Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް

28 ޖެނުއަރީ 2026 | ބުދަ 04:58

ބާސެލޯނާގެ އަމާޒަކީ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނުންކަން ފާހަގަކޮށް ފްލިކް ބުނީ، ކޯޕަންހޭގަން މެޗު ފަސޭހަ ނުވާނެ ކަމަށް. އެ މެޗުގައި އެންމެ ބޮޑު ސަމާލު ކަމެއް ދޭން ޖެހޭނީ ބާސެލޯނާގެ ވައްޓަފާޅީގައި، ބާސެލޯނާގެ އަމިއްލަ ގޭމު ކުޅުން ކަމަށް ފްލިކް ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖެނުއަރީ 2026 | ބުދަ 04:58
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި އެފްސީ ކޯޕަންހޭގަންއާ ދެކޮޅަށް ނިކުންނައިރު، އެ މެޗުގައި ކުޅެން ޖެހޭނީ ބާސެލޯނާގެ އެންމެ މޮޅު ކުޅުން ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ. 

ކޯޕަންހޭގަން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފްލިކް ބުނީ، އެ ޓީމަށް ފުރިހަމަ އިހުތިރާމް އަދާ ކުރަން ޖެހޭ ކަމަށެވެ. އެއާ އެކު، ބާސެލޯނާ އިން އެ މެޗުގައި ވަރަށް ރޭވުންތެރިކަމާ އެކު، އެ ޓީމުގެ އެންމެ ފުރިހަމަ ކުޅުން ދައްކަން ޖެހޭ ކަމަށް ފްލިކް ބުންޏެވެ. ޚާއްސަކޮށް ބައި ކޮޅަށް ލަނޑެއް ވަނަ ނުދީ، މެޗުން މޮޅުވާން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ބާސެލޯނާގެ އަމާޒަކީ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނުންކަން ފާހަގަކޮށް ފްލިކް ބުނީ، ކޯޕަންހޭގަން މެޗު ފަސޭހަ ނުވާނެ ކަމަށެވެ. އެ މެޗުގައި އެންމެ ބޮޑު ސަމާލު ކަމެއް ދޭން ޖެހޭނީ ބާސެލޯނާގެ ވައްޓަފާޅީގައި، ބާސެލޯނާގެ އަމިއްލަ ގޭމު ކުޅުން ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

ޗެމްޕިއަންސް ލީގުގައި އަބަދު ވެސް ބާސެލޯނާގެ ޑިމާންޑު ބޮޑު ކަމަށާއި، އިތުރު މެޗަކަށް ފޯކަސް ކުރުމަކީ މިވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށް ފްލިކް ދެކެ އެވެ. އޭނާ ބުނީ މެޗުގައި ލިބޭ ފުރުސަތު ތަކުގެ ބޭނުން ހިފައި، މެޗުން މޮޅުވުމަށް މަސައްކަތް ކުރާއިރު ބާސެލޯނާގެ ވައްޓަފާޅި އަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ.

ކޯޕަންހޭގަންއާ ދެކޮޅަށް ނިކުންނައިރު، ބާސެލޯނާ އޮތީ ޗެމްޕިއަންސް ލީގު ތާވަލްގެ ނުވަ ވަނައިގަ އެވެ. މިހާތަނަށް ކުޅެފައިވާ ހަތް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ ހަތަރު މެޗުންނެވެ. ދެ މެޗުން ބަލިވެފައިވާއިރު، އަނެއް މެޗު ވަނީ އެއްވަރުވެފަ އެވެ. ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނެން ބޭނުން ނަމަ، ބާސެލޯނާާ އަށް ޖެހޭނީ ތަފާތު ބޮޑު ނަތީޖާ އަކުން ކޯޕަންހޭގަން ބަލި ކުރާށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބާސެލޯނާހަންސީ ފްލިކް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2026

ބާސެލޯނާ އިން ފާމިން ލޮޕޭޒްގެ އެއްބަސްވުން އައު ކުރަނީ

27 ޖެނުއަރީ 2026
ބާސެލޯނާ އިން ފާމިން ލޮޕޭޒްގެ އެއްބަސްވުން އައު ކުރަނީ
26 ޖެނުއަރީ 2026

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ބާސެލޯނާ އަލުން އެއް ވަނަ އަށް

26 ޖެނުއަރީ 2026
ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ބާސެލޯނާ އަލުން އެއް ވަނަ އަށް
22 ޖެނުއަރީ 2026

ޕަފޯސް އަތުން މޮޅުވެ، ޗެލްސީ ހަމަޔަކަށް

22 ޖެނުއަރީ 2026
ޕަފޯސް އަތުން މޮޅުވެ، ޗެލްސީ ހަމަޔަކަށް
22 ޖެނުއަރީ 2026

ކޭންގެ މޮޅު ކުޅުމާ އެކު މޮޅުވެ، ބަޔާން އިން ދެ ވަނަ އަށް ޖެހިލައިފި

22 ޖެނުއަރީ 2026
ކޭންގެ މޮޅު ކުޅުމާ އެކު މޮޅުވެ، ބަޔާން އިން ދެ ވަނަ އަށް ޖެހިލައިފި
22 ޖެނުއަރީ 2026

ފާމިން ލޮޕޭޒްގެ ދެ ލަނޑާ އެކު ބާސެލޯނާ މޮޅުވެއްޖެ

22 ޖެނުއަރީ 2026
ފާމިން ލޮޕޭޒްގެ ދެ ލަނޑާ އެކު ބާސެލޯނާ މޮޅުވެއްޖެ
21 ޖެނުއަރީ 2026

ސްޕޯޓިން އަތުން ޗެމްޕިއަންސް ޕީއެސްޖީ ބަލިވެއްޖެ

21 ޖެނުއަރީ 2026
ސްޕޯޓިން އަތުން ޗެމްޕިއަންސް ޕީއެސްޖީ ބަލިވެއްޖެ
21 ޖެނުއަރީ 2026

ބޯޑޯ/ގިލްމް އަތުން ބަލިވެ، ސިޓީގެ ޙާލަތު ޕްރެޝަރަށް

21 ޖެނުއަރީ 2026
 ބޯޑޯ/ގިލްމް އަތުން ބަލިވެ، ސިޓީގެ ޙާލަތު ޕްރެޝަރަށް
21 ޖެނުއަރީ 2026

އެމްބާޕޭގެ ދެ ލަނޑާ އެކު، މޮނާކޯ ބަލިކޮށް ރެއާލް ދެ ވަނައިގައި

21 ޖެނުއަރީ 2026
އެމްބާޕޭގެ ދެ ލަނޑާ އެކު، މޮނާކޯ ބަލިކޮށް ރެއާލް ދެ ވަނައިގައި
21 ޖެނުއަރީ 2026

އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި

21 ޖެނުއަރީ 2026
އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި
21 ޖެނުއަރީ 2026

ސްޕެއިންގެ ބާސެލޯނާގައި ރޭލެއް ފާރެއްގައި ޖެހި، ޑްރައިވަރު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ

21 ޖެނުއަރީ 2026
ސްޕެއިންގެ ބާސެލޯނާގައި ރޭލެއް ފާރެއްގައި ޖެހި، ޑްރައިވަރު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް