Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ވާހަކަ ދައްކާ ކޮންމެ ފަހަރަކު ލަޕޯޓާ ހަދަނީ ދޮގު: ވިކްޓާ ފޮންޓް

އެގޮތުން "އަނގަ ހުޅުވާ ކޮންމެ ފަހަރަކު" ލަޕޯޓާ ދޮގު ހަދާ ކަމަށާއި، އޭނާ އަކީ ދޮގު ހަދާ މީހެއް ކަމަށް ވިދާޅުވެ ފޮންޓް ވަނީ ލަޕޯޓާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 06:14
ބާސެލޯނާގެ ރައީސް ކަމަށް ވާދަ ކުރާ ވިކްޓާ ފޮންޓް

ބާސެލޯނާގެ ރައީސް ކަމަށް ވާދަ ކުރާ ވިކްޓާ ފޮންޓް | ރޮއިޓާސް

ވާހަކަ ދައްކާ ކޮންމެ ފަހަރަކު ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ދޮގު ހައްދަވާ ކަމަށް ބުނެ، ލަޕޯޓާއާ ވާދަވެރި ކެންޑިޑޭޓް ވިކްޓާ ފޮންޓް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

މިއަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު އޮންނަ ބާސެލޯނާގެ އިންތިޚާބުގައި ވާދަކުރައްވާކަން ލަޕޯޓާ އާއި، ފޮންޓް ވެސް ވަނީ އިއުލާން ކުރައްވައިފަ އެވެ. އެންމެ ފަހުން 2021 ވަނަ އަހަރު އޮތް އިންތިޚާބުގައި ވެސް މި ދެ ބޭފުޅުން ވާދަ ކުރެއްވިއިރު، ފޮންޓް ބަލިކޮށް އިންތިޚާބު ކާމިޔާބު ކުރެއްވީ ލަޕޯޓާ އެވެ. 

އަލުން ބާސެލޯނާގެ ރައީސް ކަމުގެ ދައުރަކަށް ވާދަ ކުރައްވާ ލަޕޯޓާ ވަނީ، އިންތިޚާބަށް ފުރުސަތު ދިނުމުގެ ގޮތުން ބާސެލޯނާގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ. އިންތިޚާބާ ގުޅޭ ގޮތުން ލަޕޯޓާ ވިދާޅުވެފައި ވަނީ، ބާސެލޯނާ އަކީ މާލީ ގޮތުން ރަނގަޅު ކުލަބަކަށް ހެދިފައިވާ ކަމަށާއި، ކުޅިވަރުގެ މައިދާނުގައި ވެސް ގިނަ ކާމިޔާބީ ތަކެއް ހޯދިފައިވާ ކަމަށެވެ. 

ތިން ދައުރެއް ހޯދުމަށް ލަޕޯޓާ އިންތިޚާބުގައި ވާދަ ކުރައްވާއިރު، ފޮންޓް ގެންދަވަނީ ލަޕޯޓާގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ލަޕޯޓާއާ އެކު ބާސެލޯނާ އިން ބޭނުންވާ ކާމިޔާބީތައް ނުހޯދޭނެ ކަމަށާއި، އޭނާ އަކީ ބާސެލޯނާގެ ރައީސް ކަމަށް އެކަށީގެންވާ މީހާ ނޫން ކަމަށް އެކި ފަހަރު މަތިން ފޮންޓް ވިދާޅުވެފައިވެ އެވެ.

ލަޕޯޓާ މީގެ ކުރިން ވެފައިވާ ވައުދުތަކާއި، ބާސެލޯނާ އަށް ކޮށްދޭނެ ކަމަށް ބުނާ ކަންކަމަށް އިޝާރާތްކޮށް ފޮންޓް ވިދާޅުވީ، ވާހަކަ ދައްކާ ކޮންމެ ފަހަރަކު ލަޕޯޓާ ހަދަނީ ދޮގު ކަމަށެވެ. އެގޮތުން "އަނގަ ހުޅުވާ ކޮންމެ ފަހަރަކު" ލަޕޯޓާ ދޮގު ހަދާ ކަމަށާއި، އޭނާ އަކީ ދޮގު ހަދާ މީހެއް ކަމަށް ވިދާޅުވެ ފޮންޓް ވަނީ ލަޕޯޓާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ބާސެލޯނާގެ ރައީސް ކަމުގެ ދެ ވަނަ ދައުރަކަށް ލަޕޯޓާ އިންތިޚާބުވެފައި ވަނީ، އޭނާގެ ކުރިން މަގާމުގައި ހުންނެވި ޖޯސެޕް މާރިއާ ބާޓޮމިއު އަށް އަމާޒުވަމުން ދިޔަ ފާޑު ކިޔުންތަކާއި، ޕްރެޝަރުގެ ސަބަބުން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ އިންތިޚާބުގައި ލަޕޯޓާއާ ވާދަ ކުރެއްވީ ވެސް ފޮންޓް އެވެ. ނަމަވެސް، އޭނާ އަށް ލިބިފައި ވަނީ އެންމެ 30 އިންސައްތަ ވޯޓެވެ.

ބާސެލޯނާޖޮއާން ލަޕޯޓާވިކްޓާ ފޮންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ލެވަންޓޭ ބަލިކޮށް، ބާސެލޯނާ އަލުން އެއް ވަނަ އަށް

ލެވަންޓޭ ބަލިކޮށް، ބާސެލޯނާ އަލުން އެއް ވަނަ އަށް

23 ފެބުރުއަރީ 2026
ޖިރޯނާ އަތުން ބަލިވެ ބާސެލޯނާ އަށް އެއް ވަނަ މަގާމު ގެއްލި، ރެއާލް އަށް ލީޑު ލިބިއްޖެ

ޖިރޯނާ އަތުން ބަލިވެ ބާސެލޯނާ އަށް އެއް ވަނަ މަގާމު ގެއްލި، ރެއާލް އަށް ލީޑު ލިބިއްޖެ

17 ފެބުރުއަރީ 2026
އިންތިޚާބުގައި ވާދަ ކުރާތީ ބާސެލޯނާގެ ރައީސް ލަޕޯޓާ އިސްތިއުފާ ދެއްވައިފި

އިންތިޚާބުގައި ވާދަ ކުރާތީ ބާސެލޯނާގެ ރައީސް ލަޕޯޓާ އިސްތިއުފާ ދެއްވައިފި

11 ފެބުރުއަރީ 2026
މަޔޯކާ އަތުން މޮޅުވެ ބާސެލޯނާ އިން މަގާމު ދަމަހައްޓައިފި

މަޔޯކާ އަތުން މޮޅުވެ ބާސެލޯނާ އިން މަގާމު ދަމަހައްޓައިފި

08 ފެބުރުއަރީ 2026
ބާސެލޯނާގެ އިންތިޚާބު މާޗު 15 ގައި، ލަޕޯޓާ ވާދަ ކުރައްވާނެ

ބާސެލޯނާގެ އިންތިޚާބު މާޗު 15 ގައި، ލަޕޯޓާ ވާދަ ކުރައްވާނެ

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު