Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް

ގުރޫޕް ސްޓޭޖުގައި ނިއު އާއި، އޮޑި ސްޕޯޓްސް ކުލަބު ބައްދަލު ކުރި ފުރަތަމަ މެޗު އެއްވަރުވީއިރު، ދެ ވަނަ މެޗުން މޮޅުވެ ނިއު އިން މި ވަނީ ސެމީ ފައިނަލްގެ ޖާގަ ހޯދާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ފެބުރުއަރީ 2026 | ހޮނިހިރު 04:22
މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއު ރޭޑިއަންޓްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއު ރޭޑިއަންޓްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | އެފްއޭއެމް

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ގުރޫޕް ސްޓޭޖުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިއު އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ނިއު އަށް ލީޑު ލިބިފައި ވަނިކޮށް، އީގަލްސް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ދެ ވަނަ ލަނޑެއް ޖަހައިގެން ނިއު އިން ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ މާވިން ލެބީ އަތުން ބައި ކޮޅަށް ވަތް ލަނޑާ އެކު، ނިއު އަށް ވަނީ ލީޑު ލިބިފަ އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި އީގަލްސްގެ ހިސާމް ސަލީމް ވަނީ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ނިއުގެ ބިދޭސީ ކުޅުންތެރިޔާ ލުއިސް ގޯމޭޭޒް ޑަ ސިލްވާ ވަނީ ލަނޑު ޖަަހައި އަލުން ލީޑު ނަގައިފަ އެވެ.

ގުރޫޕް ސްޓޭޖުގައި ނިއު އާއި، އޮޑި ސްޕޯޓްސް ކުލަބު ބައްދަލު ކުރި ފުރަތަމަ މެޗު އެއްވަރުވީއިރު، ދެ ވަނަ މެޗުން މޮޅުވެ ނިއު އިން މި ވަނީ ސެމީ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ. މި ގުރޫޕް އިން ސެމީ ފައިނަލްގެ ޖާގަ ލިބެނީ އޮޑި އާއި އީގަލްސް ކުޅޭ މެޗުންނެވެ. އެ މެޗުން ބަލި ނުވެ ފަރު ޖައްސާލައިގެން އޮޑި އަށް ސެމީ ފައިނަލްގެ ޖާގަ ލިބޭނެ އެވެ.

ޕްރެޒިޑެންޓްސް ކަޕްނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްކުލަބު އީގަލްސް

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2026

ނިއު ރޭޑިއަންޓުގެ އުސޫލާ ޚިލާފުވި ކުޅުންތެރިންނަށް ބޮޑު ޖޫރިމަނާއެއް

11 ފެބުރުއަރީ 2026
ނިއު ރޭޑިއަންޓުގެ އުސޫލާ ޚިލާފުވި ކުޅުންތެރިންނަށް ބޮޑު ޖޫރިމަނާއެއް
11 ފެބުރުއަރީ 2026

މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު

11 ފެބުރުއަރީ 2026
މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު
10 ފެބުރުއަރީ 2026

ނިއު ރޭޑިއަންޓްގެ އެކަޑަމީ ފަށަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި

10 ފެބުރުއަރީ 2026
ނިއު ރޭޑިއަންޓްގެ އެކަޑަމީ ފަށަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި
09 ފެބުރުއަރީ 2026

ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް

09 ފެބުރުއަރީ 2026
ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް
09 ފެބުރުއަރީ 2026

ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް

09 ފެބުރުއަރީ 2026
ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު