Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ޖިރޯނާ އަތުން ބަލިވެ ބާސެލޯނާ އަށް އެއް ވަނަ މަގާމު ގެއްލި، ރެއާލް އަށް ލީޑު ލިބިއްޖެ

މެޗުން މޮޅުވެ އެއް ވަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު ބާސެލޯނާ އަށް އޮތް ނަމަވެސް، ބައްޔާ އެކު ވަނީ އެއް ވަނަ މަގާމު ގެއްލިފައި. މިހާތަނަށް ކުޅެފައިވާ 24 މެޗުން 58 ޕޮއިންޓާ އެކު ބާސެލޯނާ އޮތީ ދެ ވަނައިގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ފެބުރުއަރީ 2026 | އަންގާރަ 05:14
މެޗުގައި ލަނޑު ޖެހުމަށް ފަހު ޖިރޯނާގެ ކުޅުންތެެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޖިރޯނާގެ ކުޅުންތެެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެއް ވަނައިގައި ލީޑު ނަގަން ލިބުނު ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ނަގާލައިފި އެވެ. 

ހޯމަ ދުވަހުގެ ރޭ ދަންވަރު ޖިރޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން ބާސެލޯނާ ބަލިކޮށްފަ އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަަހައި ލީޑު ނެގީ ވެސް ބާސެލޯނާ އިންނެވެ. ނަމަވެސް، ޖިރޯނާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ބާސެލޯނާ އަށް ވަނީ ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ފޮނުވާލި ނަމަވެސް، އެ ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ސާދަ ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޕައު ސުބާސީ އެވެ. އެއީ ޖޫލްސް ކޫންޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސުބާސީ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 61 ވަނަ މިނެޓުގައި ޖިރޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ތޯމަސް ލެމާ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޖިރޯނާ މޮޅުވީ ފްރާން ބެލްޓްރަން ޖެހި ލަނޑުންނެވެ.

މެޗުން މޮޅުވެ އެއް ވަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު ބާސެލޯނާ އަށް އޮތް ނަމަވެސް، ބައްޔާ އެކު ވަނީ އެއް ވަނަ މަގާމު ގެއްލިފަ އެވެ. މިހާތަނަށް ކުޅެފައިވާ 24 މެޗުން 58 ޕޮއިންޓާ އެކު ބާސެލޯނާ އޮތީ ދެ ވަނައިގައި އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަަނައިގައި ވާދަވެރި ރެއާލް މެޑްރިޑް އަށް ލިބެނީ 60 ޕޮއިންޓެވެ.

ސްޕެނިޝް ލީގުބާސެލޯނާޖިރޯނާ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

ސޮސިއެޑާޑް ބަލިކޮށް، ރެއާލް އެއް ވަނަ އަށް

15 ފެބުރުއަރީ 2026
ސޮސިއެޑާޑް ބަލިކޮށް، ރެއާލް އެއް ވަނަ އަށް
11 ފެބުރުއަރީ 2026

އިންތިޚާބުގައި ވާދަ ކުރާތީ ބާސެލޯނާގެ ރައީސް ލަޕޯޓާ އިސްތިއުފާ ދެއްވައިފި

11 ފެބުރުއަރީ 2026
އިންތިޚާބުގައި ވާދަ ކުރާތީ ބާސެލޯނާގެ ރައީސް ލަޕޯޓާ އިސްތިއުފާ ދެއްވައިފި
09 ފެބުރުއަރީ 2026

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ރެއާލް އިން ލީގު ރޭހުގައި ވިއްދާފައި

09 ފެބުރުއަރީ 2026
ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ރެއާލް އިން ލީގު ރޭހުގައި ވިއްދާފައި
08 ފެބުރުއަރީ 2026

މަޔޯކާ އަތުން މޮޅުވެ ބާސެލޯނާ އިން މަގާމު ދަމަހައްޓައިފި

08 ފެބުރުއަރީ 2026
މަޔޯކާ އަތުން މޮޅުވެ ބާސެލޯނާ އިން މަގާމު ދަމަހައްޓައިފި
05 ފެބުރުއަރީ 2026

ބާސެލޯނާގެ އިންތިޚާބު މާޗު 15 ގައި، ލަޕޯޓާ ވާދަ ކުރައްވާނެ

05 ފެބުރުއަރީ 2026
ބާސެލޯނާގެ އިންތިޚާބު މާޗު 15 ގައި، ލަޕޯޓާ ވާދަ ކުރައްވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު