Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ އިންތިޚާބު މާޗު 15 ގައި، ލަޕޯޓާ ވާދަ ކުރައްވާނެ

މި އަހަރު އޮންނަ އިންތިޚާބުގައި މިހާރު ދެ ވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ލަޕޯޓާ ވާދަ ކުރައްވާނެ. ތިން ވަަނަ ދައުރެއް ހޯއްދެވުމަށް ލަޕޯޓާ ވާދަ ކުރައްވާއިރު، އޭނާއާ ވާދަ ކުރާނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ވާދަ ކުރެއްވި ވިކްޓާ ފޮންޓް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 03:38
ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ

ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ | ރޮއިޓާސް

ސްޕެއިންގެ އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ކުލަބު ކަމަށްވާ، ބާސެލޯނާގެ އައު ރައީސް އަކު ހޮވުމަށް ބާއްވާ އިންތިޚާބު މިއަހަރުގެ މާޗު މަހުގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ. 

ބާސެލޯނާ އިން ނިންމާފައި ވަނީ މާޗު މަހުގެ 15 ވަނަ ދުވަހު އެ ކުލަބުގެ އިންތިޚާބު ބޭއްވުމަށެވެ. އެއާ އެކު ބާސެލޯނާ އިން ބުނެފައި ވަނީ، ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އިންތިޚާބާ ގުޅޭ ރަސްމީ އެންގުންތައް އަންގަމުން ގެންދާނެ ކަމަށެވެ. އެގޮތުން އިންތިޚާބު ކުރިއަށް ދާނެ ގޮތުގެ ތާވަލް އާއި، އިންތިޚާބުގެ ވޯޓު ލުމުގެ ކަންކަން އިންތިޒާމުވެފައިވާ ގޮތުގެ ތަފްސީލުތައް ވެސް ހާމަ ކުރާނެ އެވެ. 

އާންމު ގޮތެއްގައި ބާސެލޯނާގެ އިންތިޚާބު ބާއްވަނީ އެ ކުލަބުގެ އަމިއްލަ ދަނޑުގައި މެޗެއް ކުޅޭ ދުވަހަކާ ދިމާކޮށެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކުލަބުގެ މެމްބަރުން މެޗު ބަލަން ދަނޑަށް އަންނަ ވަގުތު، ވޯޓު ލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުންނެވެ. މިފަހަރުގެ އިންތިޚާބު ވެސް ކުރިއަށް ގެންދާނީ އެ އުސޫލުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އިންތިޚާބު އޮންނަ ހަފުތާގައި ކޭމްޕް ނޯގައި ބާސެލޯނާ އިން ނިކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. 

ބާސެލޯނާ ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވި ޖޯން ލަޕޯޓާ އެ މަގާމަށް އިންތިޚާބުވެފައި ވަނީ 2021 ވަނަ އަހަރު އެވެ. އެއީ އޭނާގެ ކުރިން ރައީސް ކަމުގެ މަގާމުގައި ހުންނެވި ޖޯސެޕް މާރިއާ ބާޓޮމިއު އަށް އަމާޒުވަމުން ދިޔަ ފާޑު ކިޔުންތަކާއި، ޕްރެޝަރުގެ ސަބަބުން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން އޮތް އިންތިޚާބު ކާމިޔާބުކޮށް ބާސެލޯނާގެ ރައީސް ކަމަށް ވަޑައިގެންނެވި ލަޕޯޓާ ވަނީ ކުލަބުގެ މާލީ ޙާލަތު ރަނގަޅު ކުރުމަށާއި، އަމިއްލަ ދަނޑު މަރާމާތު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައިފަ އެވެ. 

އަމިއްލަ ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ބާސެލޯނާ އިން ވަނީ ގާތް ގަނޑަކަށް ދެ އަހަރާ ބައިގެ މުއްދަތެއް ވަންދެން އޮލިމްޕިކް ސްޓޭޑިއަމްގައި ހޯމް މެޗުތައް ކުޅެފަ އެވެ. އޭގެ ފަހުން ކޭމްޕް ނޯ މަރާމާތު ކުރުމަށް ފަހު، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ އަލުން އެނބުރި އެ ދަނޑަށް މެޗުތައް ބަދަލު ކޮށްފަ އެވެ. 

މި އަހަރު އޮންނަ އިންތިޚާބުގައި މިހާރު ދެ ވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ލަޕޯޓާ ވާދަ ކުރައްވާނެ އެވެ. ތިން ވަަނަ ދައުރެއް ހޯއްދެވުމަށް ލަޕޯޓާ ވާދަ ކުރައްވާއިރު، އޭނާއާ ވާދަ ކުރާނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ވާދަ ކުރެއްވި ވިކްޓާ ފޮންޓް އެވެ. 2021 ވަނަ އަހަރުގެ އިންތިޚާބުގައި ލަޕޯޓާއާ ވާދަކުރައްވައި އޭނާ އަށް ލިބުނީ 30 އިންސައްތަ ވޯޓެވެ.

ބާސެލޯނާޖޮއާން ލަޕޯޓާ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2026

ބާސެލޯނާގެ ކުޅުމާ މެދު ފްލިކް ހިތްހަމަ ޖެހޭ، މަޑު ޖެހުމެއް ނެތް

05 ފެބުރުއަރީ 2026
ބާސެލޯނާގެ ކުޅުމާ މެދު ފްލިކް ހިތްހަމަ ޖެހޭ، މަޑު ޖެހުމެއް ނެތް
04 ފެބުރުއަރީ 2026

ޔަމާލްގެ ލަނޑުން މޮޅުވެ، ބާސެލޯނާ ސެމީ ފައިނަލް އަށް

04 ފެބުރުއަރީ 2026
ޔަމާލްގެ ލަނޑުން މޮޅުވެ، ބާސެލޯނާ ސެމީ ފައިނަލް އަށް
01 ފެބުރުއަރީ 2026

އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

01 ފެބުރުއަރީ 2026
އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
29 ޖެނުއަރީ 2026

ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި

29 ޖެނުއަރީ 2026
ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި
28 ޖެނުއަރީ 2026

ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް

28 ޖެނުއަރީ 2026
ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު