026

އަށް މެޗުން ވެސް މޮޅުވެ، އާސެނަލް ގަދަ 16 އަށް

29 ޖެނުއަރީ 2026
އަށް މެޗުން ވެސް މޮޅުވެ، އާސެނަލް ގަދަ 16 އަށް
28 ޖެނުއަރީ 2026

އާޓެޓާ ހުރީ އާސެނަލް އަށް ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަމާ އެކު

28 ޖެނުއަރީ 2026
އާޓެޓާ ހުރީ އާސެނަލް އަށް ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަމާ އެކު
28 ޖެނުއަރީ 2026

ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް

28 ޖެނުއަރީ 2026
ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް
25 ޖެނުއަރީ 2026

ވިޔަރެއާލް ބަލިކޮށް، ރެއާލް އިން އެއް ވަނަ އަށް ޖެހިލައިފި

25 ޖެނުއަރީ 2026
ވިޔަރެއާލް ބަލިކޮށް، ރެއާލް އިން އެއް ވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު