Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ރެއާލް އިން ބެންފީކާ ބަލިކުރިއިރު، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލުމުން މެޗު ހޫނުވެއްޖެ

ރެއާލް އިން ލީޑު ނެގި ފަހުން ބެންފީކާގެ ބައެއް ކުޅުންތެރިން ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުގެ ސަބަބުން މެޗު ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ. ދެ ޓީމުގެ ކުޅުންތެރިންގެ ދެ މެދުގައި ދެބަސްވުން ތަކެއް ހިނގިއިރު، ގާތް ގަނޑަކަށް 10 މިނެޓު ވަންދެން މެޗު މެދު ކަނޑާލަން ވެސް ޖެހުނު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ފެބުރުއަރީ 2026 | ބުދަ 06:42
ރެއާލް އާއި ބެންފީކާ ބައްދަލު ކުރި މެޗުގައި ވިނީޝިއުސް

ރެއާލް އާއި ބެންފީކާ ބައްދަލު ކުރި މެޗުގައި ވިނީޝިއުސް | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ބެންފީކާ ބަލިކޮށް، ރެއާލް މެޑްރިޑް އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ އުންމީދު ބޮޑު ކޮށްފި އެވެ.

ބެންފީކާގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. ޕްލޭ އޮފް މެޗުގެ ކުރިން، މުބާރާތުގެ ލީގު ބުރުގައި ވެސް ބެންފީކާ އާއި ރެއާލް ވަނީ ބައްދަލު ކޮށްފަ އެވެ. އެ މެޗުގައި ބެންފީކާ އިން ވަނީ ރެއާލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނުއިރު، އެއްވެސް ޓީމަކަށް ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ރެއާލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލް އަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އެވެ.

ރެއާލް އިން ލީޑު ނެގި ފަހުން ބެންފީކާގެ ބައެއް ކުޅުންތެރިން ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުގެ ސަބަބުން މެޗު ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ. ދެ ޓީމުގެ ކުޅުންތެރިންގެ ދެ މެދުގައި ދެބަސްވުން ތަކެއް ހިނގިއިރު، ގާތް ގަނޑަކަށް 10 މިނެޓު ވަންދެން މެޗު މެދު ކަނޑާލަން ވެސް ޖެހުނެވެ. ދެ ޓީމުގެ ކުޅުންތެރިން ވަނީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ބަހުގެ ހަމަލާތައް އަމާޒުކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. މީގެ ސަބަބުން ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅޭ ޕްލޭ އޮފްގެ ދެ ވަނަ މެޗުގައި މޮރީނިއޯ އަށް ބެންޗުގައި ނުހުރެވޭނެ އެވެ.

ރެއާލް އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގައި ބެންފީކާއާ ދެކޮޅަށް އެ ޓީމު ނިކުންނާނީ ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހު އެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްބެންފީކާ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2026

ބޯޑޯ ގިލްމް އަތުން ބަލިވެ، އިންޓަރ ޕްރެޝަރަށް

19 ފެބުރުއަރީ 2026
ބޯޑޯ ގިލްމް އަތުން ބަލިވެ، އިންޓަރ ޕްރެޝަރަށް
19 ފެބުރުއަރީ 2026

ކުލަބު ބްރޫޖް އިން އެތުލެޓިކޯ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

19 ފެބުރުއަރީ 2026
ކުލަބު ބްރޫޖް އިން އެތުލެޓިކޯ މޮޅުވިޔަ ނުދީ ހިފަހައްޓައިފި
18 ފެބުރުއަރީ 2026

ފަހަތުން އަރައި މޮނާކޯ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

18 ފެބުރުއަރީ 2026
ފަހަތުން އަރައި މޮނާކޯ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި
15 ފެބުރުއަރީ 2026

ސޮސިއެޑާޑް ބަލިކޮށް، ރެއާލް އެއް ވަނަ އަށް

15 ފެބުރުއަރީ 2026
ސޮސިއެޑާޑް ބަލިކޮށް، ރެއާލް އެއް ވަނަ އަށް
10 ފެބުރުއަރީ 2026

އާބެލޯ ހުރީ ހަމަޖެހިގެން، ކުރިއަށް ދާންވީ ގޮތް އިނގޭ

10 ފެބުރުއަރީ 2026
އާބެލޯ ހުރީ ހަމަޖެހިގެން، ކުރިއަށް ދާންވީ ގޮތް އިނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު