Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

އިންތިޚާބުގައި ވާދަ ކުރާތީ ބާސެލޯނާގެ ރައީސް ލަޕޯޓާ އިސްތިއުފާ ދެއްވައިފި

ބާސެލޯނާގެ ޤަވާއިދުގައި ބުނެފައިވާ ގޮތުން، ރައީސް ކަމުގެ އިތުރު ދައުރެއް ހޯދުމަށް އިންތިޚާބުގައި ވާދަ ކުރާ ނަމަ، މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ. ހޯމަ ދުވަހު ލަޕޯޓާ އިސްތިއުފާ ދެއްވުމާ އެކު، ބާސެލޯނާ އިން ވަނީ ރަސްމީކޮށް އިންތިޚާބުގެ މަސައްކަތް ފަށާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 06:59
ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ

ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ | ރޮއިޓާސް

މިއަހަރު އޮންނަ ބާސެލޯނާގެ އިންތިޚާބުގައި އިތުރު ދައުރަކަށް ވާދަ ކުރަން ނިންމާފައިވާތީ، އިންތިޚާބަށް ޖާގަ ދިނުމުގެ ގޮތުން ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އިސްތިއުފާ ދެއްވައިފި އެވެ. 

ބާސެލޯނާގެ ޤަވާއިދުގައި ބުނެފައިވާ ގޮތުން، ރައީސް ކަމުގެ އިތުރު ދައުރެއް ހޯދުމަށް އިންތިޚާބުގައި ވާދަ ކުރާ ނަމަ، މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ އެވެ. ހޯމަ ދުވަހު ލަޕޯޓާ އިސްތިއުފާ ދެއްވުމާ އެކު، ބާސެލޯނާ އިން ވަނީ ރަސްމީކޮށް އިންތިޚާބުގެ މަސައްކަތް ފަށައިފަ އެވެ. ބާސެލޯނާގެ ބޯޑުގެ ބައްދަލުވުމުން ލަޕޯޓޯގެ އިސްތިއުފާ ޤަބޫލު ކޮށްފައިވާއިރު، މިހާރު އޭނާ އަށް އިންތިޚާބުގެ ކެމްޕެއިން ކުރިއަށް ގެންދެވޭނެ އެވެ. 

ރައީސް ކަމުގެ މަގާމުން ލަޕޯޓާ އިސްތިއުފާ ދެއްވުމާ އެކު، ބާސެލޯނާގެ ވަގުތީ ރައީސްގެ ޒިންމާ ނަގާނީ ނައިބު ރައީސް ރަފާ ޔޫސްޓޭ އެވެ. އެގޮތުން ޖޫން މަހުގެ 30 ވަނަ ދުވަހު ދައުރު ހަމަވުމާ ހަަމައަށް، އޭނާ ވަގުތީ ރައީސްގެ ޒިންމާ ނަންގަވާނެ އެވެ. މިހާތަނަށް ޔޫސްޓޭ ހުންނެވީ ބާސެލޯނާގެ ނައިބު ރައީސް ކަމުގެ އިތުރުން، ކުޅިވަރު ޑިޕާޓްމަންޓުގެ އިސްވެރިޔާގެ ގޮތުގަ އެވެ. 

އިންތިޚާބުގައި ވާދަ ކުރާ ކޮންމެ ކެންޑިޑޭޓަކު ވެސް، 2337 މެމްބަރުންގެ ޞައްޙަ ސޮއި ހޯދަން ޖެހެ އެވެ. އާންމު މެޗު ބާސެލޯނާ އިން މެޗު ކުޅޭ ދުވަސް ތަކަކީ ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރާ ދުވަސް ތަކެކެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާސެލޯނާ އިން ކަނޑައަޅާފައިވާ ތާރީޚަކީ މާޗު މަހުގެ ތިން ވަނަ ދުވަހުން، ފަސް ވަނަ ދުވަހަށެވެ. އަދި ރަސްމީކޮށް ކެމްޕެއިން ކުރުމަށް ދީފައި ވަނީ މާޗު މަހުގެ ހަ ވަނަ ދުވަހުން، 13 ވަނަ ދުވަހަށެވެ. އެއަށް ފަހު، އިންތިޚާބު އޮންނާނީ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ. 

މީގެ ކުރިން 2021 ވަނަ އަހަރު އޮތް އިންތިޚާބުގައި ޕޯސްޓުން ވޯޓު ލުމުގެ ފުރުސަތު ދިން ނަމަވެސް، މިފަހަރުގެ އިންތިޚާބުގައި އެ ފުރުސަތެއް ނުދޭނެ އެވެ. އޭގެ ބަދަލުގައި ބާސެލޯނާ އިން ނިންމާފައި ވަނީ، ހަމައެކަނި ސީދާ ވޯޓުލާ ގޮތަށެވެ. މިއަހަރުގެ އިންތިޚާބުގައި ވޯޓު ލުމަށް ބާސެލޯނާ އިން ވަނީ ފަސް ތަނެއް ކަނޑައަޅައިފަ އެވެ. އެގޮތުން ބާސެލޯނާގެ އަމިއްލަ ދަނޑު  ކޭމްޕް ނޯ އާއި، ލެއިޑާ، ޓާރަގޯނާ، ހިރޯނާ އަދި އެންޑޯރާގައި ވޯޓުލުން ކުރިއަށް ގެންދާނެ އެވެ.

އިންތިޚާބުގައި ވާދަ ކުރުމަށް އިސްތިއުފާ ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ލަޕޯޓާ ވިދާޅުވެފައި ވަނީ، ބާސެލޯނާ ސަލާމަތްކޮށް، މާލީ ގޮތުން ކުލަބުގެ ޙާލަތު ރަނގަޅު ކުރެވިފައިވާ ކަމަށެވެ. ބާސެލޯނާ އަށް ވަރަށް ގިނަ ކާމިޔާބީ ތަކެއް ހޯދިއްޖެ ކަމަށާއި، ކުޅިވަރުގެ ގޮތުން ވެސް މިއީ ކުލަބަށް ވަރަށް ރަނގަޅު ވަގުތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބާސެލޯނާގެ މުޅި ބޯޑަށް ވެސް އޮތް ހިތްހަމަ ޖެހުމަކީ، ކުލަބުގެ ސަޕޯޓަރުން އުފާވެފައި ތިބުން ކަމަށް ލަޕޯޓާ ވިދާޅުވި އެވެ. 

ބާސެލޯނާގެ ރައީސް ކަމުގެ ތިން ވަަނަ ދައުރެއް ހޯއްދެވުމަށް ލަޕޯޓާ ވާދަ ކުރައްވާއިރު، އޭނާއާ ވާދަ ކުރާނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ވާދަ ކުރެއްވި ވިކްޓާ ފޮންޓް އެވެ. 2021 ވަނަ އަހަރުގެ އިންތިޚާބުގައި ލަޕޯޓާއާ ވާދަކުރައްވައި އޭނާ އަށް ލިބުނީ 30 އިންސައްތަ ވޯޓެވެ.

ބާސެލޯނާޖޮއާން ލަޕޯޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޔޯކާ އަތުން މޮޅުވެ ބާސެލޯނާ އިން މަގާމު ދަމަހައްޓައިފި

މަޔޯކާ އަތުން މޮޅުވެ ބާސެލޯނާ އިން މަގާމު ދަމަހައްޓައިފި

08 ފެބުރުއަރީ 2026
ބާސެލޯނާގެ އިންތިޚާބު މާޗު 15 ގައި، ލަޕޯޓާ ވާދަ ކުރައްވާނެ

ބާސެލޯނާގެ އިންތިޚާބު މާޗު 15 ގައި، ލަޕޯޓާ ވާދަ ކުރައްވާނެ

05 ފެބުރުއަރީ 2026
ބާސެލޯނާގެ ކުޅުމާ މެދު ފްލިކް ހިތްހަމަ ޖެހޭ، މަޑު ޖެހުމެއް ނެތް

ބާސެލޯނާގެ ކުޅުމާ މެދު ފްލިކް ހިތްހަމަ ޖެހޭ، މަޑު ޖެހުމެއް ނެތް

05 ފެބުރުއަރީ 2026
ޔަމާލްގެ ލަނޑުން މޮޅުވެ، ބާސެލޯނާ ސެމީ ފައިނަލް އަށް

ޔަމާލްގެ ލަނޑުން މޮޅުވެ، ބާސެލޯނާ ސެމީ ފައިނަލް އަށް

04 ފެބުރުއަރީ 2026
އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

01 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު