Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

މަޔޯކާ އަތުން މޮޅުވެ ބާސެލޯނާ އިން މަގާމު ދަމަހައްޓައިފި

މޮޅާއެކު ބާސެލޯނާ އިން ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައި. ލީގުގައި ބާސެލޯނާ ކުޅެފައިވާ 23 މެޗުން އެ ޓީމަށް ލިބެނީ 58 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 04:38
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ލެވަންޑޯސްކީ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ލެވަންޑޯސްކީ އުފާ ފާޅު ކުރަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން އެއް ލަނޑު ޖަހައި ލީޑު ނެގިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ އެވެ. އެ ލަނޑު ޖަހަން ލެވަންޑޯސްކީ އަށް ފުރުސަތު ތަަނަވަސްކޮށްދިނީ ޑެނީ އޮލްމޯ އެވެ.

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގެ 61 ވަނަ މިނެޓުގައި ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޔަމާލް ވެސް ޖެހީ އޮލްމޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. 

ބާސެލޯނާ އިން ރަނގަޅަށް ކުޅުނު އެ މެޗުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ މާކް ބެނިއާލް އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެއީ ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެނިއާލް ޖެހި ލަނޑެކެވެ. 

މޮޅާއެކު ބާސެލޯނާ އިން ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ލީގުގައި ބާސެލޯނާ ކުޅެފައިވާ 23 މެޗުން އެ ޓީމަށް ލިބެނީ 58 ޕޮއިންޓެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި ރެއާލް މެޑްރިޑް އަށް 54 ޕޮއިންޓު ލިބޭއިރު، މެޗުގެ އަދަދު ހަމަކޮށް ޕޮއިންޓަކަށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ރެއާލް އަށް އޮންނާނެ އެވެ.

ސްޕެނިޝް ލީގުބާސެލޯނާމަޔޯކާ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2026

ބާސެލޯނާގެ އިންތިޚާބު މާޗު 15 ގައި، ލަޕޯޓާ ވާދަ ކުރައްވާނެ

05 ފެބުރުއަރީ 2026
ބާސެލޯނާގެ އިންތިޚާބު މާޗު 15 ގައި، ލަޕޯޓާ ވާދަ ކުރައްވާނެ
05 ފެބުރުއަރީ 2026

ބާސެލޯނާގެ ކުޅުމާ މެދު ފްލިކް ހިތްހަމަ ޖެހޭ، މަޑު ޖެހުމެއް ނެތް

05 ފެބުރުއަރީ 2026
ބާސެލޯނާގެ ކުޅުމާ މެދު ފްލިކް ހިތްހަމަ ޖެހޭ، މަޑު ޖެހުމެއް ނެތް
04 ފެބުރުއަރީ 2026

ޔަމާލްގެ ލަނޑުން މޮޅުވެ، ބާސެލޯނާ ސެމީ ފައިނަލް އަށް

04 ފެބުރުއަރީ 2026
ޔަމާލްގެ ލަނޑުން މޮޅުވެ، ބާސެލޯނާ ސެމީ ފައިނަލް އަށް
02 ފެބުރުއަރީ 2026

އެމްބާޕޭގެ ޕެނަލްޓީ އިން މޮޅުވެ، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

02 ފެބުރުއަރީ 2026
އެމްބާޕޭގެ ޕެނަލްޓީ އިން މޮޅުވެ، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
01 ފެބުރުއަރީ 2026

އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

01 ފެބުރުއަރީ 2026
އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު