Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮޕާ ޑެލް ރޭ

ޔަމާލްގެ ލަނޑުން މޮޅުވެ، ބާސެލޯނާ ސެމީ ފައިނަލް އަށް

މޮޅާ އެކު ބާސެލޯނާ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާާގަ ހޯދިއިރު، އެ ޓީމަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން. މިހާތަނަށް ޖުމުލަ 32 ފަހަރު ބާސެލޯނާ އިން އެ މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ބާސެލޯނާ އަކީ އެންމެ ގިނައިން މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 04:33
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ޔަމާލް އުފާ ފާާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ޔަމާލް އުފާ ފާާޅު ކުރަނީ | ރޮއިޓާސް

ސްޕެނިޝް ކޮޕާ ޑެލް ރޭގެ ކުއާޓާ ފައިނަލްގައި އަލްބަސެންޓޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ އަލްބަސެންޓޭއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލްގެ މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ބާސެލޯނާ އިން ދެ ލަނޑު ޖަހާފައި ވަނިކޮށް، އަލްބަސެންޓޭ އިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން ބާސެލޯނާ އިން ރަނގަޅަށް ކުޅެމުން ދިޔައިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގައިފަ އެވެ. އެގޮތުން ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. އެ ލަނޑު ޖަހަން ޔަމާލް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ފްރެންކީ ޑި ޔޯން އެވެ.

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ބާސެލޯނާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ދެ ވަނަ ހާފު ފަށައިގެން އެގާރަ ވަނަ މިނެޓުގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ރޮނާލްޑް އަރައުހޯ އެވެ. އެއީ މާކަސް ރަޝްފޯޑު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، އަލްބަސެންޓޭގެ ހަމައެކަނި ލަނޑު ޖެހީ ހަވީ މޮރޭނޯ އެވެ. އޭގެ ފަހުން ބާސެލޯނާގެ ފެރާން ޓޮރޭސް ތިން ވަނަ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

މޮޅާ އެކު ބާސެލޯނާ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާާގަ ހޯދިއިރު، އެ ޓީމަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މިހާތަނަށް ޖުމުލަ 32 ފަހަރު ބާސެލޯނާ އިން އެ މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ބާސެލޯނާ އަކީ އެންމެ ގިނައިން މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމެވެ.

ކޮޕަ ޑެލް ރޭބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

01 ފެބުރުއަރީ 2026
ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި

ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި

29 ޖެނުއަރީ 2026
ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް

ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް

28 ޖެނުއަރީ 2026
ބާސެލޯނާ އިން ފާމިން ލޮޕޭޒްގެ އެއްބަސްވުން އައު ކުރަނީ

ބާސެލޯނާ އިން ފާމިން ލޮޕޭޒްގެ އެއްބަސްވުން އައު ކުރަނީ

27 ޖެނުއަރީ 2026
ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ބާސެލޯނާ އަލުން އެއް ވަނަ އަށް

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ބާސެލޯނާ އަލުން އެއް ވަނަ އަށް

26 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު