Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ބާސެލޯނާގެ ކުޅުމާ މެދު ފްލިކް ހިތްހަމަ ޖެހޭ، މަޑު ޖެހުމެއް ނެތް

ހަމަ އެހެންމެ މެޗުގެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ބާސެލޯނާގެ ކުޅުންތެރިން ހިތްވަރާ އެކު މަސައްކަތް ކުރި ކަމަށް ފްލިކް ވަނީ ބުނެފައި. ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނު ހިތްވަރާއި، ކުޅުންތެރިންގެ މަސައްކަތް ފާހަގަ ކުރަން ބޭނުންވާ ކަމަށާއި، އެ ކަހަލަ މެޗު ތަކުގައި އޮތް ހަމައެކަނި ޗޮއިސް އަކީ މޮޅުވުން ކަމަށް ފްލިކް ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 03:37
ބާސެލޯނާގެ ކުޅުންތެރިންނާ އެކު، އެ ޓީމުގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކުޅުންތެރިންނާ އެކު، އެ ޓީމުގެ ކޯޗު ހަންސީ ފްލިކް | ރޮއިޓާސް

ސްޕެނިޝް ކޮޕާ ޑެލް ރޭގެ ކުއާޓާ ފައިނަލްގައި އަލްބަސެންޓޭއާ ދެކޮޅަށް ބާސެލޯނާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ހަންސީ ފްލިކް ބުނެފި އެވެ. 

އަލްބަސެންޓޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން ވަނީ މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ހޯދައިފަ އެވެ. އެ މެޗަަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފްލިކް ބުނީ، އެއީ ޓަފް މެޗެއް ކަމަށާއި، އެހެން ނަމަވެސް ބާސެލޯނާގެ ކުޅުންތެރިން ރަނގަޅު މެސެޖެއް ދީފައިވާ ކަމަށެވެ.

މެޗުގައި ބާސެލޯނާގެ ކުޅުންތެރިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކިކަން ފާހަގަކޮށް ފްލިކް ބުނީ، މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އަށް ވަރަށް ގިނަ ފުރުސަތު ލިބުނު ކަމަށެވެ. ޚާއްސަކޮށް ލަނޑު ޖަހަން ވަރަށް ސާފު ފުރުސަތު ތަކެއް ލިބުނު ކަމަށް ފްލިކް ބުންޏެވެ. އެއާ އެކު، ކޮންމެ ތިން ދުވަހަކު މެޗެއް ކުޅެން ޖެހޭ ކަމަށާއި، ޓީމުން ދައްކަމުން އަންނަ ކުޅުމާ މެދު ފަޚުރުވެރިވާ ކަމަށް އޭނާ ބުންޏެވެ.

ހަމަ އެހެންމެ މެޗުގެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ބާސެލޯނާގެ ކުޅުންތެރިން ހިތްވަރާ އެކު މަސައްކަތް ކުރި ކަމަށް ފްލިކް ވަނީ ބުނެފަ އެވެ. ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނު ހިތްވަރާއި، ކުޅުންތެރިންގެ މަސައްކަތް ފާހަގަ ކުރަން ބޭނުންވާ ކަމަށާއި، އެ ކަހަލަ މެޗު ތަކުގައި އޮތް ހަމައެކަނި ޗޮއިސް އަކީ މޮޅުވުން ކަމަށް ފްލިކް ބުންޏެވެ. 

ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލް އިން ބާސެލޯނާ އަށް ޖާގަ ލިބުމަކީ އުފަލެއް ކަަމަށާއި، ނަަމަވެސް މަސައްކަތް ނިމުނީ ނޫން ކަމަށް ފްލިކް ބުންޏެވެ. އޭނާ ބުނީ ދެން ފޯކަސް ކުރަން ޖެހޭނީ ކުރިއަށް ހުރި މެޗު ތަކަށް ކަމަށާއި، ބާސެލޯނާ އަށް ސްޕެނިޝް ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް މުހިންމު މެޗު ތަކެއް ހުރި ކަމަށް އޭނާ ބުންޏެވެ.

މޮޅާ އެކު ބާސެލޯނާ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާާގަ ހޯދިއިރު، އެ ޓީމަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މިހާތަނަށް ޖުމުލަ 32 ފަހަރު ބާސެލޯނާ އިން އެ މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ބާސެލޯނާ އަކީ އެންމެ ގިނައިން މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމެވެ.

ބާސެލޯނާހަންސީ ފްލިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަމާލްގެ ލަނޑުން މޮޅުވެ، ބާސެލޯނާ ސެމީ ފައިނަލް އަށް

ޔަމާލްގެ ލަނޑުން މޮޅުވެ، ބާސެލޯނާ ސެމީ ފައިނަލް އަށް

04 ފެބުރުއަރީ 2026
އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

01 ފެބުރުއަރީ 2026
ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި

ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި

29 ޖެނުއަރީ 2026
ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް

ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް

28 ޖެނުއަރީ 2026
ބާސެލޯނާ އިން ފާމިން ލޮޕޭޒްގެ އެއްބަސްވުން އައު ކުރަނީ

ބާސެލޯނާ އިން ފާމިން ލޮޕޭޒްގެ އެއްބަސްވުން އައު ކުރަނީ

27 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު