Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ

ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް

ނ. ކެނދިކުޅުދޫގައި ފެނަކައާ ހަވާލުކޮށްގެން ކުރިއަށްގެންދާ ކުނިކޮށި ބޮޑުކުރުމުގެ މަޝްރޫއަކީ ކުޑަ މަސައްކަތެއް ނަމަވެސް، އެއީ ބޮޑު މަޝްރޫއެއްގެ ގޮތުގައި ދައްކަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ތުހުމަތުކޮށްފަ. ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވީ، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއަށް ނެރެގެން ކުރިއަށްގެންދަން އުޅުނު މި މަޝްރޫއުގެ ކުރެހުންތަކުން ފެންނަނީ އެންމެ 4 މީހުންނަށް ކުރެވޭނެ ވަރުގެ ކުޑަ މަސައްކަތެއް ކަމަށް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2026 | ބުރާސްފަތި 07:05
އެމްޑީޕީ ސަރުކާރުގައި ހެދި ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ.

އެމްޑީޕީ ސަރުކާރުގައި ހެދި ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ. | ރާއްޖެ އެމްވީ

ނ. ކެނދިކުޅުދޫ ވޭސްތް މެނޭޖްމަންޓް ސެންޓަރުގެ އެކްސްޓެންޝަން ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި އޮފީސް އިމާރާތުގެ އިތުރުން ފާހާނާ އެއް ކަމަށާއި، މިއީ ބޮޑު ޕްރޮޖެކްޓެއް ކަމަށް ދައްކަން ސަރުކާރުން މަސައްކަތް ކުރި ކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވެއްޖެ އެވެ. 

ނ. ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެރަށުގައި ހަދާފައިވާ ތަނެކެވެ. އެ ތަނުގައި މި ސަރުކާރުން ބޮޑު ޕްރޮޖެކްޓެއް ފަށާ ވާހަކަ އޮތީ ދައްކާފަ އެވެ. މިކަމާއި ގުޅިގެން ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވީ ކުނިކޮށި އެކްސްޓެންޝަން ކިޔާ ޕްރޮޖެކްޓެއް އެބައިން ކަމަށެވެ. އަދި އެކްސްޓެންޝަން ޕްރޮޖެކްޓެއް ކަމަށްވުމުން އެއީ ބޮޑު ޕްރޮޖެކްޓެއް ކަމަށް ބެލެވުނު ކަމަށާއި، މަސައްކަތް ހަވާލުކޮށްފައި އޮތީ ފެނަކައާއި ކަމަށެވެ. 

ރައޫފް ވިދާޅުވީ ކުރެހުމުގައި އޮތީ ވަރަށް ބޮޑުކޮށް ކުރިއަށް ގެންދަން ކަމަށާއި، އެ ކުރެހުމުގައި އިނީ މިހާރު ވެސް އިން ވޭސްޓް މެނޭޖްމަންޓް ސެންޓަރުހާ ބޮޑު ތަނެއް ކަމަށެވެ. 

ބިން ހަމަކުރަން ވެގެން ބިންވެސް އޮތީ ދޫކޮށްފައި. ދެން އެކަމަކު ބިން ހަމަނުވެގެން ބަލާލި އިރު މި އިންނަނީ 24 ފޫޓް 30 ފޫޓުގެ ކުނި ބެހެއްޓޭ ތަނަކައި، ފާހާނާ އަދި އޮފީސް އިމާރާތެއް. މި ދެތަން ލާފައި ބޮޑު އެކްސްޓެންޝަން ޕްރޮޖެކްޓެއް ގޮތަށް މި އިންނަނީ. ދެން އެބޭފުޅުންވެސް ސިއްސައިގެން ދިޔައީ ކުރެހުން ފެނުނީމާ. އަނެއްހެން 4 ވަރަކަށް މީހުން ލައިގެން ކުރެވޭ ވަރުގެ މަސައްކަތެއް މިއީ. ދެން ބޮޑު ތަނެއްގެ ގޮތުގައި ކުރެހުމުން ފެންނަނީ. 
ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް 

ރައޫފް ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތެރޭގައި އިތުރު ގުދަނެއް ހެދުމަށްފަހު އެއީ ބޮޑު ޕްރޮޖެކްޓެއް ކަމަށް ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ފެނަކަ އިން 15 ވަރަކަށް މީހުން ނަގަން އުޅުނު ކަމަށާއި، ނަމަވެސް އެންމެފަހުން ކުރެހުން ފެނުމުން އެ ޕްރޮޖެކްޓުގެ ބޮޑުވަރު އެނގިގެން ގޮސްފައިވާ ކަމަށެވެ. 

ރައޫފު ވިދާޅުވީ ކުނި މެނޭޖްކުރުމުގެ ކަންކަން ކައުންސިލުން ކުރަމުން އަންނަ ކަމަށާއި، ނަމަވެސް ވަންދޫގައި ހުންނަ ސަރަހައްދީ ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި އެކު ކުނި ގެންދަން ސޮއިކުރިތާ އަހަރެއް ވެގެން ދިޔަ އިރު ވެސް އަދިވެސް ކުނި ބޭރު ކުރެވިފައި ނުވާ ކަމަށެވެ. 

ނ. ކެނދިކުޅުދޫއިބްރާހިމް މުހައްމަދު ސާލިހުމުހައްމަދު ރައޫފްފެނަކަވެމްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ކެނދިކުޅުދޫ ފުއްޓަރު ގިރައިގެން ދިއުން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު 2 ފަހަރު ވިދާޅުވެއްޖެ، އަދި ވީ އެއްކަމެއްވެސް ނެތް!

ކެނދިކުޅުދޫ ފުއްޓަރު ގިރައިގެން ދިއުން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު 2 ފަހަރު ވިދާޅުވެއްޖެ، އަދި ވީ އެއްކަމެއްވެސް ނެތް!

18 ފެބުރުއަރީ 2026
އިންތިޚާބު ބޯމަތިވުމުން ބ. ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދޭ، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ދުވަހެއް ނޭނގޭ

ވެމްކޯގެ މުވައްޒަފުންނަށް އަދިވެސް ރޯދަ އިނާއަތް ނުދޭ، ގިނަ މުވައްޒަފުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން

ވެމްކޯގެ މުވައްޒަފުންނަށް އަދިވެސް ރޯދަ އިނާއަތް ނުދޭ، ގިނަ މުވައްޒަފުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން

18 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މޭޔަރ ސައުދު އަށް ތާއީދު ކުރާތީ ވަޒީފާ އަދާ ކުރާތަން ބަދަލު ކުރި ނާބިތު ކުޅުދުއްފުށްޓަށް ފޮނުވާލީ 6 މަސް ދުވަހަށް

ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މޭޔަރ ސައުދު އަށް ތާއީދު ކުރާތީ ވަޒީފާ އަދާ ކުރާތަން ބަދަލު ކުރި ނާބިތު ކުޅުދުއްފުށްޓަށް ފޮނުވާލީ 6 މަސް ދުވަހަށް

17 ފެބުރުއަރީ 2026
ބާރުތައް އެއްކޮށްގެން ރައީސް އޮފީހުގައި އިންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވުމަކީ ވަރަށް ފަސޭހަކަމެއް: ރައީސް ސޯލިހު

ބާރުތައް އެއްކޮށްގެން ރައީސް އޮފީހުގައި އިންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވުމަކީ ވަރަށް ފަސޭހަކަމެއް: ރައީސް ސޯލިހު

16 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު